ފަހުގެ ޚަބަރު


އިތުރަށް...

މަންދު ކޮލެޖް ސައުތު ކެމްޕަސް ގެ ކިޔެވުން މިއަދު ފެށިއްޖެ

ލިޔުނީ: Unknown - Saturday, April 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މަންދު ކޮލެޖް ސައުތު ކެމްޕަސް، ލ. ގަން ތުނޑި - ފޮޓޯ: މުބާރިކް
މަންދު ކޮލެޖުން އަތޮޅުތެރޭގައި މިހާތަށް ޤާއިމުކުރި ފުރަތަމަ ކެމްޕަސް ކަމަށްވާ މަންދު ކޮލެޖް ސައުތު ކެމްޕަސް ގެ ކުލާސްތައް މިއަދު ފަށައިފި އެވެ.

ކޮންމެ އުމުރެއްގެ، ކޮންމެ ފެންވަރެއްގެ ކުއްޖަކަށްވެސް މަތީ ތަޢުލީމު ހޯދުމުގެ ފުރުޞަތު ލ. އަތޮޅުން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި މަންދު ކޮލެޖުން ގަމު ތުނޑީ އަވަށުގައި ޤާއިމުކުރި ކެމްޕަހުން މިއަދު ފަށާފައިވަނީ ފަސް ކޯހެކެވެ. އެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް 2 އިން ޓްރެވަލް އެންޑް ޓޫރިޒަމް ކޯސް، ސެޓްފިކެޓް ލެވެލް 3 އިން އިންފޮރމޭޝަން ޓެކްނޮލޮޖީ، ސެޓްފިކެޓް 3 އިން އިންގްލިޝް ފޮރ އެކަޑަމިކް ޕަރޕަސަސް އާއި ފައުންޑޭޝަން ކޯސް ފޮރ ޑިޕްލޮމާ ލެވެލް ސްޓަޑީޒް ކަމަށް މަންދު ކޮލެޖުގެ ސައުތު ކެމްޕަހުން ބުނެއެވެ. މި ކުލާސްތަކުގެ އިތުރުން ބޮޑެތި މީހުންނަށް އިނގިރޭސި ބަސް އުނގަންނައި ދިނުމަށް އަޑަލްޓް އިންގްލިޝް ކޯހެއްވެސް ފަށާފައި ވެއެވެ. 

މަންދު ކޮލެޖް ސައުތު ކެމްޕަހުގެ އޮފިޝަލަކު ވިދާޅުވީ 14 ކޯހެއް ކެމްޕަސްގައި ހިންގުމަށް ކަނޑައެޅިފައި ވީނަމަވެސް މިވަގުތު ބައިވެރިން ލިބިފައިވާ މިންވަރުން ފެށެން އޮތް ކޯސްތައް މިއަދު ފެށޭނެ ކަމަށެވެ. މި ކޯސްތަކުގެ އިތުރުން ތުނޑީ ޕްރީ ސްކޫލް ހިންގުންވެސް މަންދު ކޮލެޖް ސައުތު ކެމްޕަސްގެ ދަށަށް ގެނެވިފައި ވާކަމަށް އެތަނުން ބުނެއެވެ. ފުލް އެއަރކަންޑިޝަން ކުލާސް ރޫމު ތަކެއްގައި ޕްރީ ސްކޫލެއް ލ. އަތޮޅުގައި އެންމެ ފުރަތަމަ ހިންގަން ފަށާ ތަނަކަށް މިތަން ވެގެން ދާނެކަމަށް ކޮލެޖް ކެމްޕަސް އިން ލިބުނު މަޢުލޫމާތުން ދޭހަވެއެވެ.

މަންދު ކޮލެޖް ސައުތު ކެމްޕަސްގައި ފެށިގެންދާ ކޯސްތަކުގައި ކިޔަވައިދެއްވާނީ ގަމުން ލިބެންހުރި ޓީޗަރުން ބޭނުން ކޮށްގެންނާއި މާލޭގައި ހުންނަ މަންދު ކޮލެޖް ގައި ކިޔަވައިދެއްވާ ބައެއް މުދައްރިސުން ކަމަށް ސައުތު ކެމްޕަސް އިން ބުނެއެވެ.

"އިނގިރޭސި ކިޔަވާދޭނީ މަންދު ކޮލެޖްގައި ކިޔަވައިދެއްވާ ސަރ އެއް ކަމަށްވާ މި ބޭފުޅާ." މަންދު ކޮލެޖް ސައުތު ކެމްޕަސްގެ އިދާރާ ތެރޭގައި އިންނެވި ބިދޭސީ ޓީޗަރަކަށް އިޝާރާތް ކުރަމުން ކޮލެޖުން މަޢުލޫމާތު ދެއްވި އޮފިޝަލް ހާމަކުރެއްވި އެވެ.

މީގެ އިތުރުން ޓްރެވަލް އެންޑް ޓޫރިޒަމް ކިޔަވާދޭ ކުލާހުގައި ވަރޗުއަލް ކުލާސްރޫމެއް ޤާއިމުކޮށް މާލޭގައި ހުންނަ މަންދު ކޮލެޖުގައި ލެކްޗަރާ ހުންނަވައިގެން ކިޔަވައިދިނުމަށް ހަމަޖެހިފައި ވާކަމަށްވެސް މަންދު ސައުތު ކެމްޕަހުން ބުނެއެވެ.

ލ. ގަމުގައި ޤާއިމުކޮށްފައިވާ މަންދު ކޮލެޖުގެ ކެމްޕަހުން ހިންގާ ކޯސްތަކުގައި ލިބިގެންދާނީ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓް ކަމަށް ކޮލެޖުން ބުނެއެވެ. މީގެ އިތުރުން ކޮލެޖްގެ ދަރިވަރުންނަށް ލިބެންހުރި ޚިދުމަތްތަކުގެ ތެރޭގައި ހިލޭ ބްރޯބޭންޑް އިންޓަނެޓާއި، ކޮމްޕިއުޓަރ ލެބްގެ ޚިދުމަތާއި، ފޮޓޯ ކޮޕީ، ލެމިނޭޓް އަދި ބައިންޑިންގ އާއި އެންމެ ޒަމާނީ ފެންވަރުގެ ވަޞީލަތްތަކާއި އެކު ތައްޔާރު ކުރެވިފައިވާ ކުލާސްރޫމްތައް ހުންނާނެ ކަމަށް އެތަނުން ބުނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް