ފަހުގެ ޚަބަރު


އިތުރަށް...

ވިއްސާރަ - ބާރިޝް ގެ ތަރުޖަމާއެއް

ލިޔުނީ: Unknown - Sunday, April 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ތަރުޖަމާ: ޝަމްސުލް ފަލާޙް
އެއްވެސް މަޢުނައެއް ނެތް މި ނުކުތާތައް ގުނަމުން ގެންދަންވީ ކިހާއިރެއް ވާންދެން ހެއްޔެވެ؟
ހަނު ކަމުގެ އަޑު ތަކުރާރުވަމުން ދާނީ ކިހާއިރެއް ވާންދެން ހެއްޔެވެ؟
މަގުތައް މަތީގައި ބަޅިނދުތައް ފިޔަވައި އެހެން އެއްވެސް ދިރޭ އެއްޗެއްގެ ހިލަމެއް ނެތެވެ.
ވިއްސާރައިގެ ސަބަބުންނެވެ.

މި ލޮލުން އަހަންނަށް ފެންނަނީ ތަރިތަކާއި ހަނދާއި އަދި މި ދުނިޔެއެވެ.
އަޅަމުން މިދާ ސިހުރެއްފަދަ ވޭނުގެ ސަބަބުންނެވެ.
ސަލާމަތްވާނެ މަގެއް ހޯދަމާ ހިނގާށެވެ.

ދާއިރާއެއްގައި ހުރި ބީރައްޓެއްސަކު އަހަންނަށް ގޮވާލަންދެނެވެ.
މި ރޭގެ އަނދިރި ކަމުގެ ތެރެއިންނެވެ.
އަހަރެން މިހުރީ މަރު މަތިންވެސް ފޫހިވެފައެވެ.
އަހަރެން މިހުރީ ނުހަނު ބޮޑަށް ބިރުގެންފައެވެ.
ހިޔަންޏެއްގެ ނިތުގައި ނަމަވެސް ބޮސްދޭހާ ވެއެވެ.


މީރުވަހެއްގެ ބަރަހަނާ ހަށިގަނޑު ދެކިލާހާ ވެއެވެ.
ފާރެއްގެ ތުންފަތުން މޫޝިގީ ރާގެއްގެ އަޑު އަހާ ހާވެއެވެ.
މަގުތައް މަތީގައި ބަޅިނދުތައް ފިޔަވައި އެހެން އެއްވެސް ދިރޭ އެއްޗެއްގެ ހިލަމެއް ނެތެވެ.
ވިއްސާރައިގެ ސަބަބުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް