ފަހުގެ ޚަބަރު


އިތުރަށް...

އަލީ ވަހީދުގެ އަނބިކަނބަލުން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފި

ލިޔުނީ: Unknown - Monday, August 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އއ. ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ އަނބިކަނބަލުން އައިޝަތު ލީޝާ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
   
ފުލުހުން ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ކުރާ ތަހުގީގަކާ ގުޅިގެން އަލީ ވަހީދުގެ އަނބިކަނބަލުން މިރޭ ނުވައެއް ޖެހިއިރު ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ އިހުތިޔާރުކުރީ ހަނު ހުރުމުގެ ހައްގު ކަމަށް އެނގިފައިވެ އެވެ.

"ހަވީރަ"ށް އެނގިފައިވާ ގޮތުގައި އަލީ ވަހީދުގެ އަނބިކަނބަލުން ފުލުސް އޮފީހަށް ހާޒިރުކުރީ އަލީ ވަހީދުގެ މަންމަ އއ. ތޮއްޑޫ، ހަނީމޫން، ޒުހުރާ އަބްދުﷲ 7.9 މިލިއަން ރުފިޔާ އަށް ގަނެފައިވާ ގޯއްޗެއްގެ މައްސަލާގައި ސުވާލު ކުރުމަށެވެ.

މި މައްސަލާގައި އަލީ ވަހީދުގެ އަނބިކަނބަލުން މިރޭ ފުލުސް އޮފީހަށް ހާޒިރުކުރިއިރު އަލީ ވަހީދުގެ މަންމަ އާއި ބައްޕަ ވެސް މީގެ ކުރިން ވަނީ ފުލުސް އޮފީހަށް ގެންދަވައިފަ އެވެ. އަދި ޓެޕް ކުންފުނީގެ މެނޭޖިން ޑިރެޓަރު އަލި މަނިކު (ޓެޕް އައްޔަ) ވެސް ވަނީ ވަރަށް ފަހުން ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. މީގެ ކުރިން މީޑިއާ އަށް ހާމަވި ލިޔުންތަކުން އެނގޭ ގޮތުގައި އަލީ ވަހީދުގެ މަންމަ މާލެއިން ގަތް ގޯއްޗަށް ފައިސާ ދައްކާފައި ވަނީ އޭނާގެ ފިރިމީހާ ކަމަށް ބުނި ނަމަވެސް އެ ފައިސާ ދައްކާފައި ވަނީ ޓެޕް ކޮންސްޓްރަކްޝަނުން ނެވެ.

އަލީ ވަހީދުގެ މަންމަ ބައްލަވައި ގަތް ގޯތީގެ މައްސަލާގައި ފުލުސް އޮފީހަށް ހާޒިރުކުރި ހުރިހާ ބޭފުޅުން ވެސް ތަހުގީގުގައި ބޭނުން ކުރީ ހަނު ހުރުމުގެ ހައްގެވެ. އަދި ޓެޕް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވެސް ބޭނުން ކުރީ ހަނު ހުރުމުގެ ހައްގު ކަމަށް އެނގިފައިވެ އެވެ.
    
އެމްޑީޕީގެ ކެމްޕޭން ދަތުރެއްގައި މިވަގުތު ގދ. ތިނަދު އަށް ވަޑައިގެން ހުންނެވި އަލީ ވަހީދު ވިދާޅުވީ މިއީ ސިޔާސީ ގޮތުން އޭނާއަށް ބިރު ދައްކައި، އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން ކުރި ކަމެއް ކަމަށެވެ. އަދި ލޯޔަރެއްގެ ވަޒީފާ އަދާ ކުރާ އަލީ ވަހީދުގެ އަނބިކަނބަލުން އޭނާ އަށް ވުރެ ވެސް ހިތްވަރު ގަދަ ވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
   
"ދެން މިކަހަލަ ކަންތައްތައް ކުރީމަ އަޅުގަނޑު ގާތަށް އަންނަނީ ހިނި،" އޭނާ ވިދާޅުވި އެވެ.
   
އަލީ ވަހީދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުން އޭނާ އަށް ވެސް ޗިޓް ފޮނުވި ކަމަށާއި އެކަމަކު މިވަގުތު މާލޭގައި ވަޑައިގެން ނެތުމުން ޗިޓް ރައްދު ނުވީ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް