ފަހުގެ ޚަބަރު


އިތުރަށް...

ގާސިމާއި ރިޔާޒް އަދި ނާޒިމްގެ މައްސަލަ އިލެކްޝަނަށް ހުށައަޅައިފި

ލިޔުނީ: Unknown - Monday, August 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ގާސިމް އިބްރާހިމް ރައްޔިތުންނަށް ހަދިޔާ ބަހާ މައްސަލައާއި އެމްޑީޕީގެ ކެމްޕޭނަށް ހުރަސްހަޅާ މައްސަލަތަކެއް އެޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ސ. ހިތަދޫއަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ “ވާލި” ދޯނިން ލެޕްޓޮޕާއި، ޓީވީ، އެއަރކޮންޑިޝަނަރ، ސްމާރޓްބޯޑް ޝިޕްމަންޓެއް ގެންދިޔަ މައްސަލައާއި، 'މުޅި ހެންވޭރު އެއްބުރުން’ ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނިކޮށް ކެމްޕެއިނަށް ހުރަސްއެޅުމުގެ ގޮތުން ބަޔަކު ސައިކަލުތަކެއްގައި ޖަލްސާ ބޭއްވި ސަރަހައްދަށް ވަދެ ބަރުގޮނު އެޅި މައްސަލައެކެވެ.

އަދި ލ. ފޮނަދޫގައި އެމްޑީޕީގެ މެންބަރަކު ކެމްޕެއިން ބިލްބޯޑް ހަރުކުރަން އުޅުމުން ރަށު ކައުންސިލުން އެކަން ނުކުރެވޭނެކަމަށް އަންގައި އެކަން ހުއްޓުވި މައްސަލަވެސް އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީން ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން ލ. ފޮނަދުއަށް މަޖިލިސް ރައީސް ވަޑައިގެން ޖަގަހައެއް ހުޅުވުމަށް އެތަނަށް ވަޑައިގެންނެވުމުން، އެ ސަރަހައްދަށް ޖުމްހޫރީ ޕާޓީގެ މެންބަރުން ސައުންޑް ސިސްޓަމެއް ނެރެ އަޑުގަދަކޮށް ލަވަޖަހައި އަޑުގަދަކުރާއިން އަދަބާއި ޚިލާފު ވާހަކަ ދައްކާ ހަޅޭއްލަވާފައިވެއެވެ. މިކަމުގައި ޤައުމީ އިއްތިހާދު ޕާޓީގެ ފޮނަދޫ މެންބަރުންވެސް ބައިވެރިވެފައި ވެއެވެ.

މީގެއިތުރުން އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާއިފައިވާ މައްސަލައިގައި ބުނެފައިވަނީ ޅ. ނައިފަރު ރަށު ކައުންސިލުން ވޯޓުލުމަށް ހަމަޖެހިފައިވާ މަރުކަޒާއި ޖެހިގެން ހުރި އިމާރާތް މޯލްޑިވްސް ޕޮލސް ސަރވިސްއަށް ފުލުހުން ބޭތިއްބުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ދީފައިވާ މައްސަލަ ބަލާދިނުމަށެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައި އަބްދުﷲ ރިޔާޒްއަށް ލިބިފައި އޮތްކަމަށް ބުނާ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔައިފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި ފުލުހުންގެ ގާނޫނާއިވެސް ޚިލާފަށް ޓްވީޓް ކުރައްވައިފައިވާ މައްސަލައިގެ އިތުރުން ފޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ރިޔާޒް ޑިފެންސް މިނިސްޓަރާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކެމްޕެއިން ޓީމާއި އެކު މަތިންދާބޯޓެއްގައި ތިއްބެވި މަންޒަރު ދައްކުވައިދޭ ފޮޓޯއެއްގެ މައްސަލަވެސް އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.

އެމްޑީޕީން ދަނީ އިންތިޚާބާއި ޝަކުވާތައް ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލައި ޕާޓީއަށް ހުށަހަޅާ މައްސަލަތައް ވަރަށް ފަރުވާތެރިކަމާއެކު ބަލަމުންކަމަށް އެޕާޓީން ބުނެއެވެ.

އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ އިންސާފުވެރި މިނިވަން އިންތިޚާބަކަށް ހަދައި ރައްޔިތުންނަށް ލިބޭ ވޯޓު ދިނުމުގެ ހައްގު ފުރިހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ އެމްޑީޕީގެ އަމާޒެއްކަމަށް އެޕާޓީން ބުނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް