ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ކަރަންޓް މައްސަލަ: ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުން ކައުންސިލް އިދާރާ ތެރޭގައި އިހްތިޖާޖް ކޮށްފި

ލިޔުނީ: Unknown - Tuesday, September 4, 2012 ކޮމެންޓް 1
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފޮނަދޫ ކަރަންޓްގެ ޙާލަތު ހައްލުނުވެ ހަތް މަސްވަރުވެގެން ދިޔަ އިރު އެކަން ހައްލުނުވެ ރައްޔިތުންނަށް ގިނަގުނަ ދަތިތަކެއް ވަމުންއަންނާތީ  ފޮނަދޫ ރައްޔިތުން ކައުންސިލް އިދާރާ ތެރޭގައި މިއަދު (3 ސެޕްޓެމްބަރ 2012) މެންދުރުން ފެށިގެން އިރުއޮއްސެންދެން އިޙްތިޖާޖް ކޮށްފިއެވެ.

ކައުންސިލް އިދާރާ ބޭސްމެންޓް ގައި ރަށުގެ އަންހެން ފިރިހެން ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ޒުވާނުން މިއަދު އިޙްތިޖާޖް ކޮށްފައިވަނީ ކަރަންޓްގެ މައްސަލަ ހައްލުނުވެ ވޭތުވެދިޔަ ދެމަހެއްހާ ދުވަހު ކޮންމެ ދުވަހަކުވެސް ގިނަ ވަގުތުތަކެއްވަންދެން ކަރަންޓް ކަނޑާލަމުން ދިއުމާއި ވޭތުވެދިޔަ ތިން ހަތަރު ހަފްތާގައި ރަށުގެ އެކި ހިސާބުތަކުން ދިހަ ބާރަފަހަރު ކަރަންޓް ކަނޑަމުން އަންނާތީ ކަމަށް ޝުޢޫރު ފާޅުކުރި ރައްޔިތުން ގޮވަމުން ދިޔައެވެ.
މިއަދު މެންދުރުފަހު 1:00 ން ފެށިގެން ހައެއް ޖަހަންދެން ކުރިއަށްދިޔަ މި އިހްތިޖާޖްގައި ރަށުގެ ފަސް ކައުންސިލަރުންގެ އިސްތިޢުފާއަށް ގޮވާފައިވެއެވެ. މީގެ އިތުރުން ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިޔާ އަޙްމަދު ޔޫސުފުގެ އިސްތިއުފާ އާއި ފޮނަދޫ ދާއިރާގެ މެންބަރުގެ އިސްތިޢުފާއަށް ގޮވާފައިވެއެވެ. މިބޭފުޅުންގެ ތެރެއިން ޑީއާރްޕީ މެޖޯރިޓީ އޮންނަ ފަސް ކައުންސިލަރުންނާއި މެންބަރު ޢަބްދުއްރަހީމްގެ އިސްތިޢުފާއަށް ގޮވުމުގައި އިސްވެ ޙަރަކާތްތެރި ވެފައިވަނީ އެބޭފުޅުން ހޮވުމުގައި އެންމެ މަތީފަޑީގައި ޙަރަކާތްތެރިވި މީހުންކަން ފާހަގަ ކޮށްލެވެއެވެ.
ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އެއްވެ ޝުޢޫރު ފާޅުކުރަމުން ދިޔައިރު ކައުންސިލް މެންބަރުން އިދާރާގެ ބޭސްމެންޓްގައި ތިބި ރައްޔިތުންގެ ވާހަކަތައް އަޑުއެހި ނަމަވެސް އެކަށީގެންވާ މިންވަރަށް ޖަވާބުދާރީ ވެފައި ނުވާކަން ރައްޔިތުންގެ ގިނަ ބަޔަކު ފާހަގަ ކުރަމުން ދިޔައެވެ.
މެންބަރު ޢަބްދުއްރަހީމް ފޮނަދޫގެ ކަންކަމާ (ޚާއްޞަކޮށް) ކަރަންޓްގެ ކަންތަކާ އަޅައިނުލާ އަނބިދަރިން މެލޭޝިޔާގަ ބަހައްޓައިގެން އުފަލުގަ އަރާމުގަ އުޅެމުން އަންނަކަމަށް އޭގެތެރެއިން ބައެއް މީހުން ގޮވާފައިވެއެވެ. އަދި މާލެއިން ގެޔެއް ގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދެން އަންނަ ދައުރަކަށް ވޯޓް ނުދޭނެކަމަށް ބުނެ އިސްތިޢުފާއަށް ގޮވާފައިވެއެވެ.
މިއަދު ޝުޢޫރު ފާޅުކުރަމުންދިޔަ ގިނަ މީހުން ގޮވަމުން ދިޔައީ މިހާރު ކަރަންޓް ދެމުން އަންނަ ގޮތަސް އިރުއިރުކޮޅުން ކަރަންޓް ކަނޑަމުން ދިނުމަށްވުރެން އެއްގޮތަކަށްވެސް ނުދިނުން ރަނގަޅުކަމަށާއި މިހާރު ކަރަންޓް ދެމުން ގެންދާ ގޮތުން ގޭގޭގައި ހުރި ކަރަންޓްގެ އެކި އާލާތްތައް ހަލާކުވަމުން އަންނަ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން ފޮނަދޫ ކަރަންޓްގެ މައްސަލަ ޙައްލުކުރުމަށް ދިވެހި ދަޢުލަތުން ގަންނަ ޖަނަރޭޓަރު މިމަހުގެ ވިހީގައި ރާއްޖެ ގެންނާނެއެވެ. އަދި ފޮނަދޫ ރައްޔިތުން މިހާރު ދިމާވެފައިވާ ކަރަންޓްގެ ބިކަ ޙާލަތުން އަރައިގަނެވެން އޮތީ އެ ޖަނަރޭޓަރު ފޮނަދުއަށް ގެނެސް އިންސްޓޯލް ކުރެވުނު ދުވަހަކުންނެވެ.
ފޮނަދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން މިއަދު ކައުންސިލް އިދާރާދޮށަށް އެއްވިއިރު އިއްޔެވަނީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދޭސީ މުދައްރިސުންގެ 21 ބޭފުޅުން ކަރަންޓްގެ ކަންތައްތަކުގެ މަޢުލޫމާތު ހޯދުމަށް އިންޖީނު ގެއަށާއި ކައުންސިލް އިދާރާއަށް ގޮސްފައެވެ.
ފޮނަދޫ ރައްޔިތުން މިވަގުވެސް ތިބީ ކަނު އަނދިރީގައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

1 ޚިޔާލު: for ފޮނަދޫ ކަރަންޓް މައްސަލަ: ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުން ކައުންސިލް އިދާރާ ތެރޭގައި އިހްތިޖާޖް ކޮށްފި

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް