ފަހުގެ ޚަބަރު


އިތުރަށް...

އެކަނިވެރިކަން

ލިޔުނީ: Unknown - Thursday, April 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެކަނިވެރިކަމެވެ. އެކަނިވެރިކަމެވެ.
ހިތުގެ ރާސްތާގައި އަހަންނަށް ކެހި މިލިބުނީ ކިހިނެތް ހެއްޔެވެ؟
އަހަރެންގެ ހުރިހައި ހުވަފެންތަކެއް ފުނޑުފުނޑުވެ، އަޅިއަށްވެ، ނާއުއްމީދު ވެއްޖެއެވެ.
އަހަރެންގެ ހުރިހާ އުފާވެރިކަމެއް ފަނޑުވެ ނިދައިފިއެވެ. އަހަރެންގެ ދިރިއުޅުން ގެއްލިއްޖެއެވެ.
އަހަރެން ކަލާ ދެކެ ވީ ލޯބިން އަހަންނަށް ލިބުނީ ހަމައެކަނި ސަޒާ އެވެ.
އެކަނިވެރި ކަމެކެވެ. އެކަނިވެރި ކަމެވެ. ހައްދެއް ނެތް މިންވަރަށް އެކަނިވެރި ކަމެވެ.

ހުވަފެނަކުން ސާޅިއެއްގެ ކަށިފަތި އަހަންނަށް ފެނުނެވެ.
ބިއްލޫރީގެ އެ ހުވަފެން ކުދިކުދިވެ ބިއްލޫރިކޮޅުތަކުން މިހާރު އަހަރެންގެ ލޯ ތޮރުފައެވެ.
އިއްޔެ އަހަރެންގެ ގާތުގައި މީހަކުވިޔަސް، މިއަދު އެކަކުވެސް ނެތެވެ.
ހީވަނީ އަހަރެންގެ ނޭވާހޮޅީގައި ހަރުފައެއް އޮޅާލާފައި ވާހެންނެވެ.

އެކަނިވެރިކަމެވެ. އެކަނިވެކަމެވެ.
މި އެކަނިވެރިކަމުގެ ސަބަބުން އަހަރެންގެ އެސްފިޔަތަކުގެ ތެރެއިން ކިތަކެއް ކަރުނަތިކި ފޫދިއްޖެ ހެއްޔެވެ.
އަހަރެން އެހާވަރަށް ކުރި އުއްމީދުތައް ބޭކާރުވެ ދިޔައީ ކީއްވެ ހެއްޔެވެ؟
ދުރުދުރުން އަހަންނަށް ފެންނަމުން އައި މަންޒިލަށް ވާޞިލު ނުވެވެނީސް ފަތިސް ވެއްޖެއެވެ.
މިހާރު އަހަރެން ދާނީ ވަކިން ކޮން ދިމާއަކަށް ހެއްޔެވެ؟ އަހަރެންގެ ހިތުގެ ވާހަކަތައް ކިޔާދޭނީ ކާކަށް ހެއްޔެވެ؟
އަހަރެން ބޭނުންވި ކަންތައް އަހަރެންގެ ނަސީބުގައި ނުވީ ކީއްވެ ހެއްޔެވެ؟

އެކަނިވެރިކަމެވެ. އެކަނިވެރިކަމެވެ.
އަނދިރިކަމުގެ އެންމެ ފުންމިނާ ގާތަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް