ފަހުގެ ޚަބަރު


އިތުރަށް...

ރާއްޖެ “ހަލަބޮލި” ކޮށްލާނެކަމުގެ އިންޒާރު ދީފި

ލިޔުނީ: Unknown - Tuesday, September 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މަގުމަތިން ރާއްޖެ ހަމަޔަކަށް އަޅުވަން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށާއި އިލެކްޝަން ކޮމިޝަންވެސް ނައްތާލާނެކަމަށް ބުނެ އިދާލަތު ޕާޓީއާއި މަދަނީ އިއްތިހާދުން ވަރުގަދަ އިންޒާރު ތަކެއްދީފިއެވެ. 

ރޭ ޖުމްހޫރީ ގުޅުމުގެ ފަރާތުން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ހިމާޔަތުގައި އަޅަންޖެހުނު ފިޔަވަޅެއް އަޅަން އެންމެ ހިނދުކޮޅެއްވެސް ފަސް ނުޖެހޭނެ ކަމަށާއި މިނިވަން މުއައްސަސާއެއް ކަމަށްވާ އިލެކްޝަން ކޮމިޝަން އޮތީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދުގެ އަތްދަށުގައި ކަމަށާއި އެތަން ޖުމްހޫރީ ކޯލިޝަނުގައިވާ ފަރާތްތަކުން މިނިވަން ކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ. 

އިންތިހާބުގެ ދެވަނަ ބުރު ބޭއްވޭނީ ޖުމްހޫރީ ގުޅުމުގެ ސުވާލުތަކަށް ޖަވާބު ދީފައިކަމަށާއި އެސުވާލުތަކަށް ޖަވާބު ނުދެވިއްޖެނަމަ ޤައުމު މަގުމަތިން ހަމަޔަކަށް އަޅުވަންވެސް ފަހެއް ނުޖެހޭނެ ކަމަށް ބުނެ އިމްރާނު ވަނީ އިންޒާރު ދެއްވާފައެވެ. އަދި އިލެކްޝަން ކޮމިޝަނުން ސުލްހަވެރިކޮށް މިކަންތައް ނުނިންމައިފިނަމަ ރައްޔިތުން އަމިއްލަޔަށް އެކަންތައް ނިންމަން ޖެހޭނެކަމަށް ވެސް އިމްރާނު ވަނީ ވިދާޅުވެފައެވެ.

އިމްރާނު ގިނަ އިންޒާރު ތަކެއް ދީފައިވާއިރު އެއްވެސް މުއައްސަސާއެއްގައި ރަޖިސްޓްރީ ނުވެ އަމިއްލައަށް ޖައާމަތް ހަދައިގެން ސިޔާސީ ފަރާތްތަކަށާއި ޤައުމު ހަލަބޮލިކޮށްލާނެކަމަށް ބުނަމުންދާ ޖަމާއަތެއް ކަމަށްވާ މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ރޭ ވިދާޅުވީ، ދިވެހިރާއްޖޭގައި އޮތް އިލެކްޝަންސް ކޮމިޝަންވެސް ނައްތާލާނެ ކަމަށެވެ.

އިލެކްޝަނަށް އިތުބާރު ކުރާ ރައްޔިތަކު އެބަހުރިތޯ އަދާލަތުގެ ރައީސް އިމްރާން ސުވާލު މިރޭ ސުވާލު ކުރައްވާފައިވާއިރު، ޖުމްހޫރީ ކޯލިޝަނުގައި ހިމެނޭ ފަރާތްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަނީ އިންތިހާބުގެ ނަތީޖާ ޤަބޫލުކުރާ ކަމަށް ހާމަކޮށްފައެވ އެގޮތުން 95000 ވޯޓު ހޯދި އެމްޑީޕީއާއި، 53100 ވޯޓު ހޯދި ޕީޕީއެމްއާއި 10750 ވޯޓު ހޯދި ރައީސް ވަހީދުވެސް ވަނީ އިންތިހާބުގެ ނަތީޖާ އަދި އިލެކްޝަން ކޮމިޝަނުން އިންތިހާބުގެ ކަންތައްތައް ކުރިޔަށް ގެންދިޔަ ގޮތާ މެދު ހިތްހަމަ ޖެހޭކަން ހާމަކުރައްވާފައެވެ. 

ޤައުމުގެ ސަލާމަތީ ބާރުތައްކަމަށްވާ ސިފައިންނާއި ފުލުހުން ފިޔަވައި ޤައުމު ހިޔާމަތް ކުރާނެ ކަމުގެ ބަހަނާ ދައްކައި ޤައުމު ހަލަބޮލިކޮށް ޤައުމުގެ މުއައްސަސާ ތަކާއި އިންތިހާބީ ސަރުކާރަކާ ދެކޮޅަށް ބަޔަކު ތެދުވުމަކީ 3 ވަނަ ދުނިޔޭގެ ޓެރަރިސްޓު ޖަމާއަތްތަކުން ކޮށް އުޅޭ ކަންތައްތަކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް