ފަހުގެ ޚަބަރު


އިތުރަށް...

ވިލާ ފައުންޑޭޝަނުން ދެމުން ގެންދާ އެހީތަކަކީ ސީދާ ރިޝްވަތު ކަމަށް ޔާމީން ވިދާޅުވެއްޖެ

ލިޔުނީ: Unknown - Tuesday, August 27, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމު އިބްރާހީމުގެ ވިލާ ފައުންޑޭޝަނުން އިންތިހާބާއި ދިމާކޮށް އެކި ފަރާތްތަކަށް ދެމުން ގެންދާ އެއްޗެއްސަކީ ސީދާ ރިޝްވަތު ކަމަށް ޕީޕިއެމުގެ ރިޔާސީ ކެންޑިޑޭޓު އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރޭ ޕީޕިއެމުގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އިންތިހާބައި ދިމާކޮށް އެކި ފަރާތްތަކުން މުދަލާއި ފައިސާ ބަހަމުން ގެންދާ ކަމަށެވެ.

ޔާމީން ވިދާޅުވީ އެތަކެއްޗަކީ މީގެ ކުރިން ވެސް ރައްޔިތުން ބޭނުންވާ ތަކެތި ކަމަށާއި އިންތިހާބުގެ ކުރިން ނުދިނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އިހުލާސްތެރިކަމެއް އޮތް ނަމަ އެތަކެތި ބެހުން އިންތިހާބު ނިމެންދެން ލަސްކޮށްލުމަށް ވެސް ޔާމީން ގޮވާލެއްވިއެވެ.

"ކީއްވެގެންތޯ އިލެކްޝަނުގެ މޫސުން އައުމުގެ ކުރިން އެކަން ކޮށްނުދެއްވީ. ހަމަގައިމު ރައްޔިތުންނަށް ބޭނުންވާ އެކަހަލަ ކަންތައްތައް ބޭނުންވާނީ އިލެކްޝަނުގެ މޫސުމުގަ އެކަންޏެއް ނޫން. ޝައްކެއް ވެސް ނެތް ގޮތުގައި އަޅުގަނޑުގެ ފޮތުގައި ވެއްޖެއްޔާ، އެހައްދަވަނީ ގޯހެއް އެހައްދަވަނީ. ރައްޔިތުންނަށް މިކަހަލަ އެއްޗެއްސެއް މިހާރަކު ނުދެއްވޭނެ. އިހުލާސްތެރިކަމައެކު މިކަން ކުރައްވަންޏަ މިއިންތިހާބުން ނަތީޖާއެއް ނުކުތީމަ އެލެޕްޓޮޕްތަކައި އެއްޗެހި ދެއްވަންވީ. އެއީ ގާނޫނުގައި މިދެންނެވި ގޮތަށް ހަމަޖައްސާފައި އޮތް އުސޫލަކީ. އުސޫލުން ބޭރުން ވިލާ ފައުންޑޭޝަނަށް ރިކުއެސްޓު އައިއްސަ އޮވެގެން މިކަންކަން ކުރައްވާ ކުރެއްވުމެކޭ، އަޅުގަނޑުމެން އެހެން ކެންޑިޑޭޓުން ގޮސް ފައުންޑޭޝަނެއް ނެތް ނަމަވެސް އަދި ފައުންޑޭޝަންތަކައި އެހިނގާ ކޮލެޖުތަކަކީ ދައުލަތުގެ ސަބްސިޑީ ލާރި ލިބޭ ތަންތަން ކަމު ނުވި ނަމަވެސް އަޅުގަނޑުމެން ގޮސް މިކަހަލަ އެއްޗެހި ބަހަންޏާ އަޅުގަނޑުމެން ދެކެނީ އެއީ ރިޝޥްވަތު ކަމަށް،" ޔާމީން ވިދާޅުވިއެވެ.

ރޭގެ މިޖަލްސާގައި ޔާމީންވަނީ އިނދިކޮޅު ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ ބައެއް ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަކީ ކޮންމެ ސަރުކާރެއްގައި ވެސް އެންމެ ފަހު ވަގުތައި ޖެހެންދެން އުޅޭ ބައެއް ފަރާތްތައް ކަމަށެވެ. ނަމަވެސް ފަހު ވަގުތު އިންތިހާބާއި ޖެހުމުން ނުކުމެވަޑައިގެން ދައްކަވާ ވާހަކަތަކުން އެބޭފުޅުންނާއި މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މިފަހަރުގެ އިންތިހާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންނާއި ހުރިހާ ރަނިންމޭޓުންނަކީ ވެސް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު އުފައްދަވާފައިވާ ބޭބޭފުޅުން ކަމަށް ޔާމީން ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް