ފަހުގެ ޚަބަރު


އިތުރަށް...

މަސްތުވާތަކެއްޗާއެކު 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ލިޔުނީ: Unknown - Tuesday, August 27, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ރަބަރު ޕެކެޓާއި 2 ސެލޯފިންކޮޅާއެކު 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލ. އަތޮޅުގައި އޮންނަ ރިސޯޓަކަށް ދާ ސަޕްލައި ދޯންޏަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ލ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި އޮގަސްޓް މަހުގެ 22 ވަނަ ދުވަހުގެ 11:00 ހާއިރުއެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ރަބަރު ޕެކެޓާއި 2 ސެލޯފިންކޮޅު ފެނިފައިވަނީ މިކުއްޖާ ބަލާއައި ފޮށިގަނޑު  ބަލައިފާސްކުރިއިރުު އެފޮށިގަނޑުގެ ތެރެއިންނެެވެ.

މި މައްސަލަ ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް