ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ބްލޮކް އޭޖެންޓުންނާއި އެމްޑީޕީ ވަފުދު ބައްދަލުކޮށްފި

ލިޔުނީ: Unknown - Sunday, April 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޮ
ފޮނަދޫ އެމްޑީޕީ ބްލޮކް އޭޖެންޓުންނާއި ބައްދަލުކުރުން - ފޮޓޯ: އައިލެންޑް ޓީވީ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މެރިކަލްޗަރ ގެ ސިޔާސަތު ލ. އަތޮޅުގައި އިފްތިތާޙް ކުރުމަށް ވަޑައިގެންނެވި ޓީމުން 2013 ކެމްޕޭނުގައި ފޮނަދޫގައި ޙަރަކާތްތެރިވާ ބްލޮކް އޭޖެންޓުންނާއި އިއްޔެ މެންދުރު ބައްދަލުކޮށްފިއެވެ.

ފޮނަދޫ އެމްޑީޕީ ބްލޮކް އޭޖެންޓުންނާއި ބައްދަލު ކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަޙްމަދު ދީދީ އާއި އިސްދޫ ދާއިރާ ރައީސް ޢުމަރު ޢަބްދުއް ރައްޒާޤާއި އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަޙްމަދުގެ އިތުރުން ދޮން ބިލެތް އަޙްމަދާއި ފޮނަދޫ ދާއިރާގެ ރައީސް މުޙައްމަދު ޒާހިރެވެ.

މި ބައްދަލުވުމުގައި ބްލޮކް އޭޖެންޓުން ދޮރުން ދޮރަށް ކެމްޕޭން ކުރުމުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް އޮޅުންފިލުވާފައ ވެއެވެ. މީގެ އިތުރުން ކެމްޕޭން ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް އޮޅުންފިލުވައިދިނެވެ.


އޯޑިއޯ ފައިލް

މި ބައްދަލުވުމުގައި ބްލޮކް އޭޖެންޓުންނާއި މުޚާޠަބުކޮށް މާރިޔާ ދެއްކެވި ވާހަކަފުޅުގައި ކޯލިޝަން ސަރުކާރެއްގެ ހިތި ތަޖްރިބާ އެމްޑީޕީން ކޮށްފައި ވާކަމަށާއި ކޯލިޝަން ސަރުކާރެއް ރާއްޖޭގައި ނުހިނގާނެ ކަމަށް ވިދާޅުވިއެވެ. އަދި އެގޮތަށް ކޯލިޝަނެއް ދުނިޔޭގެ ތަސައްރަފު ފުދިފައިވާ ތަންތަނުގައިވެސް ނުހިނގާ ކަން މިސާލު ދައްކަވަމުން ހާމަކުރެެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝާހިދުވެސް އެބޭފުޅާއަށް ތާއިދުކުރައްވާ މީހުންނާއި އެކީގައި އެެމްޑީޕީއަށް ވަޑައިގެންނެވިކަން ފާހަގަ ކުރެއްވިއެވެ.

"ޙަޤީޤަތުގަ ޝާހިދު އިހައްދުވަހު ސޮއިކުރެއްވީ، އެކަމަކު ޝާހިދު ވިދާޅުނުވި ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ ޑީއާރޕްިގެ ވަރަށް ބޮޑެތި ހާޑްކޯ މީހުން އަދި ޕީޕީއެމް އަށްވެސް ތިބި މީހުން އަޅުގަނޑުމެންގެ އެކި ދާއިރާ ތަކުން އައިސް އަޅުގަނޑުމެންނާ ގުޅި ސޮއި ކުރާތަން. އެމީހުންނަށްވެސް މިހާރު ވިސްނިއްޖެ އެމްޑީޕީކަން މިފަހަރު ސަރުކާރާ ޙަވާލުވާނީ. އެމްޑީޕީ މިހާރު ސަރުކާރާއި ޙަވާލުވެ ރައީސް ނަޝީދު އިންތިޚާބްވެ އަޅުގަނޑުމެން ހަމަ ކުރީގެވެސް ތިން އަހަރު ދުވަހު ކޮށްދިންހެން މަސައްކަތް އަޅުގަނޑުމެން ނުކުމެ ވަރަށް ރައްޔިތުންނާ އެކީގަ ރައްޔިތުންނާ ގާތުން ވަރަށް މަސައްކަތްތަކެއް ކުރާނެ ކަން. މި އުއްމީދު ރައްޔިތުންނަށް ލިބިއްޖެ ރޭގަ (މަޖިލިސް ރައީސް ސޮއިކުރެއްވި ރޭ) އަދި އެ ކޮމްފަރމް ވެއްޖެ އެގޮތަށް." މާރިޔާ އިތުރަށް ވިދާޅުވީ ޝާހިދު ސޮއިކުރެއްވުމާއި ގުޅިގެން ލިބުނު އިތުރު ޖޯޝުގައި ޖަޒުބާތުގައި ޖެހިގެން އަދިވެސް އެއް ގިޔަރު މައްޗަށް ޖައްސާލައިގެން މަސައްކަތް ކޮށް 7 ސެޕްޓެމްބަރުގައި މިރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާކަމަށް އިރާދަ ކުރެއްވިއްޔާ ރައީސް ނަޝީދު ހުވާކުރައްވާނެ ކަމަށެވެ. މާރިޔާ ވަނީ މަރިކަލްޗަރ ސިޔާސަތާއި އެމްޑިޕީގެ މިނީ މެނިފެސްޓޯ ސިޔާސަތުތަކަށްވެސް އަލި އަޅުވާލައްފައެވެ.

އެމްޑީޕީ ޕޮލިސީ ކޮމިޓީގައި މަސައްކަތް ކުރައްވާ އުމަރު ޢަބްދުއް ރައްޒާޤް މެރިކަލްޗަރ އާއި ބެހޭ މަޢުލޫމާތުކޮޅެއް ދެއްކެވިއެވެ.

އެމްޑީޕީ އަންހެނުންގެ ރޫހްގެ ރައީސާ ވަނީ އެމްޑީޕީ ކެމްޕޭނުގެ މައްޗަށާއި ފޮނަދޫގައި ދޮރުން ދޮރަށް ހިނގައި ހޯދާފައިވާ މަޢުލޫމާތުތަކާއި އިތުރަށް ކުރަންޖެހޭ މަސައްކަތްތައް އޮޅުންފިލުވައިދެއްވާފައެވެ. މީގެ އިތުރުން ފިރިހެން ބޭފުޅުންގެ އެއްބާރުލުމާއި އެކީގައި އަންހެން ބޭފުޅުން ބާރުވެރި ކުރުވުމަށް ބާރު އަޅުއްވާ ވާހަކަދެއްކެވިއެވެ. އަދި ދޮރުން ދޮރަށް ކެމްޕޭނުގައި ގޭގެއަށް ޒިޔާރަތްކޮށް ޢަމަލުކުރަންވީ ގޮތްތައްވެސް އޮޅުން ފިލުވައިދެއްވިއެވެ. އަދި އިންތިޚާބަށް ފަހުވެސް ރައްޔިތުންގެ ޙާލުބެލުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ގޮވާލެއްވިއެވެ.

ދާއިރާ ރައީސް މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ގެ ވާހަކަފުޅު ބިނާކުރެއްވީ ފޮނަދޫ ދާއިރާއަށް މެންބަރުން އިތުރުކޮށް އެމްޑީޕީއަށް ތާއިދު ހޯދުމަށް މަސައްކަތް ކުރުމަށާއި ދޮރުން ދޮރަށް ކެމްޕޭނުގައި ޢަމަލުކުރަންވީ ގޮތް ރައީސް ނަޝީދު އިރުޝާދު ދެއްވާ ގޮތަށް ކުރިޔަށް ގެންދިއުމަށް ގޮވާލެއްވިއެވެ. އަދި ފޮނަދޫ ދާއިރާގައި އެމްޑީޕީގެ ތާއިދު އިތުރުކުރުމަށް ކޮށްދެވެން އޮތް ކޮންމެ ކަމެއްވެސް ކުރުމަށް ފަސްނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ދޮންބިލެތް އަޙްމަދު ވެސް މި ބައްދަލުކުރުމުގައި ވާހަކަދެއްކެވިއެވެ. އަޙްމަދުގެ ވާހަކައިގައި ބޮޑަށް އަލި އަޅުވާލެއްވީ އަތޮޅުވެރިކަން ކުރާ ރަށްރަށް ބަދަލުވާން ގިނަ ވަގުތު ނެގިޔަސް ބަދަލުވާން ފެށުމުން ވަރަށް ބާރަސް ބަދަލުވަމުން އަންނަތަން ފެންނަކަމަސް ވިދާޅުވިއެވެ. އަދި ފޮނަދޫ އެމްޑީޕީ ފިރިހެން މެންބަރުންގެ ވިސްނުން އެއްދިމާއަކަށް ގެންދިއުމަށްގޮވާލެއްވިއެވެ. އަދި އެމްޑީޕީ ސަރުކާރުން ފޮނަދޫ ބަލައިގަންނަނީ ވަރަށް ކައިރިން ކަމަށާއި އަންނަ އެމްޑީޕީ ސަރުކާރެއްގައި ފޮނަދޫ އަކީ ތަރައްޤީގެ ނާރެހަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް