ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅު ކައުންސިލް ބަންދު ކުރާނެކަމަށް ބުނެ ކައުންސިލުން ސަރުކާރަށް އިންޒާރު ދީފި

ލިޔުނީ: Unknown - Tuesday, June 11, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހި ސަރުކާރުން ލ. އަތޮޅު ކައުންސިލް ހިންގުމަށް ހުރަސް އަޅަމުން ގެންދާކަމަށް ބުނެ ކައުންސިލް ބަންދު ކުރާނެކަމުގެ އިންޒާރު ކައުންސިލުން ސަރުކާރަށް ދީފި އެވެ.

ލ. އަތަޮޅު ކައުންސިލުން މި އިންޒާރު ދީފައިވަނީ ދިވެހި ސަރުކާރުން ލ. އަތޮޅު ކައުންސިލްގެ ޤާނޫނީ ޒިންމާތަކާޢި މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ހުރަސް އަޅަމުން ގެންދަވާތީ، މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ހުރަސް ފިލުވައި ދެއްވައި، މަސައްކަތް ކުރުމުގެ މާހައުލެއް ޤާއިމުކޮށް ނުދެއްވައިފިނަމަ، ކައުންސިލް ބަންދުކުރާގޮތަށް ކައުންސިލްގެ ބައްދަލުވުމެއްގައި ކުރެވުނު މަޝްވަރާއަށް ފަހުގައި ކަމަށް އެކައުންސިލުން ބުނެއެވެ.

ލ. އަތޮޅު ކައުންސިލުން މިކަން އެންގުމަށްޓަކައި ފިނޭންސް މިނިސްޓްރީ އަށާޢި ލޯކަލް ގަވަރމެންޓް އޮތޯރިޓީ އަށް އިއްޔެ ފޮނުވާފައިވާ ދެ ސިޓީގެ ކޮޕީ އެ ކައުންސިލުންވަނީ އެލްއޭ ނިއުސް އާއި ހިއްސާ ކޮށްފައެވެ. އެގޮތުން ކައުންސިލްގެ ނަންބަރު: 240-ADS/13/2013/11 ސިޓީގައި ބުނެފައިވަނީ ލ. އިސްދޫ، ގަން އަދި ފޮނަދޫގެ މަގުހެދުމުގެ މަސައްކަތް ކުރުމަށް 2013 ވަނަ އަހަރަށް ލަފާކުރި ބަޖެޓް މިއަދާއި ހަމައަށްވެސް ލިބިފައި ނުވާކަމަށެވެ. އަދި އެކަމުގެ ސަބަބުން މި އަހަރުގެ މިހާތަނަށް މަގުހެދުމުގެ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށްވެސް ބުނެފައި ވެއެވެ. އަދި އޭގެ ސަބަބުން އެ ރަށްރަށުގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެފައި ވާކަމަށާއި ޚާއްޞަކޮށް ގަމާއި ފޮނަދޫގެ މަގުތަކުގައި ވެހިކަލް ދުއްވުން ވަރަށް ބޮޑަށް ދަތިވެފައި ވާކަމަށް ބުނެފައި ވެއެވެ. އަދި މަގުހަދާ ޔުނިޓްގެ ބަޖެޓްގެ ވާހަކަ އެތައްފަހަރަކު ފިނޭންސް މިނިސްޓްރީގައި ދަންނަވާފައި ވާކަމަށާއި ނަމަވެސް ކައުންސިލުން ދެކޭ ގޮތުގައި މިހާރު މިހާރު ސަރުކާރުން ގެންދަވަނީ އަތޮޅު ކައުންސިލްގެ ޤާނޫނީ ޒިންމާއާއި މަސްޢޫލިއްޔަތު ތަކާއި ވާޖިބުތަކަށް ހުރަސް އަޅަމުން ދާކަމަށް ދެކާކަމަށްވެސް ބުނެފައި ވެއެވެ.

"އެހެން ކަމުން މި ކައުންސިލުން މިހާރު ނިންމާފައިވަނީ މި ހަފުތާގެ ނިޔަލަށް މި ކައުންސިލުން ތިޔަ މިނިސްޓްރީއަށް ފޮނުވާފައިވަ ބަޖެޓްގެ ތެރެއިން ޙަވާލާ ދެވިފައިވާ ސިޓީގައި ދަންނަވާފައިވާ ފައިސާ ނުލިބިއްޖެނަމަ ކައުންސިލް ބަނދު ކުރުމަށެވެ."

އަތޮޅު ކައުންސިލުން ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ފޮނުވާފައިވާ ނަންބަރު: 240-ADS/221/2013/7 ސިޓީގައިވެސް ބުނެފައިވަނީ ސަރުކާރުން ކައުންސިލްގެ ޤާނޫނީ ޒިންމާތަކާޢި ވާޖިބުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ހުރަސް އަޅަމުން އަންނަ ކަމަށެވެ. އަދި މި ހަފުތާގެ ނިޔަލަށް އެ ހުރަސްތައް ފިލުވައިދެއްވައި، މަސައްކަތް ކުރުމުގެ މާހައުލެއް ޤާއިމުކޮށް ނުދެއްވައިފިނަމަ ކައުންސިލް ބަންދުކުރާގޮތަށް ކައުންސިލްގެ ބައްދަލުވުމެއްގައި މަޝްވަރާކޮށްފައި ވާކަމަށެވެ.

ލ. އަތޮޅު ކައުންސިލަކީ މިހާރު މި އޮތް ސަރުކާރަށް ތާއިދުކުރަމުން އަންނަ ކައުންސިލެއްކަން ފާހަގަކޮށްލެވެއެވެ. އަދި އެމްޑީޕީ ވެރިކަމުގައި އަތޮޅު ކައުންސިލާއި މަގުހަދާ ޔުނިޓްގެ ޙާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ގޮސްފައި ނުވާކަންވެސް ފާހަގަ ކޮށްލެވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް