ފަހުގެ ޚަބަރު


އިތުރަށް...

ރެވެރީސް ޑައިވިން ވިލެޖްގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ޙަރަކާތްތަކެއް ފަށައިފި

ލިޔުނީ: Unknown - Friday, February 1, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

މިދިޔަ އަހަރު ފެބްރުއަރީ މަހު 1 ވަނަ ދުވަހު ލ. ގަމުގައި ހުޅުވުނު ރެވެރީސް ޑައިވިން ވިލެޖްގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ޙަރަކާތްތަކެއް ފަށައިފި އެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ފެށުނު ޙަރަކާތްތަކުގެ ތެރޭގައި މިއަދު ހަވީރު 4:00 ގައި ވަނީ އެ ހޮޓަލުގެ މުވައްޒަފުންނާއި މިވަގުތު އެތަނުގައި ތިއްބެވި މެހެމާނުންގެ މެދުގައި ވޮލީ ބޯޅަ މެޗެއް ކުޅެފައެވެ. އަދި މިރޭ 08:00 ގައި އެތަނުގެ ބީޗް ގާާރޑަންގައި ވަނީ 'ގަލަ ބަރަބަކިއު ޑިނަރ' ގެ ނަމުގައި ކެއުމެއް ބާއްވާފައެވެ.

އެމްޑީޕީ ސަރުކާރުގެ ރައީސް ނަޝީދު ހުޅުއްވައިދެއްވި ތޭވީސް ކޮޓަރީގެ މި ޓޫރިސްޓް ހޮޓަލަކީ ދިވެހި އާކިޓެކްޓަކު ފަރުމާކޮށް، ބައިސަން މޯލްޑިވްސް އިން ތަރައްގީކުރި، އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށެއްގައި ހުޅުވި ފުރަތަމަ ހޮޓަލެވެ.


ޑައިވް ސްކޫލަކާއި ވޯޓަ ސްޕޯޓްސް ވަސީލަތްތައް ހިމެނޭ ރިވެރީސް ހުޅުވީ ރެސްޓޯރެންޓް، އިންޓަނެޓް ކެފޭ، ސްވިމިން ޕޫލް، ސްޕާ އަދި ކޮންފަރެންސް ބޭއްވުމުގެ ޚިދުމަތާ އެކުގަ އެވެ.

ރާއްޖޭގެ ރަށެއްގައި ހުޅުވި އެންމެ ފުރަތަމަ ބުޓިކް ހޮޓާ، ނުވަތަ ސިޓީ ހޮޓަލެއްގެ ދަރަޖައިގައި ލ. އަތޮޅު ގަމުގައި ހުޅުވާފައިވާ "ރިވަރީސް ޑައިވިން ވިލެޖަ"ކީ ތިން ތަރީގެ ފެންވަރުގައި ހިންގާ ހޮޓަލެކެވެ. ވިހި ރޫމާއި ބަންގްލޯއެއް ހިމެނޭ ތިން ބުރީގެ ހޮޓަލުގައި ރިސޯޓަކުން ލިބޭ ވަރަށް ގިނަ ހިދުމަތްތައް ދެ އެވެ.  
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް