ފަހުގެ ޚަބަރު


އިތުރަށް...

އޭޑީކޭ ނާޝިދު އެމްޑީޕީއާއި ގުޅިވަޑައިގެންފި

ލިޔުނީ: Unknown - Tuesday, September 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޖުމްހޫރީ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި، އަދި އެޕާޓީގެ ނައިބް ލީޑަރުކަމުގައި ހުންނެވި އޭޑީކޭ ނާޝިދު އެމްޑީޕީއަށް ސޮއެކުރައްވައިފިއެވެ.

ޑީއާރްޕީ އުފެއްދުމުގައިވެސް އިސްކޮށް އުޅުއްވި އަދި ދ. އަތޮޅު މެމްބަރުކަން ކުރެއްވި ނާޝިދު އެމްޑީޕީއަށް ސޮއެކުރައްވާ، ރައީސް ނަޝީދާއި އެކު ކުރިއަށް ދިޔުމަށް މިހާރު ނިންމަވާފައިވާކަމަށް މިރޭ ބޭއްވި ޖަލްސާއެއްގައި ވަނީ ވިދާޅުވެފައެވެ.

ނާޝިދު ވަނީ ސެޕްޓެމްބަރު 28 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދަށް ވޯޓު ދިނުމަށް ގޮވައްލައްވާފައެވެ.

އޭޑީކޭ ނާޝިދު އެމްޑީޕީއަށް ސޮއެކުރެއްވީ މިރޭ ގަލޮޅު ދެކުނުގައި އެމްޑީޕީ ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

އޭޑީކޭ ނާޝިދަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި، އަދި ދ އަތޮޅުގެ މެމްބަރުކަން ކުރެއްވި ދުވަސްވަރުން ފެށިގެން ދ އަތޮޅުގެ ގިނަ ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ.

މިރޭ އެމްޑީޕީއިން ބޭއްވި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި މިފަހަކަށް އައިސް އާއްމުންގެ ލޯތަކާއި ދުރުގައި އުޅުއްވި ބައެއް ސިޔާސީ ބޭފުޅުން ރައީސް ނަޝީދަށް ތާޢީދުކޮށް، އެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ. އެގޮތުން މަޢުމޫނު ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި އަޙްމަދު ޢަބްދުﷲ ވެސް ފެނިގެން ދިޔައެވެ. މި ޖަލްސާގައި ރައީސް ނަޝީދަށް ތާއިދުކޮށް އަޙްމަދު ޢަބްދުﷲ ވެސް ވާހަކަފުޅުދެއްކެވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް