ފަހުގެ ޚަބަރު


އިތުރަށް...

އިލެކްޝަންސް ކޮމިޝަންސް ނައްތާލާނެ ކަމުގެ އިންޒާރު މަދަނީ އަބްދުﷲ ދެއްވައިފި

ލިޔުނީ: Unknown - Tuesday, September 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހިރާއްޖޭގައި އޮތް އިލެކްޝަންސް ކޮމިޝަން ނައްތާލާނެ ކަމުގެ އިންޒާރު މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ދެއްވައިފި އެވެ.

ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ނަތީޖާ ގަބޫލް ނުކުރުމުގެ ގޮތުން ޖުމްހޫރީ ކޯލިޝަނުން މިރޭ މ.ކުނޫޒް ގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުﷲ ވިދާޅުވެފައި ވަނީ 2012 އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ވައްޓާލާފައި ވާނީވެސް ދިވެހިރައްޔިތުން ކަމަށާއި އަދި އަދި ދިވެހިންގެ އެއަރޕޯޓް ޖީއެމްއާރާއި ހަވާލުކުރުމުން އެމީހުންވެސް ބޭރުކޮށްލާފައި ވަނީ ދިވެހި ރައްޔިތުން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އަބްދުﷲ ވަނީ އިލެކްޝަންސް ކޮމިޝަން ވެސް ބޭރު ކުރާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

” ނަޝީދު މަގަމާމުން ދުރުކޮށް ގެޔަށް ފޮނުވާލީވެސް އަޅުގަނޑުމެން، ޖީއެމްއާރުވެސް މިރާއްޖެ އިން ބޭރުކޮށްލީ އަޅުގަނޑުމެން، އިލެކްޝަން ކޮމިޝަންވެސް ބޭރުކޮށްލުމަށް އަޅުގަނޑުމެން ފަހެއް ނުޖެހޭނަން”

ޖުމްހޫރީ ގުޅުމުން މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް އަށާއި އެކޮމިޝަނަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް ފަޔާޒް އަދި މެމްބަރު އަލި މަނިކަކީ ރައީސް ނަޝީދުގެ އައުވާނުން ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގް މުފީދު ވަނީ ވިދާޅުވެފަ އެވެ. އަދި ވޯޓުލީ ދުވަހު ހެދުނު 7 ޖެހީއްސުރެ އިލެކްޝަނަސް ކޮމިޝަންގެ ސައިޓަށް މިނެޓެއްގެ ތެރޭ އެއް މިލިއަން ހަމަލާ ޔޫރަޕްގެ ބަޔަކު ދީފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން ސިއްރުކޮށްފަ ކަމަށް ޖުމްހޫރީ ޕާޓީއާއި ދާދިފަހުން ގުޅިވަޑައިގެންނެވި އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް