ފަހުގެ ޚަބަރު


އިތުރަށް...

ކައްދޫ އެއާޕޯޓްގެ ފަޔަރ ލޮރީ އުފެއްދި ކުންފުނިން ގެނައި އިންޖިނޭރަކު ލޮރީ ހެދުމުގެ މަސައްކަތް ފަށައިފި

ލިޔުނީ: Unknown - Monday, February 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

މިދިޔަ އަހަރު ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހު ކައްދޫ އެއާޕޯޓުގައި ބޭނުންކުރަމުން އައި ފަޔަރ ލޮރީ ދިމާވި މައްސަލަ ހައްލުކުރުމަށް އެ ލޮރީ އުފެއްދި ކުންފުނި ކަމަށްވާ 'ސްކޭނިއާ ގްރޫޕްން' ގެނައި އިންޖިނޭރަކު ލޮރީ ހެދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ކައްދޫ އެއާޕޯޓާ މިވަގުތު ހަވާލުވެ ހުންނެވި މެނޭޖަރު އަހުމަދު އަލީ ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ފަޔާ ވެހިކަލް ސްޓާޓް ކުރުމުގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި ކައްދޫގައި ތިބި މެކޭނިކުންނަށް އެކަން ހައްލު ނުކުރެވިގެން އެމްއޭސީއެލްގެ މެކޭނިކުން އައިސް މަސައްކަތް ކޮށްވެސް ރަނގަޅު ކުރެވިފައި ނުވާ ކަމަށެވެ.

ކައްދޫގެ އޮޕަރޭޝަންތައް އެއްދުވަސް ވަންދެން ހުއްޓާލާފައި ބޭއްވުމަށްފަހު އަލުން އޮޕަރޭޝަންތައް ފަށައިގެން މިހާރު ކުރިޔަށް ގެންދަނީ އެމްއެންޑީއެފް އިން ގެނައި ފަޔަރ ޓްރަކެއް ކައްދޫގައި ބާއްވައިގެން ފްލައިޓް އޮޕަރޭޓް ކުރުމަށް ހުއްދަ އޮންނަ މިންގަނޑަށް ފަޔަރ ކެޓަގަރީ ގެނެސްގެންނެވެ.

ކައްދޫ ފަޔަރ ކެޓަގަރީ ސުމަކަށް ގޮސްގެން މިދިޔަ އަހަރު ސެޕްޓެމްބަރ މަހުވެސްވަނީ 4 ގަޑިއިރަށް ފްލައިޓް އޮޕަރޭޝަންތައް މެދުކަނޑާލާފައެވެ.

ކައްދޫ ފަޔަރ ޓްރަކް އުފައްދަފައިވަ ކުންފުންޏަކީ ސްވިޑިޝްގެ ކުންފުންޏެކެވެ. ބޮޑެތި ވެހިކަލްތައް އުފެއްދުމަށް މަޝްހޫރު ސްކޭނިއަރ ކުންފުނީގެ އިންޖިނޭރު ކައްދުއަށް އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް