ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ކަރަންޓް މައްސަލަ ހައްލުކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށައަޅައިފި

ލިޔުނީ: Unknown - Friday, February 1, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފެނަކަ ކޯޕަރޭޝަނުން ލ. ފޮނަދޫ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ދެމުން ނުގެންދާތީ ކަރަންޓްގެ ޚިދުމަތް މެދުނުކެނޑި 24 ގަޑިއިރު ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ފޮނަދޫގެ ޢާއްމު ރައްޔިތަކު ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް އިއްޔެ މައްސަލައެއް ހުށައަޅައިފިއެވެ.

މައްސަލަ ހުށައެޅުމަށްފަހު ކޯޓް ގޯތި ތެރޭޭޭގައި ހުރެގެން އެލް.އޭ ނިއުސް އަށް ދިން ޚާއްޞަ ބަސްދީ ގަތުމެއްގައި މައްސަލަ ހުށައެޅި ލ. ފޮނަދޫ ޝަބްނަމީގޭ އިބްރާހިމް ނަސީޙް ބުނީ އެ މައްސަލަ ކޯޓަށް ވެއްދީ ކަރަންޓްގެ ޚިދުމަތް ބަރާބަރަށް ނުލިބޭތާ މިހާރު ގާތްގަނޑަކަށް އަހަރަކަށްވުރެން ގިނަ ދުވަސް ވެފައި ވުމާއި އެކަމަކީ ޢާއްމު ދައްޗަކަށް (އުނދަގުލަކަށް) ވެފައި ވާތީ ކަމަށެވެެ. އަދި އެކަމުގެ ސަބަބުން ގިނަގުނަ ގެއްލުންތަކެއް ފޮނަދޫގެ ޢާއްމު ރައްޔިތުންނަށް ފޯރަމުން ދާތީ އެކަން ހިތަށް ކެތް ނުކުރެވިގެން ހުށައެޅި ހުށައެޅުމެއް ކަމަށްވެސް ފާހަގަ ކުރިއެވެ.

އިބްރާހިމް ނަސީޙް ހުށައެޅި ދަޢުވާ ފޯމުގައި މައްސަލައިގެ ޚުލާސާ ގައި ބަޔާންކޮށްފައިވަނީ "ފެނަކަ ކޯޕަރޭޝަނުން ލ. ފޮނަދޫ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ދެމުން ނުގެންދާތީ އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކަށް ހުރަސް އެޅި އާއްމުދަނީ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމަކަށް އައިސް ލިބެމުންދިޔަ އާއްމުދަނީއަށް ހުރަސްއެޅި ވިޔަފާރި މުދަލަށް އަގު ނުކުރެވޭ ބޮޑެތި ގެއްލުން ލިބެމުންދާތީ އާއި އަދި އެކަށީގެންވާ ގޮތުގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ނުދިނުމުގެ ސަބަބުން ޢާއްމު ސިއްހަތަށް ގެއްލުން ލިބެމުން ދާތީ" ކަމަށެވެ.

މީގެ އިތުރުން މައްސަލަ ހުށައަޅާ ފަރާތުން އެދޭގޮތް ބަޔާންކުރަމުން ބުނެފައިވަނީ " ފެނަކަ ކޯޕަރޭޝަނުން ލ. ފޮނަދޫ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް މެދު ނުކެނޑި 24 ގަޑިއިރު ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަންގެ މައްޗަށް އަމުރެއް ނެރެދެއްވާ ކަރަންޓް ދިނުމުގައި މިހާރު ދިމާވާ މައްސަލަތައް 3 ދުވަސް ތެރޭގައި ހައްލުކޮށް ކަރަންޓްގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް އަމުރެއް ނެރެދެއްވުން އެދި ދޭތެރެ ދޭތެރެއިން އަންގާނުލާ ކަރަންޓް ކަނޑާލުމާއި ގުޅިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު އެ ކޯޕަރޭޝަނުން ހޯދައިދިނުން" ކަމަށެވެ.

ފޮނަދޫގެ އެއްމެ ނަންހިނގާ ވިޔަފާރި ގްރޫޕްގެ އެއް ހިއްސާދާރު ކަމުގައި އިބްރާހިމް ނަސީޙް ހުށައެޅި މައްސަލައިގައި އެ ޝަބްނަމީ ގްރޫޕްގެ ވިޔަފާރި އަށާއި އެމީހުންގެ ގޭގޭގައި ހުރި ތަކެއްޗަށް ލިބިފައިވާ ގެއްލުންތައްވެސް ބަޔާންކޮށްފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް