ފަހުގެ ޚަބަރު


އިތުރަށް...

އާދަމް މުހައްމަދުގެ އިއުތިރާފުން އޭނާގެ މައްޗަށް ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ ދައުވާ ސާބިތުވޭ: ވަކީލުން

ލިޔުނީ: Unknown - Tuesday, August 27, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މި މައްސަލަ ހުށަހެޅުއްވި މެމްބަރު ޝުއައިބަށް އާދަމް މުހައްމަދު ސޮއިކުރައްވާ، ފޮނުއްވި ސިޓީގައި ބުނެފައި ވަނީ އޭނާ ހުށަހެޅުއްވި މައްސަލައަކީ ޖޭއެސްސީގެ ގާނޫނުގެ 10 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފު ހުށަހެޅުމެއް ކަމަށެވެ. އެހެންވެ އެ ހުށަހެޅުއްވި މައްސަކަ އެޖެންޑާ ކުރެވެން ނެތް ކަމަށެވެ.

ޝުއައިބު ވިދާޅުވީ އެ މައްސަލަ އެޖެންޑާ ނުކުރުމަކީ ކަނޑައެޅިގެން ޖޭއެސްސީގެ ގާނޫނުގެ ވިހި ވަނަ މާއްދާއާ ޚިލާފަށް ކުރި ކަމެއް ކަމަށާއި އެފަދަ  ނިންމުން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 24 ވަނަމާއްދާއާވެސް އެ ނިންމުން ޚިލާފު ކަމަށެވެ.

ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ ޖޭއެސްސީގެ ރައީސާ ދެކޮޅަށްވެސް މައްސަލަ ހުށަހެޅޭނެ ކަމަށާއި އެފަދަ މައްސަލައެއް ހުށަހެޅުއްވައިފިނަމަ އެ މައްސަލައެއް ނިންމަންޖެހޭނީ ސީދާ ޖޭއެސްސީގެ މެމްބަރުންގެ މެޖޯރިޓީން ކަމަށެވެ. އޭނާ ވިދާޅުވީ އެޖެންޑާ ކުރުމަކީ ރައީސްއަށް ލިބިދީފައިވާ އިޚްތިޔާރެއް ނަމަވެސް މަސްލަހަތު ފުށުއަރާ ކަމެއްގައި އަމިއްލައަށް ގޮތެއް ނުނިންމޭނެ ކަމަށެވެ.

" އަމިއްލައަކަށް ގޮތެއް ނުނިންމޭނެ. އެ މައްސަލައަށް ގޮތެއް ނިންމަންޖެހޭނީ ކޮމިޝަނުގެ މެޖޯރިޓީން" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ އެ މައްސަލަ އެޖެންޑާނުކުރެވޭނެ ކަމަށް އަމިއްލައަށް ކަނޑައެޅުމަކީ ސުލޫކީމިންގަނޑާ ޚިލާފު ކަމެއް ކަމަށާއި ސުލޫކީމައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރެވި ފިޔަވަޅުއަޅަންޖެހޭ ކަމަށެވެ.

" އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގައި ސޮއިކުރައްވާ ބަޔާނެއް ނެރުމަކީ އެއީ ސުލޫކީ ގޮތުން ފިޔަވަޅެއް އަޅަންޖެހޭ ވަރުގެ ކަމެއް " އަލީ ހުސައިން ވިދާޅުވި އެވެ.

ލޯޔަރު މުހައްމަދު ފަރީދު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރި މައްސަލައިގައި އާދަން މުހައްމަދުގެ އިއުތިރާފުން އޭނާ ކޮރަޕްޝަންގެ އަމަލެއް ހިންގިކަމަށް ސާބިތުވާ ކަމަށެވެ.
" މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދިކަމުގެ ދައުވާ އޭނާގެ މައްޗަށް ކުރެވެންޖެހޭނެ ކަމަށާއި އެކަމަށް އޭނާ ވަނީ އިއުތިރާފުވެފައި " ފަރީދު ވިދާޅުވި އެވެ. " އެއީ ޠަބައީ ގާނޫނާވެސް ޚިލާފު ކަމެއް. އެވަރުގެ މީހެއްގެ މައްސަލަ ތަހުގީގު ކުރެވެން ޖެހޭނެ" 

އާދަމް މުހައްމަދު ފޮނުވި ސިޓީގައި ވިދާޅުވެފައި " ވަނީ ޖުޑީޝަލްސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ކޮމިޝަނުގެމެންބަރެއްގެ މަޤާމު ހުސްވެއްޖެކަމަށް ބެލެވޭ ޙާލަތުތައް ވަރަށް ސާފުކޮށްކަނޑައަޅައި ބަޔާންކޮށްފައިވާއިރު، އޭގެތެރޭގައި “ކޮމިޝަންގެ ރައީސްގެއިތުބާރު ނެތްކަމުގެ ވޯޓަކުން ކޮމިޝަނުގެ މެންބަރުން ކޮމިޝަނުގެރައީސްކަމުގެ މަޤާމުން ވަކިކުރުމަށް ނިންމުން” ހިމެނިފައިނުވާކަން ވަރަށްސާފުކޮށް އެނގެން އޮތުމުން، ތިޔަފަރާތުގެ ހުށަހެޅުމަކީ ޤާނޫނުއަސާސީގެ 157ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެޤާނޫނުގެ 10 ވަނަ މާއްދާގެ ޞަރީހަ ނައްޞާ ކަނޑައެޅިގެން ޚިލާފުހުށަހެޅުމެއްކަމަށް ސާފުކޮށް އެނގޭތީ، އެ ހުށަހެޅުއްވުމަށްއިޖާބަދެވެން ނެތް" ކަމަށެވެ.

ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އައްޔަން ކުރައްވާފައިވާ ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ބެލުން ދިގުލައިދިއުމާއި، ވަކި އުސޫލެއް ނެތި، ކޮމިޝަނުގެ ނަމުގައި ނޫސް ބަޔާން ނެރެމުން ގެންދާތީ އެވެ. ކޮމިޝަނާ ގުޅުން ހުރި މުހިންމު މަސައްކަތްތައް ނިންމުމަށް އޭނާ މަސައްކަތް ނުކުރާކަމަށްވެސް ޝުއައިބު ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް އާދަމް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެ ކޮމިޝަނުގެ މެމްބަރު ޝުއައިބު އަބްދުއްރަހްމާން ހުށަހެޅުއްވުމުން އެ މައްސަލަ އެޖެންޑާ ނުކުރި މައްސަލައިގައި އޭނާގެ މައްޗަށް ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ ދައުވާ ސާބިތުވާކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް