ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫގައިވެސް ކެމްޕޭން ކުލަތަކާއި ކުރެހުންތައް ފާރުތަކުން ފެންނަން ފަށައިފި

ލިޔުނީ: Unknown - Tuesday, July 30, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ގޮތުން ފޮނަދޫގައިވެސް ކެމްޕޭން ކުލަތަކާއި ކުރެހުންތައް ފާރުތަކުން ފެންނަން ފަށައިފިއެވެ.

އެގޮތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ލ. ފޮނަދޫ މެންބަރުން ފޮނަދޫ ފާރުތަކުގައި ރައީސް ނަޝީދަށް ކެމްޕޭން ކުރުމަށް ލޯގޯއާއި އެއްބުރުން ހިމެނޭ ލޯގޯ ޖަހައި ފާރުތައް ރީނދޫކުރަން ފަށައިފިއެވެ.

ފާރުތައް ރީނދޫކުރުމުގެ އިތުރުން ބެނާ އާއި ދިދަ ދެމުމަށްވެސް ތައްޔާރީތައް ވަމުން އެބަ ގެންދެއެވެ.

އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރުންވެސް ޤާސިމް އިބްރާހިމުގެ ކެޕްޕޭން ލޯގޯ ޖެހުމުގެ ހަރަކާތްތަކެއް ކުރިއަށް އެބަގެންދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް