ފަހުގެ ޚަބަރު


އިތުރަށް...

ގަމު އަލަށް އާބާދުވާ ސަރަޙައްދާއި ލ. އަތޮޅުން ގިނަބަޔަކު އެމްޑީޕީއާއި ގުޅެން ފަށައިފި

ލިޔުނީ: Unknown - Tuesday, September 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަމު އަލަށް އާބާދުވާ ސަރަޙައްދުން އެމްޑީޕީއާއި ގުޅުނު ޒުވާނުންނާ މާރިޔާ ބައްދަލުކުރައްވަނީ
ރިޔާސީ އިންތިޚާބުގެ ފުރަމަ ބުރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ލިބުނު ސާފު ބޮޑު އަޣްލަބިއްޔަތަށްފަހު ލ. ގަމު އަލަށް އާބާދުވާ ސަރަޙައްދާއި ލ. އަތޮޅުން ގިނަބަޔަކު އެމްޑީޕީއާއި ގުޅެން ފަށައިފިއެވެ. 
ލ. ގަމު މަތިމަރަދޫން އެމްޑީޕީއާއި ގުޅުނު ޒުވާނުންނާއިއެކު މާރިޔާ ފޮޓޯއެއް ނަންގަވަނީ
އިއްޔެގެ ވަގުތެއްގައި ލ. ގަމު ތުނޑީ އަވަށުން އެމްޑީޕީއާއި ޒުވާނުންތަކެއް ގުޅިފައިވާއިރު ރޭ ގަމު މަތިމަރަދޫ ޖަގަހައެއްގައި ބޭއްވި ޖަލްސާއެއްގައި ލ. ކޯޑިނޭޓަރ މާރިޔާ އަޙްމަދު ދީދީގެ ހެކިވެރިކަމުގެ ދަށުގައި މަތިމަރަދޫންވެސް ވަނީ ގިނަބަޔަކު ގުޅިފައެވެ. މީގެ އިތުރުން ގަމު އަލަށް އާބާދުވާ ސަރަޙައްދުން  ގިނަ ޢަދަދެއްގެ ޒުވާނުން އިއްޔެވަނީ އެމްޑީޕީ އާއި ގުޅިފައެވެ.
ލ. ގަމު އަލަށް އާބާދުވާ ސަރަޙައްދުން އެމްޑީޕީއާއި ގުޅުނު ޒުވާނުންނާ އެކު
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ދައްކާގޮތުން ލ. އަތޮޅުގައި މިވަގުތު އަޣްލަބިއްޔަތު އޮތް ޕާޓީއަކީ އެމްޑީޕީއެވެ. އަދި ގަމުން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.
ލ. ގަމު ކެމްޕޭން ޓީމުތަކާއި މާރިޔާ ބައްދަލުކުރައްވަނީ

ގަމު އަލަށް އާބާދުވާ ސަރަޙައްދުން އެމްޑީޕީއާއި އަލަށް ގުޅުނު ފަރާތްތަކާއި ރޭގެ ވަގުތެއްގައި މާރިޔާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެ ސަރަޙައްދުގައި އެމްޑީޕީގެ ހަރުގެއެއް އެޅުމަށް ނިންމާފައި ވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ލ. ގަމު ބިރަކާނުލާ ތުނޑީ ޒުވާނުންގެ ޖަގަހައިގައި އޮތް ބައްދަލުވުން
ލ. މާބައިދޫގައި ވަހީދުގެ ކެމްޕޭނަށް ބޭނުންކުރި ޖަގަހަ ރީނދޫ ކުރަނީ

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް