ފަހުގެ ޚަބަރު


އިތުރަށް...

އަދާލަތުން އިސްލާމް ދީނުގެ ނަމުގައި ދާހިލީ ހަނގުރާމައެއް ނުފެށުމަށް ގޮވާލައިފި

ލިޔުނީ: Unknown - Tuesday, September 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަދާލަތު ޕާޓީން އިސްލާމް ދީނުގެ ނަމުގައި ދާހިލީ ހަނގުރާމައެއް ނުފެށުމަށް ރިޓަޔާޑް ބްރިގޭޑިއަ ޖެނެރަލް އިބްރާހީމުދީދީ ގޮވާލައިފިއެވެ.

އަދާލަތު ޕާޓިއާއި އެޕާޓީ ހިމެނޭ ޖުމްހޫރީ ގުޅުމުން އިލެކްޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ޖަވާބު ނުދީ އިންތިހާބުގެ 2 ވަނަ ބުރު ނުބޭއްވޭނެ ކަމަށާއި އެމައްސަލަތަކަށް ޖަވާބު ނުދީފި ނަމަ އިލެކްޝަން ކޮމިޝަންވެސް ނައްތާލާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެން ރިޓަޔާޑް ބްރިގޭޑިއަ ޖެނެރަލް އިބްރާހީމުދީދީ އެމަނިކުފާނުގެ ފޭސްބުކް ސްޓޭޓަސްގައި ހާމަކޮށްފައިވަނީ އިސްލާމް ދީނުގެ ނަމުގައި ދާހިލީ ހަނގުރާމައެއް ނުފެށުމަށާއި މެޖޯރިޓީއަށް ތަބާވުމަށް ސަލާމަތީ ބާރުތަކުން ގޮވާލާކަމަށެވެ.

އިންތިހާބުގެ މެޖޯރިޓީ ހޯދައި އެއްވަނައާއި ދެވަނަ ހޯދި އެމްޑީޕީއާއި ޕީޕީއެމްއިން މިކަމުގައި ސުލްހަވެރިކަމާއި އެކު ތިބުމަށް އިބްރާހިމްދީދީ ވަނީ ގޮވާލާފައެވެ.

ދީނާއި ގައުމިއްޔަތުގެ ނަމުގައި އިމްރާނު ކުޅުއްވަމުން އެގެންދަވަނީ ސިޔާސީ ގޭމެއްކަމަށާއި އެއީ ގައުމީ ސަލާމަތަށް އޮތް ސީރިއަސް ނުރައްކަލެއްކަމަށް އިބްރާހިމް ދީދީ ހާމަކޮށްފައިވެއެވެ. 

މީގެ އިތުރުން ރާއްޖޭގެ ސަލާމަތީ ބާރުތަކުން އިންތިހާބުގެ މެޖޯރިޓީއަށް ތަބާވާނެކަމަށް އުންމީދުކުރައްވާކަމަށާއި އެހެން ނުވެއްޖެނަމަ އެއީ ބޭރުގެ ބާރުތަކުން ރާއްޖޭގެ މިނިވަންކަން ނަގާލަން ދެވޭ ފުރުސަތެއްކަމަށްވެސް އިބްރާހިމްދީދީ ވަނީ ހާމަކޮށްފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް