ފަހުގެ ޚަބަރު


އިތުރަށް...

ލ. ފޮނަދޫ ބަރާސިލް ޕްރީ ސްކޫލަށް ދޭންޖެހޭ ފައިސާ ނުދީގެން ފޮނަދޫ ކައުންސިލް ބަންދުކުރިޔަ ނުދީ އިހްތިޖާޖްކުރަނީ

ލިޔުނީ: Unknown - Wednesday, September 18, 2013 ކޮމެންޓް 3
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ފޮނަދޫ ބަރާސީލް އެކުވެރި ރައްޔިތުންގެ ޕްރީ ސްކޫލް ހިންގުމަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ހިފެއްހެއްޓުމުން އެރަށުގެ ރައްޔިތުން ނުކުމެ ރަސްމީ ގަޑި ނިންމުމަށްފަހު ކައުންސިލް އިދާރާ ބަންދުކުރިޔަ ނުދީ ހިފަހައްޓައި އިހްތިޖާޖް ކުރަމުން އެބަދެއެވެ.

ބަރާސީލް އެކުވެރި ރައްޔިތުންގެ ޕްރީ ސްކޫލްގެ ބޯޑް ޗެއަރމަން ހަސަން ހަލީލް ވިދާޅުވީ ޕްރީސުކޫލު ހިންގުމަށް ސަރުކާރުން ދޭންޖެހޭ ފައިސާގެ ތެރެއިން މިއަހަރުގެ މިހާތަނަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ލިބިފައިނުވާކަމަށެވެ.

ހަލީލް ވިދާޅުވީ ފައިސާ ނުލިބުމުގެ ސަބަބުން މިހާރު ޕްރީ ސުކޫލް ހިންގުމަށް ދަތިވެ ސުކޫލްގެ މުއައްޒަފުންނަށް މުސާރަވެސް ނުދެވޭކަމަށެވެ. އަދި ހަމައެހެންމެ ފައިސާގެ ދަތިކަމުގެ ސަބަބުން ޕްރީ ސުކޫލް ބަންދުކުރަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ހަލީލް ފާހަގަ ކުރެއްވިއެވެ.

ޕްރީސުކޫލު ހިންގުމަށް ސަރުކާރުން ދޭންޖެހޭ ފައިސާ ލިބެނީ ކައުންސިލް އިދާރާ މެދުވެރިކޮށް ކަމަށްވާތީ ފައިސާއާއި ބެހޭގޮތުން ކައުންސިލްގެ ރައީސާއި ސުވާލު ކުރެއްވުމުން ބަރާސީލް އެކުވެރި ރައްޔިތުންގެ ޕްރީސްކޫލް ހިންގަން ސަރުކާރުން ދީފައިވާ ފައިސާ ކައުންސިލް އިދާރާއިން ރަށުގައި ހިންގާ ސިރާޖުއްދީން ޕްރީސުކޫލަށް ދީފައިވާކަމަށް އެއްބަސްވެފައިވާކަމަށް ހަލީލް ވިދާޅުވިއެވެ.

"  ކައުންސިލް ރައީސް ޢަބްދުﷲ ޝަރީފް ވަނީ ޤަވާއިދާ ޚިލާފަށް ކައުންސިލުން މިއަހަރު 86000 ރުފިޔާއަށްވުރެން ގިނަ ފައިސާ ޚަރަދުކުރިކަމަށް އެއްބަސްވެފަ. އަޅުގަނޑުމެން އަތުގަ އެބަހުރި އެހެން ބުނި އިރު ނަގާފަވާ ވީޑިއޯވެސް. " އިހްތިޖާޖްގައި ބައިވެރިވާ މީހަކު އެލްއޭ ނިއުސްއަށް މަޢުލޫމާތު ދެމުން ބުންޏެވެ.

އިތުރަށް ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ މިދިޔަ އަހަރުވެސް ޕްރީ ސުކޫލު ހިންގުމަށް ބޭނުންވާ ފައިސާ ނުލިބުމުގެ ސަބަބުން ގިނަ މުޒާހަރާތަކެއް ކޮށްފައިވާނެ ކަމަށާއި އެހެންނަމަވެސް ޕްރީ ސުކޫލަށް ފައިސާ ލިބުނީ މިހާރު ވެރިކަމަށް އަރާވަޑައިގެން ހުންނެވި ވަހީދު ހަސަން މަނިކު ފޮނަދޫއަށް ވަޑައިގެންނެވި ދަތުރަކާއި ދިމާކޮށް ބޮޑު މުޒާހަރާއެއް ކުރުމުންކަމަށެވެ.

އެފަހަރުވެސް ކައުންސިލް އިދާރާ މެދުވެރިކޮށް ލިބެންޖެހޭ ފައިސާ ލިބުނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށްކަމަށް ހަލީލް ފާހަގަކުރެއްވިއެވެ. ފޮނަދޫ ކައުންސިލް އިދާރާ ކުރިމަތީ މިހާރު ކުރަމުންދާ އިހްތިޖާޖާ ބެހޭގޮތުން ހަލީލް ވިދާޅުވީ ފައިސާ ނުދެނީ ކައުންސިލް އިދާރާ ބަންދު ކުރިޔަ ނުދޭނެ ކަމަށެވެ.

ދާދި ދެންމެއަކު (21:40) ހާއިރު ކައުންސިލް އިދާރާއިން ފައިސާ ދިނުމާމެދު ރަސްމީ ލިޔުމެއް ބަރާސިލް ޕްރީސްކޫލަށް ދީފައިވެއެވެ. ނަމަވެސް އެ ލިޔުމުގެ އިބާރާތްކޮށްފައިވާ ގޮތަކަުން ތަފާތު މާނައެއް ދޭހަވުމުގެ ފުރުސަތު އޮވެދާނެތީ ބަރާސިލް ޕްރީ ސްކޫލުން އެ ލިޔުމާއި ހަވާލުވެފައެއް ނުވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

3 ޚިޔާލު: for ލ. ފޮނަދޫ ބަރާސިލް ޕްރީ ސްކޫލަށް ދޭންޖެހޭ ފައިސާ ނުދީގެން ފޮނަދޫ ކައުންސިލް ބަންދުކުރިޔަ ނުދީ އިހްތިޖާޖްކުރަނީ

  1. e vedio upload kohlan feneyyy....

    ReplyDelete
  2. mee deh hama daythere jehsumah kurakameh miharu deh thilaa ri nulibun thee aratheh kahhal kameh egifaiva gothun thi laari vani fonadhoo jumhooree party ah nisbahva thin councilor in nagaafa adi mifaisa emeen qasim din faisakah hada hassan haleel ah dinkah varah muthabufarah thakun vanee mauloomathu deefai .

    ReplyDelete
  3. thifaisa vani fonadhoo ah nisbah va JP ge thin councilor in nagafai adi bahrah efaisa ves vanee Qasim din faisage namugai bahafa fonadhoo sirajundeen pre school ge teacharunah dehjehey laarives mimeehunge barun adives nudey. shareef Qasim campainah mihunriha haradeh kuree efaisain ekah kuree barasil avashuge de councilour kamah va amaday ai asad adi hassan haleeves gulhigehn kamah vanee

    ReplyDelete

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް