ފަހުގެ ޚަބަރު


އިތުރަށް...

ޤާނޫނު އަސާސީއެއް މުހިއްމެއް ނޫން: ޕީޕީއެމް

ލިޔުނީ: Unknown - Thursday, September 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޕީޕީއެމްގެ ވެރިކަމެއްގައި ޤާނޫނޫ އަސާސީއަކީ މުހިއްމު އެއްޗެއް ނޫންކަން ހާމަވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ޤަވާއިދު ބުނާ ގޮތުން، އިންތިޚާބުގެ ފުރަތަމަ ބުރު ނިމުމަށްފަހު ދެވަނަ ބުރުގެ ވޯޓުލުން 21 ދުވަހުގެ ތެރޭގައި ބާއްވަންޖެހެއެވެ.

ނަމަވެސް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތުތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ކަންކަން ފުރިހަމަކުރަން ޖެހުނު ނަމަވެސް މުހިއްމީ އެ މުއްދަތަށް ކަންކަން ނިންމުމުގެ ބަދަލުގައި ރަނގަޅު އިންތިޒާމުތަކެއްގެ ތެރެއިން މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުން ކަމަށް ޕީޕީއެމުންވަނީ ބުނެފައެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު ދުންޔާ މައުމޫން ވިދާޅުވެފައިވަނީ، މި މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮޅުވާލުންތަކެއް ހިމެނޭ ކަމަށް ބުނަމުންދާއިރު އެ ކަންތައްތައް ހައްލުކުރަން ޖެހޭ ކަމަށާއި، އެހެން ކަމުން، އިންތިޚާބުގެ އިންތިޒާމުތައް ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް ޤާނޫނު އަސާސީގެ 111 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ، އެ އިންތިޚާބު ބޭއްވުނުތާ 21 ދުވަހުގެ ތެރޭގައި، އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހޭނޭ ކަމަށެވެ.

ޤާނޫނު އަސާސީއާކީ މުހިއްމު އެއްޗެއް ނޫންކަން ދެހަވާގޮތަށް ޕީޕީއެމުން ވާހަކަ ދައްކަވަމުންދާއިރު، ދިވެހި ރައްޔިތުންގެ ފުރިހަމަ އަޤުލަބިއްޔަތުން ރައީސުލްޖުމްހޫރިއްޔާކަމަށް މުޙައްމަދު ނަޝީދު އިންތިޚާބުވެވަޑައިގެންނެވިޔަސް، ވެރިކަން ހަވާލު ނުކުރައްވާނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގމޭޓް ޑރ.މުހައްމަދު ޖަމީލް އަހްމަދުވެސް ވަނީ ވިދާޅުވެފައެވެ.

2008 ވަނަ އަހަރު ރާއްޖޭގައި އޮތް ޑިމޮކްރެޓިކް ވެރިކަން ވައްޓާލާފައިވަނީ ޤާނޫނާއި ޚިލާފަށް ކަންތައްތައް ކުރަމުންދާ ކަމަށް ބުނެއެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން ވައްޓާލުމަށްފަހު ޕީޕީއެމް ގުޅިގެން އުފެދުނު ސަރުކާރުގައި ގިނަ ކަންތައްތައް ކޮށްފައިވަނީ ޤާނޫނާއި، ޚިލާފަށް ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންތަކުގައި ޕީޕީއެމުންދަނީ ޤާނޫނު އަސާސީއަށް ގޮންޖައްސަވާ ވާހަކަދައްކަވަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް