ފަހުގެ ޚަބަރު


އިތުރަށް...

”ބީފަނަރަ“ އޮންލައިން ނޫހެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފި

ލިޔުނީ: Unknown - Wednesday, March 27, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ބީ.ފަނަރަ ޑޮޓް އެމްވީ” އޮންލައިން ނޫހެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފިއެވެ.
2012 ވަނަ އަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހު އޮންލައިން ވެބްސައިޓެއްގެ ގޮތުގައި ފެށި “ބީ.ފަނަރަ ޑޮޓް އެމްވީ” ޑިޕާޓްމަންޓް އޮފް އިންފޮމެޝަންގައި ރަޖިސްޓްރީ ކޮށްފައިވަނީ 25 މާރޗް 2013 ގައެވެ.

ހދ. ވައިކަރަދޫ އަމަން، މުހައްމަދު ވަސީމްގެ މަސްއޫލުވެރިކަމުގެ ދަށުން ނެރެވޭ މިއޮންލައިން ނޫހުގެ އެޑިޓަރަކީ އަލީ އަހްސަން، ހިސާން، ހދ.ވައިކަރަދޫ އެވެ. އަދި “ބީ.ފަނަރަ ޑޮޓް އެމްވީ”ގެ އިދާރާ އަކީ ހދ ވައިކަރަދޫ، މާތިލަ އެވެ.

“ބީ.ފަނަރަ ޑޮޓް އެމްވީ” ގެ އެޑިޓޯރިއަލް ބޯޑް މެމްބަރުންގެ ތެރޭގައި ހިމެނެނީ މަސްއޫލުވެރިޔާ މުހައްމަދު ވަސީމް އާއި އެޑިޓަރަކީ އަލީ އަހްސަންގެ އިތުރުން އެސިސްޓެންޓް އެޑިޓަރ އަލީ އިބްރާހިމް، މެނޭޖިންގ އެޑިޓަރ އަބްދުﷲ ޝަފީއު، އޮޕަރޭޝަން މެނޭޖަރ ހުސެއިން ސަގީފް އަދި މާރކެޓިންގ މެނޭޖާރ އިބްރާހިމް އަޝްވާގު އެވެ.

ބީފަނަރަ އަކީ ދުވާލަކު 1 ފަހަރު އަޕްޑޭޓް ކުރާ ގޮތަށް ހަމަޖެހިފައިވާ އޮންލައިން ނޫހެކެވެ. ވަރަށް އާދައިގެ ގޮތެއްގައި ފެށި މިވެބްސައިޓްއަށް ކޮންމެ ދުވަހަކުހެން ޚަބަރާއި މައުލޫމާތުގެ އިތުރުން ފޮޓޯއިން ޚަބަރު ގެނެސްދެމުން ދަނީ ވަރަށް ގިނަ އަޚުންނާއި އުޚުތުންގެ އެހީތެރިކަމާއި އެކުގައި ކަމަށް އެ ނޫހުން މަޢުލޫމާތު ދެއެވެ. އަދި ބީފަނަރައިގެ މެނޭޖްމަންޓްއިން ނިންމާފައިވަނީ ކުރިމަގުގައި މިވެބްސައިޓް އިތުރަށް ފުޅާކޮށް ރަށު ފެންވަރު އަދި ވައިކަރަދޫ އާއި ގުޅުން ހުރި ލިޔުންތައް ގެނެސްދިނުމަށެވެ. އެގޮތުން ތަމްރީނު ލިބިފައިވާ ލިޔުންތެރިން އުފެއްދުމާއި ތާޒާ ކަމާއި އެކު ޚަބަރުތައް ގެނެސްދިނުމަކީ ‘ބީފަނަ ޑޮޓް އެމްވީ’ގެ އަމާޒެއް ކަމަށްވެސް ބުނެއެވެ..

“ބީ.ފަނަރަ ޑޮޓް އެމްވީ”ގައި މިލިޔުމާއި އެކު 536 ލިޔުން ޝާއިއު ކޮށްފައިވާއިރު ޖުމްލަ 466 ކޮމެންޓް ވަނީ އެޕްރޫވް ކޮށްފައެވެ. އަދި ގާތްގަޑަކަށް 17 ލިޔުންތެރިން ލިޔުމަށް ޔޫސާރ ހެދިފައިވާއިރު މިހާތަނަށް 138,269 ޕޭޖްވިއު ހިމެނެއެވެ.

“ބީފަނަރަ” އަކީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫގެ ކޯޑް ނަންބަރެއްގެ ގޮތުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ ކޯޑް ނަންބަރެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް