ފަހުގެ ޚަބަރު


އިތުރަށް...

ކައްދޫ އެއާޕޯޓް އައިލެންޑް އޭވިއޭޝަނަށް، ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަށް

ލިޔުނީ: Unknown - Saturday, February 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ކައްދުއާއި ގދ. ކާޑެއްދޫ އެއާޕޯޓް ޕްރަވަޓައިޒް ކުރުމުގެ ގޮތުން ބިޑަށް ހުޅުވާލުމުން އެ ދެ އެއާޕޯޓްގެ ތެރެއިން ކައްދޫ އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނާ އަދި ކާޑެއްދޫ އެއާޕޯޓް ހިންގުމަށް ވިލާ އެއާ އަށް ހަވާލުކުރުމުގެ ލެޓާ އޮފް އިންޓެންޓްގައި މިއަދު ސޮއި ކުރާނެ ކަމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެފި އެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ އަގީލް ވިދާޅުވި މިއަދު ހަވީރު ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އެ ދެ ކުންފުންޏާ އެކު އެދެ އެއާޕޯޓް ހަވާލުކުރުމަށް ލެޓާ އޮފް އިންޓެންޓްގައި ސޮއިކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ރަސްމިއްޔާތުގައި ސޮއިކުރާނީ އެ ދެ އެއާޕޯޓް ހިންގުމުގެ ގޮތުން ލެޓާ އޮފް އިންޓެންޓްގައި ކަމަށާއި އެއާޕޯޓް ހިނގުމުގެ ކަންތައް ކުރިއަށް ގެންދާ ގޮތްތައް ނިންމާނީ ސަރުކާރާއި އެ ކުންފުނިތަކާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.


"
މިއަދުގެ ރަސްމިއްޔާތުގައި އެ ދެ ކުންފުއްޏާ އެކު މި ސޮއި ކުރެވެނީ ބިޑްއޮފް އިވެލުއޭޝަން ނިމިގެން ލެޓާ އޮފް އިންޓެންޑްގައި. ދެން ލެޓާ އޮފް އިންޓެންޑަކަށް ފަހު އެއާޕޮޓް ހިންގުމުގެ ކަންތައްތައް ކަނޑައަޅާނީ." ސަމީ އަގީލް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ތިން އެއާޕޯޓެއް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމުން އެއިގެ ތެރެއިން ކާއްޑޭދޫ އަށް ވިލާ އެއާ އިން އެކަނި ކުރިމަތިލި އިރު ކައްދޫ އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަން އާއި ޕްރީމިއާ އިކުއިޓީ އިން ކުރިމަތި ލި ކަމަށެވެ. އަދި ކޫއްޑޫ އެއާޕޯޓް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރި ނަމަވެސް ކޮލިފައިވާ ފަރާތެއް އެއެއާޕޯޓް ހިންގުމަށް ކުރިމަތި ނުލާ ކަމަށް ސާމީ ވިދާޅުވި އެވެ.

ޚަބަރު: ސަން އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް