ފަހުގެ ޚަބަރު


އިތުރަށް...

ޝާހިދު އެމްޑީޕީއަށް ސޮއިކުރެއްވުން ހުކުރު ދުވަހުގެ ރޭ

ލިޔުނީ: Unknown - Wednesday, April 17, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީން "އާބާރެއް" ގެ ނަމުގައި ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ސޮއިކުރެއްވުމަށް ބާއްވާ ޖަލްސާއެއް ކަން ވީނިއުސްއަށް ޔަޤީންވެއްޖެއެވެ.


އިތުބާރު ހުރި ފަރާތަކުން އެލްއޭނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާއަށް "އާބާރެއް" ގެ ނަމުން ނަންދެވި އިޝްތިހާރު ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި ބޭފުޅަކު އެމްޑީޕީއަށް ސޮއިކުރެއްވުމަކީ ބޮޑު ކަމެއް ކަމާއި އަދި އެކަމާއި ގުޅިގެން އިތުރު ހިތްވަރަކާއިއެކު އެމްޑީޕީގެ ހަރަކާތްތައް ފެށިގެންދާނެތީ ކަމަށެވެ.

އަލިމަސް ކާނިވާ ސަރަހައްދުގައި ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ހާއްސަ ޖަލްސާއެއް ބާއްވާއިރު، ނިމުނު ހަފްތާ އަބްދުﷲ ޝާހިދު އެމްޑީޕީއަށް ސޮއިކުރައްވާފައިވާ ކަމަށާ، އެކަން ހިގައިދިޔައީ މަޖިލީހުގެ އިދާރާގައި ކަމަށްވެސް މަޖިލީހުގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވަނީ މިދިޔަ ހޯމަ ދުވަހު ޑީއާރުޕީން ވަކިވެވަޑައިގެންނެވިކަން އިއުލާނުކުރައްވާފައެވެ. ނަމަވެސް ދެން ގުޅިވަޑައިގަންނަވާނެ ޕާޓީއެއް ޝާހިދު ވިދާޅުވެފައެއް ނުވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް