ފަހުގެ ޚަބަރު


އިތުރަށް...

ޑޮކްޓަރަކު ނެތްތާ 4 މަހަށްވުރެން ގިނަވެފައިވުމުން ރައްޔިތުން ނުކުމެ ލ. މާމެންދޫ ސިއްހީމަރުކަޒު ބަންދުކޮށްފި

ލިޔުނީ: Unknown - Monday, August 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޑޮކްޓަރަކު ނެތްތާ ހަތަރުމަހަށްވުރެން ގިނަދުވަސްވުމުން މަރުކަޒު ބަންދުކޮށްފައި - ފޮޓޯ: މީސާން
ޑޮކްޓަރަކު ނެތްތާ ހަތަރު މަހަށްވުރެން ގިނަދުވަސްވެ މަރުކަޒުގެ ޚިދުމަތް ނުލިބޭތީ ރައްޔިތުންގެ ތެރެއިން ބަޔަކު  ނުކުމެ ލ. މާމެންދޫ ސިއްހީމަރުކަޒު ބަންދުކޮށްފި އެވެ.

ލ. މާމެންދޫ ކައުންސިލް ރައީސް ޢަލީ ޝިފާޒް އެލްއޭ ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ އެރަށު ރައްޔިތުންނާއި ބެލެނިވެރިންގެ ތެރެއިން ބަޔަކު ނުކުމެ އިއްޔެ 11 ޖަހާކަންހާއިރު ސިއްހީމަރުކަޒުގެ ދޮރުފަތުގައި ލަކުޑިއަޅައި މޮހޮރު ޖަހައި ބަންދުކޮށްފައިވާކަމަށެވެ. ޝިފާޒް ވިދާޅުވީ ސިއްހީމަރުކަޒުގައި ޑޮކްޓަރަކު ނެތްތާ މިހާރު ހަތަރުމަހަށްވުރެން ގިނަދުވަސް ވެފައިވާކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ސިއްހީމަރުކަޒާއި ރަށު ކައުންސިލުން ވަރަށްގިނަ މަސައްކަތްތަކެއް ކޮށް އެއްވެސްކަހަލަ އަލިމަގެއް ފެނިފައި ނުވާކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

"ކައުންސިލުން ހެލްތް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކޮށްވެސް މަރުކަޒަށް ޑޮކްޓަރަކު ހަމަޖެއްސޭތޯ ވަރަށް މަސައްކަތްކުރި." ޝިފާޒް ވިދާޅުވިއެވެ.

މާމެންދޫ ކައުންސިލުން ބުނީ މިދުވަސްވަރު ރަށުތެރޭގައި ވައިރަލް ހުމަކާއި ބޭރަށްހިންގުމެއް ވަރަށްބާރަށް ފެތުރެމުން އަންނަކަމަށެވެ. ނަމަވެސް ފަރުވާއެއް ހޯދުމަށް މަރުކަޒަށްދާ މީހުންނަށް އެއްވެސްކަހަލަ ފަރުވާއެއް ދެވޭނެ ގޮތެއް ނެތްކަމަށްވެސް ބުނެއެވެ. އަދި ސްކޫލް ކުދިންގެ ޓެސްޓް ދުވަސްވަރާ ދިމާކޮށް މިފަދަ ބަލިމަޑުކަމެއް ފެތުރެމުން އަންނައިރު ރަށުގައި ޑޮކްޓަރެއް ނެތުމުން ކަންބޮޑުވުންވެސް ކައުންސިލުން ފާޅުކުރިއެވެ.

މާމެންދޫގައި މި ހާލަތު އޮތްއިރު ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި މިހާރު ޑޮކްޓަރަކުނެތް ކަމުގެ ޝަކުވާ ޢާއްމުވަމުންދާކަން ފާހަގަ ކޮށްލެވެއެވެ. ލ. ފޮނަދޫގައިވެސް ޑޮކްޓަރަކު ނެތްތާ މިހާރު 3 މަހަށްވުރެން ގިނަދުވަސް ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ބަޣާވާތަކުން ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރި ދުވަސްވަރު ބޮޑެތި ވާހަކަތައް ދެއްކެވި މިހާރުގެ ހެލްތް މިނިސްޓަރު ޖަމްޝީދުގެ މިނިސްޓަރު ކަމުގެ ދަށުން ސިއްހީ ދާއިރާ އެއްކޮށް ބޮއްސުންލަމުން އަންނަކަން ގިނަބަޔަކު ފާހަގަކުރެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް