ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ގޭގެއަށް ފެނަކައިގެ ށ. މަރޮށި ބްރާންޗް ގެ ބިލްތަކެއް

ލިޔުނީ: Unknown - Friday, April 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފެނަކައިން ފޮނަދޫ ގެއަކަށް އިއްޔެ ދީފައިވާ ބިލެއް - ފޮޓޯ: އެލްއޭ ނިއުސް
މިދިޔަ މާރޗް މަހުގެ ކަރަންޓް ބިލްތައް އިއްޔެ ލ. ފޮނަދޫ ގޭގެއަށް ބަހާފައި ވާއިރު އެ ބިލްތަކަކީ ށ. މަރޮށީ ފެނަކަ ބްރާންޗްގެ ނަންމަތީގައި ވާ ބިލްތަކެއް ކަމަށް އެ ރަށުން ބުނެފިއެވެ.

ބަހާފައިވާ ކަރަންޓް ބިލްތަކުގެ އެންމެ މަތިން މެދުގައި އިނގިރޭސި ބަހުން ޖަހާފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ށ. މަރޮށި ބްރާންޗްއެވެ. މީގެ އިތުރުން ކުރީ މަސްތަކާއި ޚިލާފަށް ކަރަންޓް ބިލަށް އަރާ ފައިސާވެސް އިތުރުވެފައި ވެ އެވެ. ބިލަށް ބަލާލާއިރު ކުރީ މަސްތަކުގެ ބިލްތަކުގައިވާ 'ކްއެންޓިޓީ' އާއި ޚިލާފަށް މިދިޔަ މަހުގެ ބިލް ގައި ވަނީ 30 ދުވަހަށް 93.33 އެވެ. ކުރީގެ މަސްތަކުގައި ބިލްގައިވަނީ 30 ދުވަހަށް 103.33 ކަން ފާހަގަ ކޮށްލެވެއެވެ.

މިކަމާ ގުޅިގެން ފޮނަދޫގެ ޢާއްމު ރައްޔިތަކު ފޮނަދޫ އިންޖީނުގެ ހިންގުމުގައި އިސްވެ ޙަރަކާތްތެރިވާ ޢަބްދުއްރަޝީދު ބުނީ ކްެއެންޓިޓީ ތަކުގައި މައްސަލައެއް ނޫޅޭ ކަމަށާއި ބިލްތަކުގައި ށ. މަރޮށި ޖަހައި ޕްރިންޓް ކޮށް ބިލް ހަދާފައިވަނީ މާލޭގައި ހުންނަ ފެނަކަ މައި އޮފީހުން ކަމަށެވެ.

މިދިޔަ މަހުގެ ކުރީމަހުވެސް ފޮނަދޫ ބައެއް ގޭގެއަށް ލިބިފައިވާ ބިލްތަކުގައި ވަރަށް ބޮޑެތި މައްސަލަތަކެއް ހުރިކަން ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ބިލަށް އަރަންޖެހޭ ފައިސާގެ އިތުރަށް 900 ވަރަކަށް ރުފިޔާ އިތުރަށް ޖަހައިގެން އެކަމުގެ ޝަކުވާ އެއް ގެއަކުން ކޮށްފައި ވާކަން އެލްއޭ ނިއުސްއަށް ވަނީ އެނގިފައެވެ. މީގެ އިތުރުން އެއްގެއަކަށް އެއްމަހަކަށް ދެ ބިލް ލިބިފައިވެސް އެބަހުއްޓެވެ.  
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް