ފަހުގެ ޚަބަރު


އިތުރަށް...

މިއަދަކީ މި އަހަރުގެ ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޑޭ

ލިޔުނީ: Unknown - Thursday, January 31, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މާވަށު ސްކޫލްގެ މުދައްރިސުން މިއަދު – ފޮޓޯ: ޒަމީރު - މާވަށު ސްކޫލް

މިއަހަރުގެ ދިރާސީ ކަލަންޑަރުގައި ފާހަގަކުރެވިފައިވާ ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޑޭ މިއަދު އަތޮޅުގެ ސްކޫލް ތަކުގައި  ފާހަގަ ކުރަމުން އެބަދެއެވެ.

ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޑޭ ނުވަތަ ޚިދުމަތުގައި ތިއްބަވައިގެން ތަމްރީނު ހޯދާ ދުވަހަކީ ސްކޫލުތަކުގައި މަސައްކަތް ކުރައްވާ މުދައްރިސުންނަށް ކިޔަވައިދިނުމުގެ ހުނަރުތައް ތާޒާކުރުމާއި މިދާއިރާއަށް އަލަށް އަންނަހެޔޮ ބަދަލުތަކާއި މޮޅެތި ވިސްނުންތައް ފޯރުކޮށްދިނުމަށް ދިރާސީ ކަލަންޑަރުގައި ރައީސް ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު އަލަށް ފާހަގަކުރެވި ތަޖުރިބާ ކުރަންފަށާފައިވާ ދުވަހެކެވެ. 

މިދުވަސް ދިރާސީ ކަލަންޑަރުގައި އަހަރުގެ ތިންހިސާބެއްގައ ތިންދުވަސް ފާހަކަކުރެވިފައިވެއެވެ. ދުނިޔޭގެ ގިނަޤައުމުތަކުގެ ސްކޫލް މަދަރުސާތަކުގައި މިދުވަސް ތަފާތު ގޮތްގޮތަށް ކުރިއަށްގެންދެއެވެ. ނިއުޒިލޭންޑް އޮސްޓްރޭލިޔާގެ ފަދަ ޤައުމުތަކުގެ ސްކޫލްތަކުގައި ކޮންމެ ހަފްތާއެއްގެ ވެސް ކޮންމެވެސް އެއްދުވަހަކީ މުދައްރިސުން ،މުދައްރިސުންގެ އަމިއްލަކުރިއެރުމަށް މަސައްކަތްކުރާ ދުވަހެކެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ މުދައްރިސުން ކިޔަވާދުވަހެކެވެ.

ރާއްޖޭގައިވެސް މިއަދުމިވަނީ ކިޔަވައިދިނުމުގެ ދާއިރާއަށް ނުހަނު ބޮޑެތި ބަދަލުތަކެއްއަންނަން ފާށާފައެވެ. މިގޮތުން މުދައްރިސުންނަށް ލައިސަންސު ދޫކުރުމާއި އަދި ކޮންމެ މުދައްރިސަކުވެސް ކޮންމެ އަހަރެއްގައި 15 ގަޑިއިރުގެ ޚިދުމަތުގެ ތަމްރީނު ނުވަތަ އިންސާވިސް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ހޯދުމަކީ ކޮންމެހެން ލާޒިމުކަމެކެވެ.އަދި މިކަމަކީ ސީދާ މުދައްރިސުންގެ އަމިއްލަ ޒިންމާއެކެވެ.

މިދުވަހަށް ނުވަތަ މިފަދަ ދުވަސްތަކަށް ތައްޔާރުވުމުގެ ގޮތުން ސެންޓަރ ފޮރ ކޮންޓިނިއުންގ އެޑިއުކޭޝަން އާއި ޓީއާރުސީތައް ގުޅިގެން މިހާރުވާނީ ސްކޫލްތަކުގައި މަސައްކަތްކުރާނޭ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ކޯޑިނޭޓަރުން ތަމްރީނުކުރެވިފައެވެ. ލ. އަތޮޅު ހުރިހައި ސްކޫލެއްގައި ޕީޑީ ކޯޑިނޭޓަރުން ތިއްބަވައެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން މުދައްރިސުންގެ ހުނަރު އިތުރުވެ ޤާބިލް މުދައްރިސެއްގެ ގޮތުގައި ދެމިހުރުމަށް އިތުރު ހިތްވަރަކާއި ފަހިކަމެއްލިބިގެން ދާނެކަމަށް އުއްމީދުކުރެވެއެވެ. އަދި ހަމަ މިއަދުގެ ކިޔަވާކުދިންނަށްވެސް މިކަމުގެ ލާބައާއި މަންފާ އެންމެ އެކަށީގެންވާގޮތުގައި ކުރާނެކަމީ އެއްވެސް ޝައްކެއްއޮތް ކަމެއްނޫނެވެ. ހަރުދަނާ ޖީލެއް ބިނާކުރެވޭނީ ޤާބިލް މުދައްރިސުން ތިބެގެންކަމީ ދެބަސް ވެވެންނެތް ހަގީގަތެކެވެ. 

މި އަހަރު ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދާއި އޭޕްރީލް މަހުގެ 11 ވަނަ ދުވަހާއި ޖޫން މަހުގެ 27 ވަނަ ދުވަހު ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ނެރެފައިވާ ތަޢުލީމީ ކަލަންޑަރުގައި ބުނެފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް