ފަހުގެ ޚަބަރު


އިތުރަށް...

ކައްދޫ މުވައްޒަފުން މިރޭ ރައީސް ވަހީދާއި ބައްދަލުކުރުމަށް ނިންމައިފި

ލިޔުނީ: Unknown - Wednesday, April 17, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކައްދޫގެ ދެ ޓެކްނިކަލް މުވައްޒަފަުން މަސައްކަތުގައި - ފޮޓޯ: ކައްދޫ އެފްބީ ގްރޫޕް
ކައްދޫ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުން އަމިއްލައަށް އެދިގެން މިރޭ 19:00 ގައި ރައީސް ކަމަށް އަރާހުންނެވި ވަހީދު ހަސަން މަނިކާއި ބައްދަލުކުރުމަށް ނިންމާފައި ވާކަމަށް ބައެއް މުވައްޒަފުން ބުނެފިއެވެ.

އެލްއޭ ނިއުސް އަށް މަޢުލޫމާތު ދެމުން ކައްދޫ މުވައްޒަފެއް ބުނީ ރައީސް ވަހީދާއި ބައްދަލުކުރަން އެދޭ ކަމަށް ދެންނެވީ މިއަދު ހެނދުނު މި އަތޮޅަށް ކުރައްވަން ފެއްޓެވި ދަތުރުގައި ކައްދޫ އެއަރޕޯޓުން ނުކުމެ ވަޑައިގެން މުވައްޒަފުންނާއި ސަލާމް ކުރައްވަނިކޮށެވެ. އަދި މިރޭ ބައްދަލު ކުރައްވާނެ ކަމަށް އެވަގުތު ވިދާޅުވި ކަމަށާއި މިހާރު ވަނީ ރަސްމީ ސިފައެއްގައިވެސް ކައްދޫ މުވައްޒަފުންނާއި ބައްދަލު ކުރައްވާނެ ކަމުގެ ސިގްނަލެއް ލިބިފައި ކަމަށެވެ.

ކައްދޫ މުއްވައްޒަފުންގެ ފަރާތުން އެމީހުން އެދެން ބޭނުންވާ ބައެއް ކަންކަން މިރޭގެ ބައްދަލުވުމުގައި ރައީސް ވަހީދާއި ހިއްސާކުރާނެ ކަމަށް މި ސައިޓަށް މަޢުލޫމާތު ދިން ފަރާތުން ބުންޏެވެ. އެގޮތުން މައިގަނޑު ގޮތެއްގައި މިރޭ އެދުމަށް ނިންމާފައިވަނީ ކައްދޫ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލުކޮށްދިނުން ކަމަށް އެމީހާ ބުންޏެވެ.

"އަޅުގަނޑުމެން މިތިބެނީ ކައްދޫ މުވައްޒަފުންގެ ބެލެނިވެރި ފަރާތަކީ ކޮބައިކަން ނޭގުމެއްގެ ތެރޭގައި. ކައްދުއަކީ ކޮންތަނެއްގެ ދަށުން ހިންގާ ތަނެއް ކަމެއްވެސް ނޭގިފަ. އެހެންވީމަ އެކަންކަން ސާފުކުރުމުގެ ޙައްޤު އަޅުގަނޑުމެންނަށް ލިބިފައިވާކަމަށް ފެންނާތީ މިރޭ ރައީސާއި ބައްދަލު ކުރަން މި އުޅެނީ." މިދިޔަ މަހުގެ މުސާރަ ލިބުމުގައި ގިނަދުވަސްތަކެއް ހޭދަކުރަން ޖެހުނު ކައްދޫ މުވައްޒަފުންގެ އިޙްސާސްތައް ހިއްސާކުރަމުން ކިޔާދިނެވެ.

ކައްދޫ އެއަރޕޯޓް ކުންފުންޏަކަށް ބަދަލުކޮށްފައި ވީނަމަވެސް ކުންފުންޏެއްގެ ގޮތުގައި ހިންގުމުގެ އިޚްތިޔާރެއް، ބާރެއް ކައްދު ހިންގެވުމާއި ޙަވާލުވެ ތިއްބެވި ފަރާތްތަކަށް ލިބިފައި ނުވާކަމަށް އިތުބާރުހުރި ފަރާތަކުން އެލްއޭ ނިއުސް އަށް މަޢުލޫމާތު ދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް