ފަހުގެ ޚަބަރު


އިތުރަށް...

ޑީއާރުޕީގެ އާޒިމް އެމްޑީޕީ އަށް ސޮއިކުރައްވައިފި

ލިޔުނީ: Unknown - Monday, June 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމްގައި ހުންނެވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

އާޒިމްގެ ޓްވިޓާގައި ވިދާޅުވީ އޭނާ ކުރިއަށް ވަޑައިގަންނަވަންވީ ވަގުތު ޖެހިއްޖެ ކަމަށާއި ޑީއާރުޕީ ދޫކުރައްވައި އެމްޑީއާ ގުޅިވަޑައިގަތުމަށް މިއަދު ނިންމަވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި ގޮތުގައި އާޒިމް ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި އެ ޕާޓީ އަށް ސޮއިކުރައްވާފަ އެވެ.

އިބޫ ވިދާޅުވީ އާޒިމް ފަދަ ބޭފުޅުން އެ ޕާޓީއާ ގުޅިވަޑައިގަންނަވަނީ ޕާޓީގެ ސިޔާސަތުތަކާއި އުސޫލްތައް ކަމުދާތީ ކަމަށެވެ.

މަޖިލިސް މެމްބަރުންނާއި އެހެން މެމްބަރުން ޕާޓީއާ ގުޅެނީ ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބުކުރަން އެ ޕާޓީން ކުރާ މަސައްކަތަށް އެހީތެރިވެދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ މެމްބަރުން އިތުރުވުމަކީ އެއް ބުރުން ކާމިޔާބުކުރަން އެމްޑީޕީ އަށް ލިބޭ އިތުރު ޔަގީންކަމެއް ކަމަށެވެ.

އާޒިމް އެމްޑީޕީއާ ގުޅިވަޑައިގަތުމުން، މަޖިލީހުގައި ތިބޭ އެމްޑީޕީގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 33 އެވެ.

އާޒިމް އެމްޑީޕީ އަށް ސޮއިކުރެއްވީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަކީ ރައީސް މުހައްމަދު ވަހީދުގެ ރަނިން މޭޓްކަން އިއުލާންކުރެއްވުމާ އެކުއެކީގަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް