ފަހުގެ ޚަބަރު


އިތުރަށް...

މާބައިދޫ ކޯޓް އިމާރާތްކުރުމަށް 1.1 މިލިއަން ރުފިޔާ އަށް ކުންފުންޏަކާ ހަވާލުކޮށްފި

ލިޔުނީ: Unknown - Sunday, September 30, 2012 ކޮމެންޓް 1
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

މާމެންދޫ ކޯޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ލ. މާބައިދޫ މެޖިސްޓްރޭޓް ކޯޓް އިމާރާތް ކުރުމަށް 1.1 މިލިއަން ރުފިޔާ އަށް ރަސްމާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ފޮނަދޫ ކޯޓުން މިމަހުގެ 25 ވަނަ ދުވަހު ރާއްޖޭގެ މީޑިއާކަށް މަޢުލޫމާތު ދެމުން ބުނީ މާބައިދޫ ކޯޓު އިމާރާތް ކުރުމަށް ރަސްމާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ އެކަމަށް ޓަކައި އެ ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.


މާބައިދޫ ކޯޓް އިމާރާތްކުރުމަށް ރަސްމާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑައިރެކްޓާ މުހައްމަދު ސަލީމް އެވެ. އަދި ފޮނަދޫ ކޯޓުގެ ފަރާތުން ސޮއިކުރެއްވީ ކޯޓު އެޑްމިނިސްޓްރޭޓަރ މުހައްމަދު ހަމީދު އެވެ.
 
މާބައިދޫ ކޯޓު މިހާތަނަށް ހިންގަމުން އައީ ކައުންސިލް އިދާރާގެ ވަކި ކޮޓަރިއެއްގެ ތެރޭގަ އެވެ. ކޯޓު އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ކޯޓު އިމާރާތްކުރުމަށް ކައުންސިލުން ދޫކޮށްފައިވާ ބިމުގައި ކަމަށް ފޮނަދޫ ކޯޓުން ބުންޏެވެ.

މީގެ އިތުރުން ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ގެ ފަރާތުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މެޖިސްޓްރޭޓް ކޯޓް ޢިމާރާތް ކުރުމުގެ މަސައްކަތް ޙަވާލުކުރުމުގެ ރަސްމިއްޔާތު 26 ސެޕްޓެމްބަރ 2012 ގައި ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ބާއްވާފައިވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

1 ޚިޔާލު: for މާބައިދޫ ކޯޓް އިމާރާތްކުރުމަށް 1.1 މިލިއަން ރުފިޔާ އަށް ކުންފުންޏަކާ ހަވާލުކޮށްފި

  1. ކޯޓް ހެދުމަށްވުރެން މީހުން ހޭލުންތެރި ކުރުވޭތޯ ބެލިއްޔާ މާ ރަނގަޅުވާނެ

    ReplyDelete

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް