ފަހުގެ ޚަބަރު


އިތުރަށް...

މާބައިދޫ ބަނދަރު ހެދުން އެމްޓީސީސީއާއި ހަވާލުކޮށްފި

ލިޔުނީ: Unknown - Sunday, April 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މާބައިދޫ ބަނދަރު އެއްގަމު ތޮށި މިހާރު އޮތް ޙާލަތު - ފޮޓޯ: ފަޒީލް
ލ. މާބައިދޫ ބަނދަރު ހެދުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ އެމްޑީ ޑރ.އަހުމަދު އަދުހަމެވެ. ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒެވެ.

އެމްއޯޔޫގައި ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރަށްރަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަމަކީ އެ ރަށްރަށުގެ އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމަށް އެޅިފައިވާ އެންމެ ބޮޑު ހުރަސް ކަމަށެވެ. އެހެން ކަމުން، މި ބަނދަރުތަކުގެ ސަބަބުން އެ ރަށްތަކަށް އިތުރު ތަރައްގީ ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ލ. އަތޮޅުގައި އެންމެ ފުރަތަމަ ހެދި ބަނދަރު ކަމަށްވާ، މާބައިދޫ ބަނދަރު މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި އެ ރަށުގެ ބަނދަރު މަރާމާތުކޮށް، ބޮޑު ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާބައިދޫ ބަނދަރުގެ އިތުރުން މިއަދު ވަނީ އިތުރު ތިން ރަށެއްގެ ބަނދަރު ހަދަންވެސް އެމްޓީސީސީ އާއި ޙަވާލުކޮށްފައެވެ. އެގޮތުން މިއަދު އެމްޓީސީސީ އާއި މިއަދު ޙަވާލުކުރި ރަށް ތަކަކަކީ ހއ.ވަށަފަރާއި ގއ.ކޮނޑޭއާއި ގއ.ކަނޑުހުޅުދޫގެ ބަނދަރު ހެދުމުގެ މަސައްކަތެވެ.

ގާތްގަނޑަކަށް 42 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ އެ ބަނދަރުގެ މަސައްކަތް ޖޫން މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. 

  ލ.މާބައިދޫ ބަނދަރު ހެދުމަށް ނިންމާފައިވަނީ 41.8 މިލިޔަން ރުފިޔާއަށެވެ. ހއ.ވަށަފަރުގެ ބަނދަރު ހެދުމަށް ނިންމާފައިވަނީ 36 މިލިޔަން ރުފިޔާއަށެވެ.  ގއ.ކޮނޑޭގެ ބަނދަރު ހެދުމަށް ނިންމާފައިވަނީ 20.6 މިލިޔަން ރުފިޔާއަށެވެ. ގއ.ކަނޑުހުޅުދޫ ބަނދަރު ހެދުމަށް ނިންމާފައިވަނީ 25.8 މިލިޔަން ރުފިޔާއަށެވެ.

މާބައިދޫ ބަނދަރަކީ ވަރަށް ބޮޑަށް ތިލަވެ، ތޮށިގަނޑު ހަލާކުވެފައިވާ ބަނދަރެކެވެ..
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް