ފަހުގެ ޚަބަރު


އިތުރަށް...

އިންތިހާބަކާ ނުލައި ވެރިކަން ކުރާކަށް ބައެއްގެ އަތްމައްޗަށް ދޫކޮށެއް ނުލެވޭނެ: ތަސްމީން

ލިޔުނީ: Unknown - Friday, October 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިންތިހާބަކާ ނުލައި ވެރިކަން ކުރަން ބައެއްގެ އަތް މައްޗަށް ރައްޔިތުން ދޫކޮށްނުލާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާހީދު ހޯދުމަށްޓަކައި ލ. ގަމު މަތިމަރަދޫ އަވަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ ނޮވެމްބަރު 11، 2013 ގައި އިންތިހާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ޖެހޭނެ ކަމަށާއި އެ ދުވަހުގެ ކުރިން އިންތިހާބު ވެސް ބޭއްވެން ޖެހޭނެ ކަމަށެވެ. އަދި އެ ކަމަށްޓަކައި އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ދިވެހި ރައްޔިތުން ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ އިންތިހާބެއް ހޯދުމަށްޓަކައި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަމަށާއި ބައިނަލްއަގުވާމި ފަރާތްތަކުން ވެސް ފިއްތުންތައް ކުރިމަތިކުރުވަމުން އަންނަ ކަމަށެވެ. އަދި އޭގެ ސަބަބުން އިންތިހާބެއް ބޭއްވޭނެ ކަމަށާއި އެ އިންތިހާބުގައި ރައީސް ނަޝީދު ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން ކާމީޔާބު ވެސް ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވި ގޮތުގައި އެކި ފަރާތްތަކުން ނަޝީދާ ދެކޮޅަށް ގެންދަނީ އެންޓި ކެމްޕެއިން ކުރަމުންނެވެ. އަދި ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ ކަމަށް ސިޔާސީ ބައެއް މީހުން ބުނަމުންދިޔަސް އެކަން ހަމަހިލާ ވިޔަނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"€œއަޅުގަނޑުމެން އަޑު އެހިން ރާއްޖޭގެ އެކިއެކި ސިޔާސީ ފަރާތްތަކުން ރައީސް ނަޝީދުގެ ނަންފުޅު މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ބުނަމުން ދިޔަ އަޑު ވެސް. އެ މަނިކުފާނުގެ ނަންފުޅު އޮތް. އަދި ދިވެހި ރާއްޖޭގެ 95،000 އަށް ވުރެ ގިނަ ރައްޔިތުން އެމަނިކުފާނަށް ތާއީދުކޮށް މިއަދު ރާއްޖޭގައި ހުރި އެންމެ ތާއީދު ބޮޑު ސިޔަސީ ލީޑަރަކީ ރައީސް ނަޝީދުކަން ވެސް ހާމަކޮށްދީފި،" ތަސްމީން ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވަޑައިގެންނެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ ވޯޓު ލިސްޓްގައި މައްސަލަތައް ހުރި ކަމަށް މިހާރު ވާހަކަ ދައްކާ އިރު އެކަން ހައްލުކުރުމަށް ގިނަ ފުރުސަތުތަކެއް ކޮންމެ ބަޔަކަށް ވެސް ލިބުނު ކަމަށާއި އޭރު އެ ވާހަކަތައް ނުދައްކާ ކަމަށެވެ.

ޕީޕީއެމަށް ވެސް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"€œމިހާރު ކުއްލިއަކަށް އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބު ނުވާނެކަން ޔަގީން ވީމާ އެބަ ވިދާޅުވޭ ރައީސް ނަޝީދުގެ މައްސަލަތައް ވެސް ކުރިއަށް ދާން ޖެހޭނެއޭ. އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނަ އިންތިހާބެއް ބަލައިގަންނަން އުނދަގޫވާނެ ވާހަކަ. މިއީ ކޮންކަހަލަ ޑިމޮކްރަޓިކް އުސޫލެއްތޯ؟" ތަސްމީން ވިދާޅުވި އެވެ.

"މިއީ ހަގީގަތުގައި ސިޔާސީ ގޮތުން ދައްކާ ވާހަކަ. އެ ބޭފުޅުންނަށް ބަލި ގަބޫލުނުކުރެވިގެން ދައްކާ ވާހަކަ. ޑިމޮކްރަޓިކް އުސޫލްތައް ބަލައިނުގަންނަ، ރައްޔިތުން ލާ ވޯޓު ބަލައި ނުގަންނަ، ދިވެހި ރައްޔިތުންގެ ކުރިމައްޗަށް ގޮސް ވޯޓަކުން ކަމެއް ނިންމުމުގެ ހިތްވަރާއި ގާބިލްކަން ނެތް ބަޔަކަށް ދިވެހި ރައްޔިތުންނެއް ވޯޓެއް ނުދޭނެ."
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް