ފަހުގެ ޚަބަރު


އިތުރަށް...

ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާއެއް ނުލިބި ޒުވާނަކު ސަލާމަތްވެއްޖެ

ލިޔުނީ: Unknown - Thursday, April 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިއަދު ހިނގި އެކްސިޑެންޓްގައި ގެއްލުންވި ކާރު
ލ. ގަމުގައި ބާރު ދުވެލީގައި ދުއްވާފައި ކާރެއް މަގު ބައްތި އެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓެއްގައި، ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، ކާރު ދުއްވަން އިން ޒުވާނާއަށް އަނިޔާއެއް ނުވެ ސަލާމަތްވެއްޖެ އެވެ.


ލ. ގަމު ކައުންސިލްގެ ރައީސް ހުސެއިން މޫސާ ސަން އޮންލައިނަށް ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު މެންދުރު 2.45 ހާއިރު އެރަށު ސިނާއީ މަގުން ބާރު ދުވެލީގައި ދުއްވާފަދިޔަ ކާރު އެމަގުގައި އިން މަގު ބައްތިއެއްގައި ޖެހިގެން ކަމަށެވެ. އަދި އެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.

"ކާރަށް ވަނީ ވަރަށް ބޮޑު ގެއްލުންތަކެއް ވެފައި، ދެން މަގުމަތީގައި އިން މަގުބައްތިވެސް ވަނީ އޭގެ ބުޑާއެކު ނެއްޓިފަ، ނަމަވެސް ދުއްވަން އިން ކުއްޔާއަށް ގެއްލުމެއްނުވޭ" ހުސެއިން މޫސާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނުރައްކާތެރި އެ އެކްސިޑެންޓުގައި އަނިޔާއެއް ނުލިބި ސަލާމަތްވެފައިވަނީ އުމުރުން 19 ވަރަކަށް އަހަރުގެ ފިރިހެން ޒުވާނަކު ކަމަށެވެ. އަދި އޭނާގެ އަކީ ކާރު ދުއްވުމުގެ ލައިސެންސް އޮތް މީހެއްކަމެއް ނުވަތަ ނެތް ކަމެއްވެސް ބުނަން ނޭނގޭކަމަށް ވިދާޅުވިއެވެ.

ފުލުހުން ބުނި ގޮތުގައި އެ ކާރުގެ ޑްރައިވަރު ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް މައްސަލަ ދަނީ ބަލަމުންނެވެ.
"އެ އެކްސިޑެންޓްގެ މައްސަލަ ބަލަމުންދަނީ. ކާރު ދުއްވާފައި ހުރީ ބާރު ސްޕީޑްގައި. އަދި ޑްރައިވަރު އަތުގައި ލައިސަންސެއް ވެސް ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް