ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ގަން ޓީމު ކާމިޔާބު ކޮށްފި

ލިޔުނީ: Unknown - Saturday, April 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޤައުމީ މުބާރާތަށް ލ. އަތޮޅުން ހޮވިފައިވާ 15 ދަރިވަރުން - ފޮޓޯ: ޓަޗް މާބައިދޫ
ލ. އަތޮޅު ޤުރުއާން މުބާރާތް 2013 ގެ ފަޚުރުވެރި އެއްވަނަ ގަން ޓީމު ކާމިޔާބު ކޮށްފިއެވެ. ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ ރޭ ލ. މާވަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

 މި ފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ މުންޑޫ، ގަން، މާވަށް އަދި ފޮނަދޫ އިން ނެވެ.

މި މުބާރާތަކީ ޤައުމީ މުބާރާތަށް ކުދިން ހޮވުމުގެ ގޮތުން އަތޮޅު ފެންވަރުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުން ޤައުމީ ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތަށް ލ. އަތޮޅުން ހޮވިފައިވާ ފަނަރަ ދަރިވަރުންނަކީ:-
އެއްވަނަ ހޯދާފަިވާ ގަމު ޓީމުން 5 ބައިވެރިންނާއި، ފޮނަދޫ ޓީމުން 7 ދަރިވަރުންނާއި މާވަށުން 3 ދަރިވަރުން ކަމަށް މަޢުލޫމާތު ލިބެއެވެ.

އެހެން އަހަރު ތަކާއި ޚިލާފަށް އަތޮޅު ޤުރުއާން މުބާރާތުން ރަންވަނަ ތަކެއް ހޯދަމުން އަންނަ މުންޑޫން އެއްވެސް ދަރިވަރެއް ހޮވިފައެއް ނުވެއެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް