ފަހުގެ ޚަބަރު


އިތުރަށް...

ކުނަހަންދޫ އާއި އެ ރަށު ކައިރީގައި އޮތް ބޮޑެތި ރަށްތައް ގުޅާލެވޭނެ - ރައީސް

ލިޔުނީ: Unknown - Thursday, April 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކުނަހަންދޫ އާއި އެ ރަށު ކައިރީގައި އޮތް ބޮޑު ދެ ރަށެއް ގުޅާ ލެވިއްޖެނަމަ އެ ސަރަހައްދު ތަރައްގީ ވެގެން ދާނެ ކަމަށާއި ﷲ އިރާދަ ކުރެއްވިއްޔާ އެ ރަށްތައް ގުޅުވާލެވޭނެ ކަމަށާއި، އެއީ ސަރުކާރުގެ އަމާޒު ކަމަށްވެސް ރައީސް ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު ބަނދަރު ހެދުމުގެ މަޝްރޫއެއް ފައްޓަވައިދެއްވަނީ - ފޮޓޯ: ރައީސް އޮފީސް
ލ. ކުނަހަންދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު އިއްޔެ ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ  ލ. އަތޮޅުގައި މިހާރު އޮތީ އެންމެ ރިސޯޓެއް ކަމަށެވެ. އެހެން ކަމުން ރިސޯޓުތައް އިތުރު ކުރަން ޖެހޭ ކަމަށާއި، ރިސޯޓުތައް އިތުރު ކުރުމުން ވަޒީފާތައް ލިބޭ މީހުންގެ އަދަދުވެސް އިތުރުވެގެން ދާނެކަން ރައީސް ވަހީދު ފާހަގަ ކުރެއްވިއެވެެ.


ދިވެހި ރާއްޖޭން ތެޔޮ ނުފެނުނު ކަމުގައިވީނަމަވެސް، ރާއްޖޭގެ ކުޑަ އާބާދީއަށް ވަރަށް އަރާމުގައި ރަނގަޅަށް ދިރިއުޅެވޭނެ ކަމަށާއި ކޮންމެހެން ރާއްޖޭން ތެޔޮ ހޯދަން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އިއްޔެ ކުނަހަންދޫގައިވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ލ. ކުނަހަންދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު އިއްޔެ ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖޭން ތެޔޮ ނުފެނުނު ނަމަވެސް ރާއްޖެއަށް ކުރިއަށް ދެވޭނެ އެތައް ގޮތްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖެ ކުރިއަށް ދިއުމަށް ބޭނުންވަނީ އާ ވިސްނުމެއް ކަމަށާއި، އެ ވިސްނުން ވާންޖެހޭނީ ބޭރަށް ހުޅުވާލެވިފައިވާ ވިސްނުމެއްގެ ކަމުގައި ކަމަށްވެސް ރައީސް ހަވީދު ވިދާޅުވިއެވެ. ބޭރަށް ހުޅުވާލެވިގެން، ބޭރުގެ ފަރާތްތަކާއި އެކު މަސައްކަތް ކޮށްފިނަމަ ރާއްޖެއަށް މުއްސަނދިކަން އަންނާނެ ކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

" މި ކުޑަ އާބާދީއަށް ވަރަށް އަރާމުގައި، ވަރަށް ރަނގަޅަށް އުޅެވޭނެ. ކޮންމެހެން އަޅުގަނޑުމެންނަކަށް ނުޖެހޭ ތެޔޮ ހޯދާކަށްވެސް. އެހެން ނަމަވެސް، ތެޔޮހުރި ކަމަށްވަންޏާ، ﷲގެ އިރާދަފުޅުން އެވެސް ފެންނާނެ. ދެން އެކަމަށްޓަކައިވެސް އަޅުގަނޑުމެން ހަމަ މަސައްކަތް ކުރާނެ. އޭގެކުރިންވެސް މިހާރުވެސް އަޅުގަނޑުމެންނަށް ﷲ ދެއްވާފައި ހުރި ނިއުމަތްތައް ބައިވަރު. ރިޒުގުތައް ބައިވަރު. އެ ރިޒުގުތައް ބޭނުންކޮށްގެން، އަޅުގަނޑުމެން ކުރިއަށްދާން މަސައްކަތް ކުރީމާ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެކަމާމެދު އަޅުގަނޑުގެ ހިތުގައި ހަމަ ކުޑަވެސް ޝައްކެއްނެތް،" ރައީސް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިޖެހެނީ އާ ވިސްނުންތަކެއް ގެންނަން. އަޅުގަނޑުމެން މިޖެހެނީ އަޅުގަނޑުމެން ހުޅުވިލަން. ދުނިޔޭގެ އެހެން މީހުންނާ އެކީގައިވެސް އަޅުގަނޑުމެން އުޅެލަން. އޭރުން މިތަންތަނަށް މުއްސަނދިކަންވެސް އަންނާނީ،" ރައީސް ވަހީދު ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް