ފަހުގެ ޚަބަރު


އިތުރަށް...

ވައްކަންކުރިކަމުގެ ތުހުމަތުގައި ލ. ގަމުން ހަތަރު މީހަކު ހައްޔަރު ކޮށްފި

ލިޔުނީ: Unknown - Monday, September 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ.ގަމުގައި ހުރި ފިހާރަހައަކުން ވައްކަންކުރި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
 
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެ ރަށު ފިހާރައެއް ފަޅާލައިގެންވަދެ ކުރި ވައްކަމުގެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 31 އަހަރުގެ 2 ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ފިރިހެނެއްކަމަށާއި އޮގަސްޓް 30 ވަނަދުވަހުގެ 19:00 ހާއިރު ލ.ގަމު ތުނޑީ އަވަށުން ފުލުހުންނަށް ހުށަހެޅި މި މައްސަލައާއި ގުޅިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން މި ހަތަރު މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 31 ވަނަދުވަހުގެރޭ ލ. ގަމު ތުންޑީ އަވަށުންކަމަށެވެ.

މިފިހާރަ ފަޅާލައިގެން ވަގަށް ނަގާފައިވަނީ 2 ކާޓޫންގެ ސިނގިރޭޓާއި ފިހާރައިގެ ވަތްގަނޑުގައި ހުރި ވަކިލާރިތަކެއްކަމަށާއި މިތަކެތި ހޯދުމުގެ މަސައްކަތުގެ އިތުރުން މި މައްސަލަ ލ.ގަމު ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުން އަންނަކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް