ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް 13 އަތޮޅަކަށް - ލ. އަތޮޅަށް ހާމިދު

ލިޔުނީ: Unknown - Thursday, August 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ރާއްޖޭގެ 13 އަތޮޅަކަށް މިއަދު ވަޑައިގަންނަވާނެއެވެ. 
 
އެއްބުރުން ކެމްޕޭން ޓީމުތަކާއެކު ކުރައްވާ މިދަތުރުފުޅުތަކުގައި، ކޮންމެ މެންބަރެއްވެސް އެ މެމްބަރެއް ވަޑައިގަންނަވާ އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާނެކަމަށް އެމްޑީޕީއިން ބުނެއެވެ.

މިދަރުތުރުފުޅުތަކުގައި މެންބަރުން ދޮރުން ދޮރަށް ހިންގަވައި، ރައްޔިތުންގެ ހާލު އަހުވާލު ބައްލަވައި، ރަށަށް ބޭނުންވާ ކަންތައްތައް އޮޅުންފިލުއްވާނެކަމަށް ޕާލަމެންޓްރީ ގްރޫޕުން ބުނެއެވެ.

އަދި ހަމައެއާއި އެކު މިދަތުރުފުޅުތަކުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއްބުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ހޮވަންވީ ކީއްވެގެންކަން ރައްޔިތުންނަށް ކިޔައިދޭނެކަމަށް ޕާލަމެންޓްރީ ގްރޫޕުން ބުނެއެވެ.

މި ދަތުރުފުޅުތަކުގައި، ޖަލްސާތަކާއި ކަންމަތީ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން އެމްޑީޕީގެ މިނީމެނިފެސްޓޯތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތްކުރިއަށްދާނެކަމަށް މައުލޫމާތު ލިބެއެވެ.

އެމްޑީޕީއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކާއި، ރާއްޖެއިން ބޭރުގައި ދިވެހިން އުޅޭ ސަރަހައްދުތަކުގައި ގެންދަނީ ކެމްޕޭން ކުރަމުންނެވެ.

ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު 'އެއްބުރުން' ކެމްޕޭން ބޮޑު ތިލަދުންމަތީގައި ކުރިއަށްގެންދަވާއިރު، ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީގެ 'ނެތޭ ވެވޭކަމަށް ބާޣީއަކަށް' ކެމްޕޭން ހުވަދު އަތޮޅު ދެކުނު ބުރީގައި މިހާރު ކުރިއަށް އެބަދެއެވެ. 


އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިސްވެ ހުންނަވައިގެން 'އާބާރެއް އެއްބުރުން' ކެމްޕޭން މިވަގުތު ރ އަތޮޅުގައި ކުރިއަށްއެބަދެއެވެ.  

ޕާލަމެންޓްރީ ގްރޫޕުން 13 އަތޮޅަކަށް ކެމްޕޭނަށް ވަޑައިގަންނަވާއިރު، ގިނަ މެމްބަރުން މިހާރު ވަނީ އަތޮޅުތަކަށް ފުރާވަޑައިގެންފައެވެ.

ތިރީގައި މިވަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބޭފުޅުން 'އެއްބުރުން' ކެމްޕޭންގައި ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ރަށްތަކެވެ.

ނ.އަތޮޅަށް- ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
ބ.އަތޮޅަށް- ތުޅަދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު
ޅ.އަތޮޅަށް- މާފަންނު އުތުރު ދާއިރާގެ މެންބަރު އޛ އިމްތިޔާޒް ފަހުމީ
ކ.އަތޮޅަށް- ބިލެއްދޫ ދާއިރާގެ މެންބަރު އޛ އަހުމަދު ހަމްޒާ
އދ.އަތޮޅަށާއި ވ.އަތޮޅަށް- ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒު
މ.އަތޮޅަށް- ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު
ފ.އަތޮޅަށް- ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޤަސަމް
ދ.އަތޮޅަށް- މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
ތ.އަތޮޅަށް- މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ)
ލ.އަތޮޅަށް- ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު
 
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް