ފަހުގެ ޚަބަރު


އިތުރަށް...

ގާސިމް އިބުރާހިމްގެ ނުފެންނަ ފަރާތް! - އެމްވީޔޫތު

ލިޔުނީ: Unknown - Tuesday, July 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލިއުނީ: ނަވާޒް
ކުރީންނުވި ލޯތްބެއް ފަހުން ވުމަކީވެސް އެކަށޭނަ ގޮތެކެވެ. އަދި ކުރިން ކުރި އަނިޔާ ފަހުން ނުކުރުމަކީ ވެސް ވެދާނެ ގޮތެކެވެ. އެއާ އެކުވެސް ދަންނަވަން ޖެހެނީ މިފަދަ ބަދަލު ބައެއް ފަހަރު އަންނަނީ ވަގުތީ ލައްޒަތެއްގެ ގޮތުއެވެ. އެ ލައްޒަތު ނިމުމުން އެނބުރި ކުރީގެ ސިފައާއި ކުރީގެ ގޮތައް ބަދަލްވާތަން ފެންނަމުން ދަނީވެސް މަދުން ކަމަކަށް ދެންނެވޭކަށް ނެތެވެ.

ދުވަސްވަރަކީ މީގެ ސާޅީސް ފަސްވަރަކަށް އަހަރު ކުރިއެވެ. ދިވެހީންގެ ކިތަންމެ ފަނޑު ގޮތެއްގައި ނަމަވެސް އޮތް ހަމައެކަނި ސިނާއަތަކީ ރިޔަލުދޯނީގައި ކުރި ދޮށީގެ މަސްވެރިކަމެވެ. އޭރު ދިވެހިން އުގުރުން ބޯނުފަޅަނީސް ދުންފަތުގެ އިސްތިއުމާލް ކުރަން ފަށައެވެ. އެހެނަސް ދުންފަތް އިންތިހާއަށް ދައްޗެވެ.

އޭރު ދިވެހި މަސްވެރިން ބުނަމުން ދިޔައީ ”އިރުވައި މަހަށްދާކަށް ހިރުވާވެސް ނުލެވޭނެ، ދިރުވާމަގޭ ނަފުސު ދުންފަތް ނެތިއްޔާ” މިކަމުންވެސް ދިވެހިން ދުންފަތަށް ދެވިހިފާފައިވާ މިންވަރު އެގެއެވެ. މިދެންނެވި ދުންފަތް ދަތި ދުވަސްވަރު ދުންފަތާ ބެހޭ މައި ފިހާރައަކީ އެމް.ޖީ.ބީ.އެސް. 3ނަމްބަރ ފިހާރައެވެ. އެތަނުގެ މެނޭޖަރަކީ ގާސިމް ކިޔާ ބޭފުޅެކެވެ. އެފިހާރައިން ރުފިޔާއެއްގެ ބޮޑުމިނު ދުންފަތް ކޮޅެއް ވިއްކަނީ ރުފިޔާ އަކަށެވެ.

މިއަގުގައި ދުންފަތް ގަންނަން މެންދަމުން އަލިވާއިރު އެފިހާރައިގެ ދޮރުމަތީ ކިޔޫ ދަމާލައެވެ. ކޮޅާއި ކޮޅުނުފެންނަ ވަރުގެ ކިޔޫ އެއް ދަމާލާފައި ވަނިކޮށް ފިހާރަ ހުޅުވާ ދޮޅަހެއް ސޯޅަހެއް މީހަކަށް ދުންފަތް ވިއްކުމަށް ފަހު އެދުވަހު ވިއްކުމަށް ހަމަޖެހިފައިވާ ދުންފަތް ވިއްކާ ހުސްވީކަމަށް ބުނެ މީސްތަކުން ފޮނުވާލަނީ އެއްވެސްކަހަލަ އަސަރެއް ނެތިއެވެ.

މީސްތަކުން މިގޮތައް ފޮނުވާލުމަށް ފަހު “ދުންފަތް ކެއްޓު”ތައް ވަގުތުން ޕެކުކޮއްލައެވެ. މިދުންފަތްތައް ހަވީރު ފިހާރަ ބަންދުކޮއްފައި ބާޒާރަށް ގޮސް ވިއްކާލަނީ ރުފިޔާއެއްގެ ބޮޑުމިނުގެ ދުންފަތް ކޮޅެއް /15ރ އަށް /20ރ. އަށެވެ. މިކަން ތަޖުރިބާ ކުރައްވާފައިވާ އަދި މިމަންޒަރު އަމިއްލަ ލޮލަށް ފެނިފައިވާ އެތައް ދިވެހިންނެތް މިއަދު ވެސް މިދިވެހި ފަސްގަނޑުގައި އެބަތިއްބެވިއެވެ. ބާޒާރު މަތީގައި ދުންފަތް ވިއްކުމުގެ މަސައްކަތް ކުރަނީ އެފިހާރައިގެ މިނެކިރަންހުންނަ ގާސިމްގެ ދެބެންގެ ދެދަރި ކޮއްކޮއެއް ކަމަށްވާ އިބްރާހިމްއެވެ.

ދުންފަތް ވިއްކާފައި ލިބޭ ފައިސާބަހަނީ ތިންބަޔަށެވެ. އެއީ، ގާސިމަށް ދެބައެވެ. އިބްރާހިމަށް އެއްބައެވެ. މިއީ މިއަދު ދިވެހިގައުމާއި ދިވެހި ރައްޔިތުން ދެކެ ލޯބިން އަވަހާރަނުލެއްޕެވިގެން އުޅުއްވާ ގާސިމް ހަމަ މިދިވެހިންނަށް ދީފައިވާ އަނިޔާއޭ ނުބުނެ ބުނާނީ ފަހެ ކީކޭ ހެއްޔެވެ.

އެގިވަޑައިގަންނަވާނޭ ފަދައިން މިއަހަރު ފެށުނީއްސުރެ ކާށީގެ އަގު މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ދިވެހިރާއްޖޭގެ ނިސްބަތުން އެންމެ ރުއްގިނަ ދެފަޅުރަށް އޮންނަނީ ގާސިމް ލިޔުއްވާފައެވެ. އެއީ ލ.ބަރެެސްދޫ އާއި ، ލ. މާންދޫ އިރުމަތީ ، އުތުރު ރުއްގަނޑެވެ. ބަރެސްދު އަކީ 9000މެލޭޝިޔާ މުޑުވަކުގެ ރުކާއި، 4500 ދިވެހި ރުއް އަޅާފައިވާ ރަށެކެވެ. މިރަށުގެ މަސައްކަތު ލާފައި ތިބެނީ ވަގުބޮންދުންގެ ދެމީހުންނެވެ.

މާންދޫ މިދެންނެވި ރުއްގަނޑާއި ގާސިމްގެ ހޮރައިޒަންފިޝަރީޒް ފެކްޓްރީ ހިމެނޭ ސަރަހައްދުގައި ހިމެނޭ ރުކާ އެކު 6700މެލޭޝިޔާ މުޑުވަކުގެ ރުކާއި ދިވެހި މުޑުވައްރުއް ހުރެއެވެ. އެކަމަކު ހިތާމައަކީ މިރުއްތަކުގެ ކާށި ދިވެހި ބާޒާރަށް ނެރެން ގާސިމް ބޭނުން ނުވާކަމެވެ. މިދެރަށުގެ ކާށި ބާޒާރަށް ނެރޭނަމަ ނިކަމެތިންގެ އަތް ނުފޯރާ ހިސާބަށް ގޮސްފައިވާ ކާށީގެ މައްސަލައަށް ވަރަށްބޮޑު ހައްލެއް އަންނާނެކަން ޔަގީނެވެ.

ބަރެސްދޫގެ ކާށިތައް ރުއްއަރާ ހަލާކުވެ ދަނީ އެވެ. މާންދޫ އޮޅުވާލައްވައިގެން އެތަކެއް އަހަރުސަރުކާރަށް ވަރުވާ ދެއްކުމެއް ނެތި ބޭނުން ކުރިފަހުން އެކަން އެގިގެން ލ.ގަމުގެ ބަޔަކު އެރަށަށް އަރައި ހަމަނުޖެހުން ހިންގުމާ ގުޅިގެން އެތަނަށް ވަރުވާ ދައްކަން ފެށިކަން ފާހަގަކުރެވެއެވެ. ބަރެސްދޫ ދިގުމުއްދަތަކަށް ނެގި އިރުވެސް ލ.މެދުފުށި ކިޔާ ފަޅުރަށެއް އޮޅުވާލުމެއްގެ ތެރެއިން އެދަނީ ބޭނުން ކުރައްވަމުން ނެވެ. ބަރެސްދޫގައި ދިވެހި މުއައްޒަފުން ގެންގުޅުއްވާ ނަމަވެސް ގައުމަށް ފައިދާތަކެއް ކުރީހެވެ. އެކަމަކު އަމާޒަކީ ގައުމާއި ރައްޔިތުންނަށް ގެއްލުމާއި ނިކަމެތިކަން ދިނުންކަމު ވާތީ މަންޒަރު ރީތިކޮށްލުމަށް ފަހު އަޑިން ކުޅެ ގައުމާއި ރައްޔިތުން ކުޑަކަކޫ ޖެއްސުވުމަކީ ގާސިމްކަން ކުރައްވާ ގޮތެވެ.

ލ.އަތޮޅުގެ އޮޑިވެރިން ނައްތާލުމަށްޓަކައިވެސް ވަރުގަދަ މަސައްކަތެއް ގާސިމް ވަނީ ކުރައްވާފައެވެ. މަސްވެރިކަންކުރާ ބޮޑެތި ދޯނިތަކެއް ބައްލަވައި ގަނެ މާންދޫ އަށް ގެންގޮސް މަސްވެރިންނަށް ބޮޑުމުސާރައާއި އަދި ބާނާ މަހުން ބައިދީގެން ގެންގުޅެން ދިމާކުރިކުރި ކުރުމަކީ މަސްވެރި އެތައް އާއިލާތަކެއްގެ ބަނޑު ބިންމަތީގައި ޖެއްސުމަށް ގާސިމް ޖެއްސެވި މަޅިއެކެވެ. ގާސީމް މިމަސައްކަތް ކުރެއްވީ 2009އިން ފެށިގެން މަސްވެރިކަން ދަށްވެ މަސްވެރިން ހާލުގައި ޖެހުނު ދުވަސްކޮޅާއި ދިމާކޮށެވެ.

މިދަލުގައި ލ. އަތޮޅު މީހުން ޖެހުނުނަމަ އާޚިރު ނަތީޖާ އަކަށް ވާނީ ލ.އަތޮޅުގެ ހުރިހާ އޮޑިވެރިންހެން ބަނގުރޫޓުވެ ދޯނިފަހަރު ވިއްކާލަން ޖެހުމެވެ. އެދުވަހަކީ ގާސިމްގެ އަޅުންނަށް ލ. އަތޮޅުގެ މަސްވެރިން ހަދާނެ ދުވަހެވެ. އިރާދައިގައި ކަންހިންގެވި ގޮތުން ގާސިމްގެ އެމަކަރުވެރި ދަލު މަސްވެރިން ނުޖެހުނީއެވެ.

މަސްވެރިކަމުގެ ސިނާއަތުގައިވެސް ރާއްޖޭގެ އުތުރާއި ދެކުނުން ދެރަށް ނަންގަވައި ދެކިހިލިފަތްދަށު ލައްވައިގެން ހުންނަވާތާ އެތަކެއް އަހަރު މިވަނީވެފައެވެ. އެދެރަށްވެސް ނިންމައި ހުޅުވާލިނަމަ ގައުމާ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެކަން ޔަގީނެވެ. ގައުމާ ރައްޔިތުންނަށް ހެޔޮއެދިވަޑައި ގަންނަވާނަމަ އެދެރަށް ވެސް މިއަދު އޮތީ ހުޅުވާފައެވެ.

އަތްނުލާ އަށްދޮ ކިޔުއްވާމިފަދަ މީހުންގެ ވާހަކަ ކުރުކޮށްލުމުން އެކުރެވެނީވެސް ކުޑަ ބޭއިންސާފެއް ނޫނެވެ. އެހެންކަމުން އިޚްލާސްތެރި ހިތަކާއި އެކު މިވާހަކަތައް އިތުރަށް ލިޔުމަށް އަޅުގަނޑު ގަސްތުކުޅަ ހިދު ގާސިމްގެ އިތުރު ދާއިރާ ތަކުގެ މައުލޫމާތު ހިމަނާލީއެވެ.
ނިކަން ބައްލަވާށެވެ.1980 ގެ އަހަރުތަކު ގާސިމްގެ އެކުވެރި ބޮޑަކު ހިންގެވި އެއްކަލަ ބޮޑު ވިޔަފާރި ކުންފުނީގެ ޑީސަލް ސްޓޮކު އަޑިނޭގޭ ގޮތަކަށް އެއްދުވަހު ގާސިމަށް ވިއްކާލުމަށްފަހު ޖެހިގެން އައިދުވަހު އެޑީސަލް ސްޓޮކް އަނެއްކާ އެބޮޑު ކުންފުންޏަށް ނެގިކަމަށް ބުނާ ބުނުމުގައިވެސް ހަގީގަތްތަކެއް އެކުލެވިފައި ވުމަކީ ގާތްކަމެކެވެ.

ތެދުފުޅެކެވެ. ގާސިމްގެ ފުރާވަރު އުމުރު ހޭދަކުރެއްވީ ވަރަށް ނިކަމެތިކޮށެވެ. އެދުވަސް ވަރު ހޭދަކުރެއްވީ ވެލިގަލަށް ވަޑައިގަތުމާއި ކެޔޮޅުކަމު ވަޑައއިގަތުން ފަދަ މަސައްކަތްޕުޅު ތަކުގައެވެ. މިއީ އެމަނިކުފާނު ކުރެއްވި ވަރަށް ހިތްވަރުގަދަ ތަޖުރިބާއެކެވެ. ތުރުކުރައްވައިގެން ހުންނެވި މަސްކޯރި ބާލުއްވައި ވިޔަފާރީގެ ތެރެއަށް ވަދެވަޑައިގަތީ ކުރިން މިދެންނެވި މަސައްކަތްޕުތަކުން އެދެވޭ ނަތީޖާއެއް ނުނިކުންނާތީކަން ޔަގީނެވެ. އަދި ވިޔަފާރީގެ ފައިދާއާއި ވެހޭތާ ފެންނެގުމުގެ ފުރުސަތު އޮންނާނެ މިންވަރު ފަހުމުވެ ވަޑައިގަންނަވާތީއާއި ވެސް އެކުއެވެ.
އެހެންކަމަށް ވީހިދު ގާސިމްގެ ވެރިކަމެއްގައި ދިވެހިރައްޔިތުން ލޮނުހިކޭނެ ވަގުތު ވެސް ދެއްވަން ބޭނުން ފުޅު ނުވާކަން ދޭހަވާގޮތައް ބަސްފުޅު ވިދާޅުވަނީ ކީއްވެ ހެއްޔެވެ. އިޚްލާސްތެރިކަމެއް ހުންނެވިނަމަ ކޮންމެ އަހަރަކު 100މަސްދޯނި ދެއްވުމުގެ ބަދަލު ކޮންމެ ރައްޔިތަކު ރިސޯޓެއްގެ ޝެއަރ ހޯލްޑަރަކަށް ވުމުގެ ފުރުސަތު ހޯއްދަވައި ދެއްވާނަމަ ރައްޔިތުން މާއުފާވީހެވެ. ނުވަތަ ކޮންމެ ރައްޔިތަކަށް ޓުއަރިސްޓް ވިޔަފާރީގެ ތެރެއަށް ސީދާ ގޮތެއްގައި ވަދެވޭނެ ފުރުސަތު ހުޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވާނަމަ ގައުމު އެކަން ޝުކުރުވެރިކަމާއި އެކު ބަލައި ގަންނާނެއެވެ. އަދި ފުދުންތެރިކަމާ އެކު އުޅުމުގެ ފުރުސަތުވެސް ރައްޔިތު މީހާއަށް ބޮޑުވީހެވެ. ނަމަވެސް ގާސިމް ބޭނުންވަނީ ގާސިމްއަށް ފައިދާ ނުވެގެން ދޫކޮށްލި މަސްވެރިކަމުގެ ތެރެއަށް ދިވެހިން ވައްދާ ދިވެހިން ގަނޑަތަޅުވާށެވެ.
ގާސިމް އެޅުއްވި މަސްކޯރި ބާލުއްވައި މަހުޖަނެއްގެތޮފި ތުރުކުރައްވައިގެން ދިވެހިންގެ ހިތްތައް މިލްކުކުރެއްވުމަށް މަސައްކަތް ފެއްޓެވީ އިންސާނިއްޔާތައް ޓަކައި ކަމަށް އޭރު ވިދާޅުވި ނަމަވެސް އެކަން މިއަދު ފެންނަނީ ތަފާތު ސިފައެއްގައެވެ. ތެދުފުޅެކެވެ. ތައުލީމާއި ސިއްހަތާއި އުމްރާނީ ތަރައްގީއާއި މިހެންގޮސް އެތައް ކަމެއްގައި ގާސިމް ފެނިފައިވެއެވެ. އޭރު އެކަންކުރެއްވި އަސްލު މަގުސަދު ސިއްރުކުރެއްވީ ގާސިމްގެ ފެންވަރާއި ފަންވަރު ދިވެހިންގެ ހަނދާނުން ފޮހެލުމުގެ ބޭނުމުގައި ކަން ގާސިމްގެ ހިޔަނީގެ ތެރޭގައި ވަންހަނާވެފައިވާ ހަޤީޤަތްތައް ބަލައިފި ކޮންމެ މީހަކަށް އެނގޭނެއެވެ.

ގާސިމަކީ ރައީސް މައުމޫނުގެ އަނބިކަބަލުންގެ އާއިލީ ގާތް ބޭފުޅެކެވެ. އެހެންކަމުން ރައީސް މައުމޫނުގެ ގަޑުވަރުން ގާސިމް ފަރިއްކުޅުވައިގެން ނުކުމެ ވަޑައިގެން ނަފުސަށް ވައިޖައްސަވަން އޮންނަވާއިރު ވެރިކަމުގެ އަރާމާއި ލައްޒަތު ހިތްޕުޅަށް އަރާވަޑައިގަންނަވަމުން ދިއުމުގެ ނަތީޖާއަކީ ވެރިކަމަށް ދަހިވެތިވެ ފެންބުވައިގަތުމެވެ.

އެހެންކަމުން މިކަރުހިއްކެވުން ފިއްލުވުމުގެ މަސައްކަތްޕުޅު ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ގާސިމް ވަނީ ފައްޓަވާފައެވެ. ރައީސްމައުމޫންގެ ވެރިކަމާ ދެކޮޅަށް ތެދުވުމުގެ މުޑުވައް ކުރެއްވި ބޭފުޅަކީ ގާސިމް ކަމުގައި ދެންނެވިދާނެއެވެ. ޔަގީނުންވެސް މުޑުވައް ފެޅުމާހަމައިން ހެއްދުމަށް ދިންކާނާއާއި ޖެހިބޭހާއި ދިންފެނުގެ އިތުރަށް ދެންވެސް ކުރަން ޖެހުނު ކޮންމެ ހަރަދެއް ފަސްޖެހި ވަޑައިގަތުމެއްނެތި ގާސިމް ގެންދެވީ ކުރައްވަމުންނެވެ.

އެކަމަކު ނަފުސުގެ މުއްސަދިކަމަށްވުރެ ދުނިޔަވީއެދުންބޮޑު ގާސިމް ދުއްވަވަމުން ގެންދެވީ ދެބޯގެރިއެވެ. އެއީ ގާސިމްގެ މުއްސަދިކަމަށް ބުރުލެއް އަރާފާނެތީއެވެ. ރައީސް މައުމޫން ސަރުކާރުގެ އަމާނާތްތެރިޔާ (މާލީވަޒީރު)ކަމުގެ މަގާމު އަދާކުރައްވަން ފެށުމުންވެސް މައުމޫންގެ ސަރުކާރު ވައްޓަވާލެއްވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކުދިބޮޑު އެންމެހާ ކަންތައްތައް ގާސިމް ގެންދެވީ އަޑިއަޑިން ކުރައްވަމުން އެއީ ސިޔާސީ ހަގީގަތްތައް އެނގޭ ކޮންމެ ބޭފުޅަކަށް އެނގޭ ބޮޑު ސިއްރެކެވެ.

މައުމޫން ސަރުކާރާ ދެކޮޅަށް ގާސިމް ހެއްދި ގަސް އެންމެ ހިތްޕުހަމަޖެހިވަޑައި ގަންނަވާ ރޫފަހެޔޮކޮށް ނޫންނަަވެސް 11ނޮވެމްބަރ2008ގައި ވަނީ ފަސްފަތާ މޯޅިވެފައެވެ. ކޮޅުނެއްކޮޅަށް އުފާފުޅު ކުރައްވައި އެއްކަލަ ގަސްދަށުގައި ދޫނިފަތު ގޮދަޑީގައި ދޫނިފަތު ބާލީހުގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅަށް އޮންނަވަނިކޮށް ގުރޫޕްގެތެރެއިން ބަޔަކުއައިސް ގާސިމްގެ ދެކޮޅަށް އަތްމަހާލައިގެން ގެންގޮސް ތޮށިންބޭރުކޮއްލިއެވެ.

ގާސިމަށް އެވެރިކަން ޒަހަރަކަށް ވެވަޑައިގަތުމުގެ ނަތީޖާއަކީ އުހުނ! ތަކުރާއޭ ވިދާޅުވެ އެވެރިކަން ދައުރުހަމަ ނުވަނީސް ވައްޓާލުމެވެ. އެއަށް ފަހު ޖެހީ ބޮޑުވެ ފަޢްކާވެފައިވާ ގަހެކެވެ. އެގަހުގައި ގޮފި ނެތުން ފިޔަވައި އެހެން އުނިކަމެއް ނެތެވެ.

އެކިވައްތަރުގެ އެކިގަހުން ގޮފި ގެންގޮސްގުޅުވައިގެން އުޅުނު އުޅުމުގެ ތެރޭ ގާސިމްގެ ގޮފީގައި މޭވާ އަޅާ ފައްކާވުމުން މީހަކަށް އެގުމެއް ކެހުމެއް ނެތި ގާސިމް އެމޭވާ ބިދެލިއެވެ. މައިގަހަށް އެކަން އެގުމާއެކު އެގޮފި ކަނޑާ ވައްޓާލިއެވެ. ގާސިމަށް އެހެން ގޮތްޕެއް ހަރުކުރުމުގެ ފުރުސަތު ދިނުމުން ފޫ ކަހާލިނަމަވެސް މަޖްބޫރުވެ ވަޑައިގަތީ ބޯލަނބާ ކިޔަމަންވާށެވެ. ބިދެލިމޭވާ އަތުލާފާނެކަމުގެ ބިރަށެވެ. އާދެ! އެމޭވާއަކީ މާމިގިލި 99 އަހަރަށް އެގްރީމެންޓް ބަދަލު ކުރުމެވެ.

ގާސިމް އިންވެސްޓް ނުކުރައްވާ ދާއިރާއެއް ރާއްޖެއަކު ނެތެވެ. ވިލާ ޝިޕިން އެން ޓުރޭޑިން، ވިލާ ހޮޓެލްސް، ވިލާ ހަކަތަ، ވިލާ ސިމެންތި، ވިލާ އެއާރ، ވިލާ ހައުސިން، ވިލާ ޓުރެވަލްސް އެން ޓުއަރ، ވިލާ ޑައިވިން، ވިލާ ފްޑް އެން ބެވަރޭޖް، ވިލާ ފިޝިން، ވިލާ ޓެކްނޮލޮޖީ، ވިލާ ޓީވީ، ވިލާ ކޮލެޖް ފަދަ އެތައް ކުންފުންޏެއްގެ މައި މުގުލަކީ ގާސިމް އިބުރާހިމްއެވެ.

އަދި ވިލާ ކުރިއަށް ނައިނަމަވެސް ގާސިމްގެ ހިއްސާ އޮންނަ އެތައް ވިޔަފާރިއެއް ރާއްޖޭގައި ކުރެއެވެ. މިގޮތުން ހޮރައިޒަން ފިޝަރީޒްގެ ނަމުގައި މަސްގަނެ ވިއްކުމުގެ މަސައްކަތާއި މީޑިއާ ނެޓުގެ ނަމުގައި ކޭބަލް ޓީވީގެ ހިދުމަތް ދިނުމާއި، ވޭލް ސަބްމެރިންގެ ނަމުގައި ކުރައްވަމުން ގެންދަވާ ސަބުމެރިން ވިޔަފާރި އަކީ ވެސް ގާސިމްގެ ބޮޑު ހިއްސާއެއް އޮތް އެވިޔަފާރި ތަކުގެ މުގޫ ގާސިމް އާއި ގުޅިފައި ހުރި ވިޔަފާރި ތަކެވެ.

ނަމަވެސް މިފަހުގެ ތާރީހުގައި ގައުމާއި ރައްޔިތުންނަށް ލިބޭ ކޮންމެ ގެއްލުމެއްގެ މުގުލުގައި އެހުންނަވަނީ ގާސިމެވެ. ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް ގާސިމަކީ އިޚްލާސްތެރިކަމާއެކު ހެޔޮއެދިވަޑައިގަންނަވާ ބޭފުޅަކަށް ވެވަޑައިގަތްނަމަ ދިވެހިން މިހާލަތަށް ވެއްޓެން ނުޖެހުނީހެވެ. މިފަދަ އަޑިނޭގޭ ވިޔަފާފިވެރިއެއްގެ އަތްދަށަށް ގައުމުދިޔުމަކީ ބޭރުބައެއްގެ އަޅުވެތިކަމުގެ ދަށަށް ދިޔުމަށްވުރެ ވަކިސަހަލުކަމެކޭ ދަންނަވާކަށް ހަމަގައިމުވެސް އަޅުގަނޑަކުވާ ނެތީމެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް