ފަހުގެ ޚަބަރު


އިތުރަށް...

އިންތިޚާބާއި ގުޅޭގޮތުން ގާސިމް އިތުރުފުޅު ހައްދަވައިފި

ލިޔުނީ: Unknown - Thursday, September 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ސެޕްޓެމްބަރު ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށްދިޔައިރު، އެ ދުވަހުގެ މެންދުރު ވަގުތުން ފެށިގެން ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފައިވާކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް އިތުރުފުޅުހައްދަވައިފި އެވެ.

"ޖުމްހޫރީ މާލަމުގައި" ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ވޯޓުގައި ބޮޑެތި އޮޅުވާލުންތަކެއް އެބަހުރިކަމަށާއި، އެގޮތުން ގިނަ އަދަދައްގެ ރައްޔިތުން އިންތިޚާބުގައި ވޯޓުލައިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނުމަކީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ "ޖުމްހޫރީ ގުޅުމުގެ" ތަފާސް ހިސާބުތައް ދައްކާގޮތުން 211890 (ދެ ލައްކަ އެގާރަ ހާސް އަށް ސަތޭކަ ނުވަދިހަ) ރައްޔިތުންނަށް އިންތިޚާބުގައި ވޯޓުލެވޭނީ ކޮންމެ 42 ސިކުންތަކުން ވޯޓު ފޮށްޓަކަށް ވޯޓުލެވިގެންކަމަށާއި އެގޮތަށް އެކަން ވެދާނެކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ. އެގޮތުން މަދުން ވޯޓުލުމަށް ހުރި ރަށްރަށުގެ ވޯޓު ފޮށިތައް 10 ޖެހިއިރު ބަންދުކޮށްފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 10 ޖެހިއިރު ބައެއް ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފައިވާކަމަށް ޤާސިމް ވިދާޅުވިއިރު، އިންތިޚާބުގެ ޤަވާއިދު ބުނާގޮތުން ވޯޓުލާނެ މީހަކު ނެތް ކަމުގައި ވިނަމަވެސް ވޯޓު ފޮށި ބަންދުކުރެވޭނީ 4 ގެ ފަހުން ކިއޫގައި ވޯޓުލުމަށް މީހަކު ނެތް ނަމައެވެ.

"42 ސިކުންތައް ވުރެވެސް އަވަހަށް ވޯޓުލެވިގެން ނޫނީ ދެ ލައްކަ އެގާރަ ހާސް މީހުންނަކަށް ވޯޓެއް ނުލެވޭނެ. މިއީ އިންސާނާގެ ބުއްދި ގަބޫލު ކުރާނެ ފަދަ ވާހަކަތަކެއްވެސް ނޫން." ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް އެކަން ގަބޫލު ކުރައްވާނެކަމަށް ދައުލަތުގެ މީޑިއާގައި ވިދާޅުވި ޤާސިމް ރޭ ޖަލްސާގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ގުނުމުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އެކަން ގަބޫލު ކުރާނެކަމަށެވެ. އަދި ގައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ނަގާލުމަށް އެއްވެސް ކަމެއް ނުކުރައްވާކަމަށް ގާސިމް ވިދާޅުވިއެވެ.

ވޯޓު އޮޅުވާލިކަމަށް ބުނެ ރޭ ޖަލްސާގައިވެސް ޤާސިމް އިބްރާހިމް ވަނީ އެލެކްޝަން ކޮމިޝަނަށް ފާޑުވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ އިންތިޚާބުގައި އެއްވެސް އޮޅުވާލުމެއް ނުވާނެކަމަށާއި އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނުތަކާއި ގަވައިދުތަކުގައި ބުނެފައިވާ މިންގަނޑުގެ މަތިންކަމަށެވެ.

ގާސިމް އިބްރާހިމް ގެންދަވަނީ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގައިވެސް ދައުވާކުރައްވަމުންނެވެ. ނަމަވެސް މިހާތަނަށް އިންތިޚާބު ބާތިލް ކުރެވޭނެ ފަދަ އެއްވެސް ހެއްކެއް ގާސިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅައިފައިނުވާކަމަށް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް