ފަހުގެ ޚަބަރު


އިތުރަށް...

އިންތިޚާބު ބޭއްވިޔަ ނުދޭނެކަމަށް އިމްރާނު ވިދާޅުވެއްޖެ

ލިޔުނީ: Unknown - Tuesday, September 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޖުމްހޫރީ ގުޅުމުން ފެންމަތި ކުރި ސުވާލުތަކަށް ޖަވާބު ނުދީފިނަމަ އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު ނުދެއްވާނެކަމަށާއި، އެސުވާލުތަކަށް ޖަވާބު ނުދީ ގިނަ ދުވަސްވާނަމަ މަގުމައްޗަށް ނިކުމެ އެބޭފުޅުން ބޭނުންވާ ގޮތަކަށް އިލެކްޝަންސް ކޮމިޝަން ބަދަލުކުރާނެކަމުގެ އިންޒާރު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެއްވައިފިއެވެ.

އިންތިޚާބުގެ ނަތީޖާ ގަބުލުނުކުރާނެކަމަށް ބުނެ ކޯޓަށް ދާން ނިންމައިފައިވާ ޖުމްހޫރީ ގުޅުމުން އިންތިޚާބަށްފަހު ފުރަތަމަ ފަހަރަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ އިންތިޚާބުގެ ވޯޓުގައި ބޮޑެތި އޮޅުވާލުންތަކެއް އެބަހުރިކަމަށާއި، އިލެކްޝަން ކޮމިޝަނަށް "ޖުމްހޫރީ ގުޅުމުން" ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ނުދީފިނަމަ ރާއްޖޭގައި އިތުރު އިންތިޚާބެއް ބޭވުމުގެ ފުރުސަތު ނުދެއްވާނެކަމަށެވެ. އަދި އެސުވާލުތަކަށް ޖަވާބު ނުލިބި ގިނަ ދުވަސްވާނަމަ ވެރިކަން ވައްޓާލަން ނިކުތް ގޮތަށް މަގުމައްޗަށް ނިކުންނަށް ޖެހިދާނެކަމަށް އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ އިސްތިއުފާއަށް ގޮވާލައްވާ ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ނުދެވޭނަމަ ވަކި ބަޔަކު ތަމްސީލްކުރާ މެންބަރުންގެ ގޮތުގައި ތިބުމުގެ ބަދަލުގައި އިސްތިއުފާ ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ގޮވާލާކަމަށެވެ.

އިންތިޚާބުގެ ނަތީޖާއާއި މެދު ޖުމްހޫރީ ގުޅުމުން ސުވާލު އުފައްދައިފައިވާއިރު ބޭރުގެ މަންދޫބުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެބޭފުޅުން ވިދާޅުވެފައިވަނީ މިއިންތިޚާބަކީ ވަރަށް މިނިވަން ދެފުށް ފެންނަ އިންތިޚާބެއްކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް