ފަހުގެ ޚަބަރު


އިތުރަށް...

މާދަމާ ހެނދުނު ރައީސް ނަޝީދު ލ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފި

ލިޔުނީ: Unknown - Friday, April 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

އެމްޑީޕީގެ ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު އިފްތިތާޙް ކޮށްދެއްވުމަށާއި ލ. އަތޮޅުގައި 'ދޭތިންފަހެތި ކެމްޕޭން' ކުރެއްވުމަށް މާދަމާ ހެނދުނު ރައީސް ނަޝީދު ލ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީގެ މެނިފެސްޓޯގައި ހިމެނޭ ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތު އިފްތިތާޙް ކުރުމަށް ރާއްޖޭގެ 21 ސަރަހައްދެއްގައި މާދަމާ ބާއްވާ ރަސްމިއްޔާތަށް އެމްޑީޕީގެ ޓީމު ތަކުން މިއަދުވެސް ދަތުރު ފަށާފައި ވާކަމަށް އެ ޕާޓީން އެލްއޭ ނިއުސް އަށް މަޢުލޫމާތު ދެއެވެ.

މިއަދު ދަތުރު ފެށި ޓީމުތަކަކީ ހއ، ހދ، ށ، ނ، ބ، ޅ، އަދި މ އަތޮޅުގެ ޓީމުތަކެވެ. މީގެ އިތުރުން މިއަދު ހަވީރު ފ، ދ އަތޮޅުގެ ޓީމު ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އިއްޔެ ފުރި ޓީމުތަކަކީ އދ، ގއ. ގދ، ރ. ޏ. އަދި އައްޑޫ ސިޓީއަށެވެ.

މާދަމާ ހަވީރު މި ސިޔާސަތު އިފްތިތާޙް ކުރެވޭ ސަރަހައްދުތަކަކީ ލ.ގަމުގެ އިތުރުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފޭދޫ، ނ. މަނަދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ.ގުރައިދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ތިނަދޫ، މ.މުލައް، ފ. މަގޫދޫ، ދ. ރިނބުދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ގދ. ފިޔޮރީ، ޏ. ފުއައްމުލައް، އައްޑޫ ސިޓީ އަދި ހުޅުމާލޭގައެވެ.

ޓިމުގެ ލީޑަރުން ހާމަ ކުރެއްވި ގޮތުގައި، ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާހް ކުރުމުގެ އިތުރުން އެބޭފުޅުންގެ މިދަތުރުގައި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕއެިންގެ މަސައްކަތްތައްވެސް ކުރިޔަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ލ.އަތޮޅު ގަމުގައި މާދަމާ ރައީސް ނަޝީދު، ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވާ އިރު އަނެއް 20 ސަރަހައްދުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ އެމަނިކުފާނުގެ ސަރުކާރުގެ މިނިސްޓަރުންނާއި، ޕާޓީގެ ޕާލިއަމަންޓަރީ ގްރޫޕްގެ ބޭފުޅުންނާއި އަދި ޕާޓީގެ ލީޑަރޝީޕުގެ ބޭފުޅުންނެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް