ފަހުގެ ޚަބަރު


އިތުރަށް...

ފްލައިމީ ގެ ދަތުރުތައް މާދަމާ ކައްދުއަށް ފަށަނީ

ލިޔުނީ: Unknown - Monday, August 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ވިލާއެއާގެ ދަށުން އޮޕަރޭޓް ކުރަމުންދާ ފްލައިމީގެ ދަތުރުތައް މިމަހުގެ 27 ވަނަ ދުވަހު ލ. ކައްދުއަށާއި ރާއްޖޭގެ އިތުރު 3 ސަރަހައްދަކަށް އަލަށް ފެށުމަށް ހަމަޖައްސައިފިއެވެ.

އެކަން އިއުލާނުކޮށް ވިލާ އެއާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ފްލައިމީގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ، މިހާރު އެ އެއާލައިންގެ ދަތުރުތައް ނުކުރާ ހަތަރު މަންޒިލް ކަމަށްވާ ހދ. ހަނިމާދޫ ބައިނަލްއަޤްވާމީ އެއާޕޯޓާއި، ލ. ކައްދޫ އެއާޕޯޓާއި، ގއ. ކޫއްޑޫ އެއާޕޯޓާއި، ގދ. ކާޑެއްދޫ އެއާޕޯޓަށް ކަމަށެވެ.

ވިލާ އެއާއިން ހާމަކުރާ ގޮތުގައި މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފެށުމަށް ހަމަޖެއްސި ނަމަވެސް އިއްޔެއިން ފެށިގެން ވަނީ ޓިކެޓް ވިއްކަން ފަށާފައެވެ. ޓިކެޓް ލިބެން ހުންނާނީ ފްލައިމީގެ ރިޒަވޭޝަން އެންޑް ޓިކެޓިން އޮފީހުންނާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ފްލައިމީގެ ޕެސެންޖާ ސޭލްސް އެޖެންޓުން މެދުވެރިކޮށް ކަމަށް ވިލާ އެއާއިން ބުނެއެވެ.

ފްލައިމީން އަލަށް ދަތުރުފަށާ މަންޒިލްތަކަށް ދަތުރު ފެށުމާއި ގުޅިގެން އެމަންޒިލްތަކަށް ހާއްސަކޮށްގެން ފެއާއެއް ކުރިއަށް ގެންދާ ކަމަށްވެސް ވިލާ އެއާއިން ބުނެއެވެ. މި ފެއާގެ ދަށުން އެ ހަތަރު ސަރަހައްދަށް އެއްކޮޅު ދަތުރަކަށް ނަގާނީ 888 ރުފިޔާއެވެ. އަދި ދަރަވަންދޫ މަގުން ހަނިމާދޫއަށް ދަތުރުކުރާ ފަރާތްތަކަށާއި، ކޫއްޑޫ މަގުން ކާޑެއްދޫއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުގެ އިތުރުން މާމިގިލީ މަގުން ކައްދޫއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ތެރޭގައި އެއްކޮޅަށް 555 ރުފިޔާއަށް ދަތުރުކުރެވޭނެއެވެ. ފްލައިމީން މާލެ ކާޑެއްދޫއަށް އެއްކޮޅަށް ބޮޑު މީހަކަށް ނެގުމަށް ހަމަޖައްސާފައިވަނީ 1300 ރުފިޔާ އެވެ. ބޮޑު މީހަކަށް ދެކޮޅަށް ނަމަ 2600 ރުފިޔާއެވެ. މާލެ ކާޑެއްދޫ އެއްކޮޅަށް ކުޑަކުއްޖަކަށް 975 ރުފިޔާ ނަގާއިރު، ދެކޮޅަށް ނެގުމަށް ހަމަޖައްސާފައިވަނީ 1950 ރުފިޔާ އެވެ. މާލެ ކޫއްޑޫ އެއްކޮޅު ޓިކެޓް ބޮޑު މީހަކަށް ނަމަ 1300 ރުފިޔާ އަދި ކުޑަކުއްޖެއްނަމަ 975 ރުފިޔާ އެވެ. ދެކޮޅަށް ނަމަ ބޮޑު މީހަކަށް ނަގަނީ 2600 ރުފިޔާއެވެ. މާލެ ކޫއްޑޫ ދެކޮޅަށް ކުޑަކުއްޖަކަށް ނެގުމަށް ހަމަޖެހިފައިވަނީ 1950 ރުފިޔާ އެވެ. ފްލައިމީން މާލެ ކައްދޫ، އަދި މާލެ ހަނިމާދޫއަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ބޮޑެތި މީހުންނަށް އެއްކޮޅަށް 1200 ރުފިޔާ ނަގާއިރު، ކުޑަކުއްޖަކަށް ނަގަނީ 910 ރުފިޔާއެވެ. މި ދެ ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ބޮޑެތި މީހުންގެ ދެކޮޅު ޓިކެޓު އުޅެނީ 2400 ރުފިޔާއަށް އަދި ކުޑަކުއްޖެއްގެ ދެކޮޅު ޓިކެޓު އުޅެނީ 1820 ރުފިޔާ އަށެވެ.

ވިލާ އެއާއިން ބުނީ މި ފެއާ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ވިލާ އެއާއިން ހާމަކުރާ ގޮތުގައި އެ އެއާލައިންގެ ދަތުރުތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެށުމާއި އެކު، ދިވެހި ރައްޔިތުންނަށް ހެޔޮ އަގެއްގައި ވައިގެ ދަތުރުކުރުމުގެ ފުރުސަތު ފަހިވެ ވައިގެ ދަތުރު ފަތުރުކުރުމުގެ ސިނާއަތުގައި އޮތް ވާދަވެރިކަން އިތުރުވެގެންދާނެ އެވެ. ރާއްޖޭގެ ހުރިހާ މަންޒިލަކަށް ވިލާ އެއާގެ ދަތުރުތައް ފުޅާމިކުރަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހެޔޮ އަގުގައި ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށް ވިލާއެއާގެ ބާނީ ގާސިމް އިބްރާހީމް ވިދާޅުވެފައި ވަނިކޮށެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިލާ އެއާގެ ފްލައިމީގެ ދަތުރުތައް ފުޅާވެގެންދާއިރު އެ ކުންފުނިން މިހާރު ގެންދަނީ ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ވެސް ތައްޔާރުވަމުންނެވެ. އަދި އެ ބޯޓުތަކުގެ ހިދުމަތް ފެށުމާއި އެކު ބަލި މީހުން އުފުލުމުގެ ހިދުމަތް ވެސް ދޭނެކަމަށް ވިލާ އެއާއިން ބުނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް