ފަހުގެ ޚަބަރު


އިތުރަށް...

ޔާމީން ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ލިޔުނީ: Unknown - Wednesday, March 27, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޕީޕީއެމް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ޢަބްދުﷲ ޔާމީން ލ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރު ނިންމަވާލެއްވުމަށްފަހު މިރޭ އެނބުރި މާލެ ވަޑައިގެންފި އެވެ.
ޔާމީންގެ މި ދަތުރާއި ބެހޭ މަޢުލޫމާތު އެހާ ބޮަޑަށް ޢާއްމުކޮށްފައި ނުވުމުން ދަތުރުގައި ވަޑައިގެންނެވީ ކޮން ރަށްރަށަކަށް ކަމެއް އެލްއޭ ނިއުސް އަށް ވަނީ އެނގޭގޮތް ނުވެފަ އެވެ. ނަމަވެސް މި ދަތުރުގެ އެންމެ މުހިންމު އެއްކަމެއްގެ ގޮތުން ރޭ ވަނީ ފޮނަދޫގައި ޖަލްސާއެއް ބާއްވާފަ އެވެ. ޕީޕީއެމްގެ ނިސްބަތުން މަދު ބަޔަކު ދިޔަ ޖަލްސާގައި ދެކެވުނު ވާހަކަތައް ޢާއްމުވެފައި ނުވާއިރު ޖަލްސާ އާއި ގުޅޭ ވީޑިއޯ އަދި ފޮޓޯވެސް ޢާޢްމުވެފައެއް ނުވެއެވެ.

ސޯޝަލް މީޑިއާތަކުގައި ބުނާ ގޮތުން ރޭގެ ޖަލްސާގައި ފޮނަދޫ ކައުންސިލްގެ ބައެއް މެންބަރުންނަށް އަމާޒުކޮށް ޖަލްސާގައި ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން ފޮނަދޫގެ ބައެއް ކައުންސިލަރުންނަކީ އެއްވެސް އަގެއް ނެތް ބައެއް ކަމަށް ސިފަކޮށް 'ފޮނަދޫ ބައެއް ކައުންސިލް މެންބަރުންނަކީ ވަރަށް "ޗީޕް" ބައެއް ކަމަށް' ބުނެފައި ވާކަމަށް ސޯޝަލް މީޑިއާގައި އަޑުތައް ފެތުރިފައިވެ އެވެ.

ޔާމިން ފޮނަދޫގައި ބޭއްވި ޖަލްސާއަށް މަދު ބައެއް ދިޔައިރު ޔާމީން އަށް މަރުޙަބާ ކިޔުމަށް ކައްދޫ ވައިގެން ބަނދަރަށް ދިޔައީ އެންމެ 57 މީހުން ކަމަށް އެތަނަށް ދިޔަ ފަރާތަކުން އެލްއޭ ނިއުސް އަށް ކަށަވަރު ކޮށްދީފައިވެ އެވެ. މަރުޙަބާ ކިޔުމަށް ނިސްބަތުން މަދު ބަޔަކު ދިޔައިރު، ޔާމީން ފުރާވަޑައިގެންނެވި އިރު އަލްވަދާޢު ކިޔުމަށް ވައިގެ ބަނދަރަށް ދިޔައީ އެންމެ 10 މީހުން ކަމަށްވެސް އެލްއޭ ނިއުސް އަށް މަޢުލޫމާތު ދިން ފަރާތުން ކަށަވަރު ކޮށްދީފައިވެ އެވެ.

ޔާމީނަށް މަރުޙަބާ ކިޔުމަށް ވައިގެބަނދަރަށް ދިޔަ ޒުވާނުންގެ ތެރޭގައި ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 8 ، 9 ގައި ހިމެނޭ ބައެއް ދަރިވަރުން ތިބިކަން މަންޒަރުތަކުން ފެންނަމުން ދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް