ފަހުގެ ޚަބަރު


އިތުރަށް...

ގާސިމު ރިޝްވަތުދޭ މައްސަލަ އޭސީސީއަށް ހުށަހަޅައިފި

ލިޔުނީ: Unknown - Tuesday, August 27, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމު އިބުރާހީމުގެ ވިލާ ފައުންޑޭޝަނުން ރިޝްވަތު ދެމުންދާ ކަމަށް ބުނެ އޭސީސީއަށް ހުށަހަޅައިފިއެވެ.

އޭސީސީން ސީއެންއެމަށް މައުލޫމާތުދިން ގޮތުގައި ވިލާ ފައުންޑޭޝަނުން ރިޝްވަތުދޭ ކަމަށް ބުނެ ކޮމިޝަނުގައި ޝަކުވާކޮށްފައިވަނީ ބައެއް އާއްމު ފަރާތްތަކަކުން ނެވެ. ނަމަވެސް އެއީ ކޮން ފަރާތްތަކެއްކަން އޭސީސީން ހާމައެއް ނުކުރެއެވެ.

ސީއެންއެމަށް މައުލޫމާތު ދެއްވަމުން ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ ޝަކުވާތައް ހުށަހެޅުމާއި ގުޅިގެން އެމައްސަލައަކީ އޭސީސީއަށް ބެލިދާނެ މައްސަލަތަކެއްތޯ ދިރާސާ ކުރަމުން ގެންދާ ކަމަށެވެ. އަދި މިހަފްތާގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ ގާނޫނުތައް ހުރި ގޮތުން އެފަދަ މައްސަލަތަކަކީ އިލެކްޝަންސް ކޮމިޝަނަށް މިހާރު ވެސް ބެލިދާނެ މައްސަލަތަކެއް ކަމަށެވެ.

ގާސިމުގެ ވިލާ ފައުންޑޭޝަނުންވަނީ އައްޑުސިޓީގެ ބައެއް ސުކޫލުތަކަށް ޓީވީއާއި ލެޕްޓޮޕާއި އަދި އެހެނިހެން ވެސް ބައެއް ސާމާނުތައް ދެމުންނެވެ. ގާސިމު ރިޝްވަތު ދެއްވާ ކަމަށް ބުނެ އެމައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވާ އިރު، ގާސިމު އިބްރާހީމު އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށް ބުނެ އެމްޑީޕީން ވަނީ އެމައްސަލަ އިލެކްޝަނަށް ވެސް ހުށަހަޅާފައެވެ.

ވިލާ ފައުންޑޭޝަނުން ބަހަމުންދަނީ ސީދާ ރިޝްވަތު ކަމަށާއި އެގޮތަށް ތަކެތި ނުދެވޭނެ ކަމަށް ޕީޕީއެމުން ވެސްވަނީ ބުނެފައެވެ.
ނަމަވެސް ޖުމްހޫރީ ގުޅުމުންވަނީ އެކަން ދޮގުކޮށްފައެވެ. އަދި ވިލާ ފައުންޑޭޝަނުންދޭ އެހީތަކާއި ގާސިމައި އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް އެގުޅުމުންވަނީ ބުނެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް