ފަހުގެ ޚަބަރު


އިތުރަށް...

މާދަމާ ރައީސް ނަޝީދު ހައްޔަރުކުރަން ކޯޓް އަމުރެއް ނެރެފައިވާތީ އެމްޑީޕީން ގަމުގައި ބާއްވަން ނިންމި ޖަލްސާ ފަސްކޮށްފި

ލިޔުނީ: Unknown - Wednesday, February 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖޭގެ ފުރަތަމަ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ކޯޓް އަމުރެއްގެ ދަށުން މާދަމާ ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުން ގެންދާތީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުންގެ ޓީމެއް މާދަމާ ލ. އަތޮޅަށް ޒިޔާރަތްކޮށް މާދަމާރޭ ގަމުގައި ބޭއްވުމަށް ހަޖެއްސި ޖަލްސާ ފަސްކޮށްފިއެވެ.
މިޖަލްސާ ފަސްކޮށްފައިވަނީ މާދަމާ ޕާލިމެންޓަރީ ގްރޫޕުން ފަށަން ހަމަޖެހިފައިވާ ދަތުރު ކެންސަލް ކުރުމާއި ގުޅިގެންނެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ގެ ޕާލިއަމަންޓްރީ ގްރޫޕުން އިސްނަންގަވައިގެން ރާއްޖޭގެ އެކި އެކި ދާއިރާތަކަށް ކުރައްވާ ދަތުރުތަކެއް ފެެެށުމުގެގޮތުން އެންމެ ފުރަތަމަ ޓީމު ދަތުރުކުރުމަށް ހަމަޖެއްސީ ލ. އަތޮޅުގެ ރައްތަކަށް ކަމަށް އެ ޕާޓީން ބުނެ އެވެ.
މާދަމާ ފެށުމަށް ހަމަޖެއްސި މި ދަތުރުގައި ލ. އަތޮޅުގެ ރައްތަކުގައި އެމްޑީޕީގެ ހަރަކާތް ތަކެއް ވަނީ ކުރިޔަށް ގެންދާ ގޮތަށް ހަމަޖައްސާފައެވެ. މި ގޮތުން ރަށް ރަށުގެ ރައްޔިތުންނާ ބައްދަލު ކުރުމާއި، ޕާޓީގެ ހަރަކާތްތައް އިތުރުކުރުން ކުރިޔަށް ގެންދިއުމަށް ރާވާފައިވެ އެވެ. އަދި ޕާޓީއަށް މެމްބަރުން އިތުރުކުރުމާއި، އާއްމު ޖަލްސާތައް ބޭއްވުމާ، ދާއިރާ ތަކުގެ އިސްވެރިންނާ ބައްދަލު ކުރުމާއި އަދި ކައުންސިލަރުން ނާ ބައްދަލު ކުރުންވެސް ކުރިއަށް ގެންދަން ރާވާފައި ވާކަމަށް އެމްޑީޕީން ބުނެ އެވެ.
މާދަމާގެ މި ދަތަރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ޓީމުގެ އިސް ބޭފުޅަކަށް ހުންނަވާނާގޮތަށް އޮތީ އެމްޑީޕީގެ ޗެއަރޕާސަން އެވެ. އަދި މީގެ އިތުރުން ޕާލިއަމަޓްރީ ގްރޫޕްގެ ލީޑަރ އަދި ހިންނަވަރު ދާއިރާގެ މެމްބަރ އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ލީޑަރ އަދި ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަޙީދުގެ އިތުރުން އިތުރު މެމްބަރުންވެސް ބައިވެރިވެ ވަޑައިގަންނަވާގޮތަށް ހަމަޖެއްސިއެވެ. އަދި ހަމަ މި ދަތުރުގައި އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަޙްމަދު އާ ދާއިރާ ރައީސުންވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިގެން ދިޔައެވެ.
ދެން މި ދަތުރު އަލުން ފަށާނެ ތާރީޚެއް ފަހުން އިޢުލާނު ކުރައްވާނެ ކަމަށް އެ ޕާޓީން ބުނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް