ފަހުގެ ޚަބަރު


އިތުރަށް...

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީ އަށް ސޮއި ކުރައްވައިފި

ލިޔުނީ: Unknown - Thursday, April 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީއާ މިއަދު ގުޅިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޑީއާރުޕީން ވަކިވެވަޑައިގެންފައިވާ ޝާހިދު ޓްވިޓާގައި މީގެ ކުޑައިރުކޮޅެއް ކުރިން ވިދާޅުވީ އޭނާ ގަބޫލުކުރައްވަނީ 2008 ގައި ގާއިމްކުރި ޑިމޮކްރެޓިކް ދިވެހިރާއްޖެ ކަމަށާއި ހާލަތުގެ ފައިދާ ނަގާ މީހުންނާއި ހައްދުފަހަނަޅާފައިވާ މީހުން ގައުމު ފަހަތަށް ގެންދާތަން ބަލަހައްޓަވައިގެން ނުހުންނަވާނެ ކަމަށެވެ.
 އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވާރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު  ވިދާޅުވީ އަބްދުﷲ ޝާހިދު އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ކަމަށާއި އޭނާގެ ފޯމް މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވާނެ ކަމަށެވެ.

ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން ރަސްމީކޮށް އެމްޑީޕީން ހާމަކުރުމަށް ހަމަޖައްސާފައި ވަނީ މާދަމާ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން "އާބާރެއް" މި ނަމުގައި ބާއްވާ އެ ޕާޓީގެ ހާއްސަ ޖަލްސާއެއްގަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް