ފަހުގެ ޚަބަރު


އިތުރަށް...

ޤާސިމްގެ ގެކޮޅުން ދަންވަރު 'ސިއްރުން' މީހަކު ނިކުމެއްޖެ

ލިޔުނީ: Unknown - Wednesday, September 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީ ޤަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވަމުން ގެންދަވާ ޤާސިމް އިބްރާހިމްގެ ގެކޮޅު ގޮތް ނޭނގޭ މީހަކު ސިއްރުން ނިކުމެއްޖެއެވެ.

ޤާސިމް އިބްރާހިމްގެ ގެކޮޅު، މާފަންނު ވިލާގައި ރޭ ދަންވަރު އޮތް ޖުމްހޫރީ ގުޅުމުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށްފަހު އެމީހާ ނިކުތުމަށް ގަޑިއެއްހާ އިރު މަސައްކަތްކުރިނަމަވެސް، ރާއްޖެ ޓީވީގެ ނޫސްވެރިން އެސަރަހައްދުގައި ތިބުމުން އެމީހަކު ނިކުމެފައެއް ނުވެއެވެ.

އަދި ފަހުން ނިކުމެފައިވަނީ ޤާސިމް އިބްރާހިމްގެ ކާރުކޮޅެއް މާފަންނުވިލާގެ ދޮރުމަތީގައި ބާއްވައިގެން، ކުޑައެއްގެ ނިވަލުގައި ޤާސިމްގެ ހަށިފާރަވެރިންގެ އެހީތެރިކަމުގައެވެ.

ރާއްޖެ ޓީވީއަށް މައުލޫމާތު ދިން ފަރާތަކުން ބުނިކަމަށް ރާއްޖެ އެމްވީގައި ވާ ގޮތުގައި ރޭ ޖުމްހޫރީ ގުޅުމުގެ އިސްވެރިން ބައިވެރިވެގެން މާފަންނުވިލާގައި ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ސިއްރުން އެގެއިން ނިކުތީ ނާޒިމްކަމަށް ވުމަކީ އެކަށިގެންވާކަމެއްކަމަށް އެސަރަހައްދުގައި ތިބި ބައެއް މީހުން ބުންޏެވެ.

ޤާސިމް އިބްރާހިމްއަށް އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިވުމުން އެމަނިކުފާނާއި އެކު އިންތިޚާބަށް ނިކުތް ކޯލިޝަންއިން ވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރަން ދެކޮޅު ހަދާފައެވެ.

އަދި ސުޕްރީމް ކޯޓަށް ފުރަތަމަ ބުރުގެ ނަތީޖާ ބާޠިލްކުރުމަށް ސާބިތު ނުހިފޭކަމަށް ގިނަ ބަޔަކު ސިފަކުރާ ހެކިތަކަކާއި އެކު މައްސަލައެއް ހުށަހަޅާފައިވާއިރު، މި މައްސަލައިގައި އިންތިޚާބުގެ ދެވަނަ ބުރު ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް