ލ.މާވަށުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޖަގަހައެއް މިމަހުގެ 24 ވަނަ ދުވަހު ހުޅުވައިފި އެވެ.
މި ޖަގަހަ ހުޅުއްވައިދެއްވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އެވެ.
މި ރަސްމިއްޔާތުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދު (ސަންޓްރެވަލް ޝިޔާމް) އާއި ދެޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ސިޔާސީ ފިކުރު ތަފާތުވިޔަސް ރަށްތަކުގައި ހަމަޖެހިގެން ތިބެވޭނެ އުސޫލެއް ގާއިމުވެގެން ދިއުމަކީ ޕީޕީއެމްއިން ބޭނުންވާ ކަމެއް ކަމަށާއި އަދުލު އިންސާފު ރައްޔިތުންނަށް ހަމަހަމަކޮށް ލިބި އަވަސް މިނެއްގައި އަދުލު އިންސާފު ގާއިމުވާން ޕީޕީއެމްއިން ބޭނުންވާ ކަމަށެވެ.
އަދި ދިވެހި ދައުލަތަކީ އަވައްޓެރި ގައުމުތަކާއި އިސްލާމީ ގައުމުތައް އިހްތިރާމް ކުރާ ތަނަވަސް ގައުމަކަށްވާން ވެސް ޕީޕީއެމްއިން ބޭނުންވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޕީޕީއެމްގެ ފަސް އަހަރެއްގައި ޒުވާނުންނަށް އުފާ ފާގަތިކަމާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދާދިނުމަށް ދައުލަތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކުރަން ބޭނުންވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ޒުވާނުންގެ ހަމަޖެހުމަކީ ގައުމުގެ ކުރިއެރުން ކަމަށެވެ.
“ދިވެހި ރާއްޖެ ބޭނުންވަނީ ސިފައިންނާއި ފުލުހުން ނެރެ މީހުން ހައްޔަރުކުރާ ކަހަލަ ސަރުކާރެއް އޮންނާކަށެއް ނޫން، ދިވެހި ރާއްޖެ ބޭނުންވަނީ އަޅުގަނޑުމެންގެ މުދަލާއި އެއާޕޯޓާއި މިކަހަލަ ކަންތައް ބޭރުގެ ފަރާތްތަކަށް ދޫކުރަން ޝައުގުވެރިކަން ހުންނަ ސަރުކާރެއް ގާއިމުވާކަށް ނޫން، ދިވެހި ރާއްޖެ ބޭނުންވަނީ ހަމަޖެހުން.” ޔާމީން ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވަނީ ޔާމީނަށާއި ޔާމީންގެ ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދަށް ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ޔާމީނަކީ މިހާރު އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް އެންމެ އެކަށީގެންވާ ކެންޑިޑޭޓު ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު މައުމޫން ތަކުރާރުކުރެއްވި އެވެ.
ޖަމީލަކީ ވެސް ތައުލީމާއި ގާބިލުކަމަށް ބަލާއިރު އެމަގާމަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށާއި އެހެންކަމުން މިދެބޭފުޅުން އިންތިހާބު ކާމިޔާބު ކުރުމަކީ ރާއްޖެއަށް ވަރަށް ބޮޑު ކުރިއެރުމަކާއި ހަމަޖެހުމަކާއި އުފާފާގަތިކަމުގެ އިތުރަށް ތަރައްގީ ލިބިގެންދާނެ ކަމެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ވަފްދު މިއަދު މާވަށަށް އައުމުން އެރަށު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން އެރަށު ބަނދަރު ސަރަހައްދަށް ކުދި ބޮޑު ގިނަ ބަޔަކު ޖަމާވިއިރު ބަނދަރު ސަރަހައްދަށް ޖަމާވި މީހުންގެ އަދަދު 500 އެއްހާ މީހުންނަށް އަރަ އެވެ.

No comments: