ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީ ލާމު ކެމްޕޭން ކޯޑިނޭޓަރ މާރިޔާ ލ. ފޮނަދޫ ކެމްޕޭންޓީމާއި ބައްދަލުކުރައްވައިފި

ލިޔުނީ: Unknown - Tuesday, September 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ ) ގެ ލާމު ކެމްޕޭން ކޯޑިނޭޓަރ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ލ. ފޮނަދޫ ކެމްޕޭންޓީމާއި އިއްޔެ ހަވީރު ބައްދަލުކުރައްވައިފި އެވެ.

މާރިޔާގެ މި ބައްދަލުކޮށްލެއްވުމަކީ މިމަހު 28 ގައި ބާއްވާ މިއަހަރު ރިޔާސީ އިންތިޚާބްގެ ދެވަނަ ބުރަށް ކެމްޕޭނުކުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާގޮތްތައް އޮޅުންފިލުވައިދެއްވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.  އެގޮތުން މި ބައްދަލުވުމުގައި އެމްޑީޕީއަށް ވޯޓް އިތުރުކުރުމަށް މަސައްކަތް ކުރުމަށް އެމްޑީޕީގެ ލީޑަރޝިޕްގެ ވިސްނުން ހުރިގޮތް ހިއްސާކުރައްވާ އެގޮތާއިމެދު ފޮނަދޫ އެމްޑީޕީ މެންބަރުން ދެކޭގޮތް އޮޅުންފިލުއްވިއެވެ.

މީގެ އިތުރުން އިންތިޚާބްގެ ފުރަތަމަ ބުރުގައި ފޮނަދޫން ހޯދި ކާމިޔާބީ އާއި ޚާއްޞަކޮށް ލ. އަތޮޅުން އެމްޑީޕީއަށް ހޯދުނު ކާމިޔާބީ ވަރަށްބޮޑަށް ފާހަގަކުރައްވާ މެންބަރުންނަށް ޝުކުރުދެންނެވިއެވެ.
ފޮނަދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި މި ބައްދަލުވުމަށްފަހު ކެމްޕޭން ޓީމާއި އެކު ފޮނަދޫ ކުރިގަމު އަވަށުގައި ހުންނަ އެމްޑީޕީ ޢަޒުމް ޖަގަހައަށް ވަޑައިގެން އެ އަވަށުގައި ތިބި އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރެއްވިއެވެ.

ފޮނަދޫ އިންވެސް އެމްޑީޕީއާއި ބައެއް ފަރާތްތަކުން ގުޅެމުން އަންނަކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް